×
ޤުރުއާން
ފަހަތަށް
الفلق ކުރިއަށް
﴿1﴾ قُلْ أَعُوذُ بِرَبِّ الْفَلَقِ
ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.
﴿2﴾ مِن شَرِّ مَا خَلَقَ
އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.
﴿3﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ
އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.
﴿4﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ
އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.
﴿5﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ
އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.
ފަހަތަށް
ކުރިއަށް