|
| ﴿1﴾ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ |
| ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. |
| ﴿2﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ |
| ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ. |
| ﴿3﴾ الرَّحْمَٰنِ الرَّحِيمِ |
| (އެކަލާނގެއީ) ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. |
| ﴿4﴾ مَالِكِ يَوْمِ الدِّينِ |
| ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ. |
| ﴿5﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ |
| އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. |
| ﴿6﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ |
| އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! |
| ﴿7﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ |
| (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. |
|