×
ޤުރުއާން
ފަހަތަށް
الصافات ކުރިއަށް
﴿1﴾ وَالصَّافَّاتِ صَفًّا
ސަފުސަފަށް ތިއްބަވާ މަލާއިކަތުންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ މަލާއިކަތުންނާއި، ޤުރްއާން ކިޔަވައިވިދާޅުވާ މަލާއިކަތުން ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿2﴾ فَالزَّاجِرَاتِ زَجْرًا
ސަފުސަފަށް ތިއްބަވާ މަލާއިކަތުންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ މަލާއިކަތުންނާއި، ޤުރްއާން ކިޔަވައިވިދާޅުވާ މަލާއިކަތުން ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿3﴾ فَالتَّالِيَاتِ ذِكْرًا
ސަފުސަފަށް ތިއްބަވާ މަލާއިކަތުންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ މަލާއިކަތުންނާއި، ޤުރްއާން ކިޔަވައިވިދާޅުވާ މަލާއިކަތުން ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿4﴾ إِنَّ إِلَٰهَكُمْ لَوَاحِدٌ
ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
﴿5﴾ رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ
(އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ.
﴿6﴾ إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ.
﴿7﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ
އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.
﴿8﴾ لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
މަތިވެރިވެގެންވާ ޖަމާޢަތުން ދައްކަވާ ވާހަކަފުޅަށް (އެބަހީ: މަލާއިކަތުން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ ޝައިޠާނުންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ ޝައިޠާނުންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ.
﴿9﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ
ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ ޢަޛާބު އެއުރެންނަށް ހުށްޓެވެ.
﴿10﴾ إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި ޝައިޠާނަކު މެނުވީއެވެ. ފަހެ، އެ ޝައިޠާނާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ.
﴿11﴾ فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا ۚ إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ
ފަހެ، ކަލޭގެފާނު އެއުރެންނާ ސުއާލު ކުރައްވައިބައްލަވާށެވެ! އުނދަގޫކަންބޮޑީ، އެއުރެން ހެއްދެވުންހޭ؟ ނުވަތަ ތިމަންރަސްކަލާނގެ ހެއްދެވި އެނޫންތަކެތިހޭ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ.
﴿12﴾ بَلْ عَجِبْتَ وَيَسْخَرُونَ
އަދި ކިއެއްތަ! (އެއުރެން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު ޢަޖާއިބު ވެވަޑައިގެންނެވީމުއެވެ. އަދި އެއުރެން އެކަމަށް ފުރައްސާރަކޮށް އުޅެތެވެ.
﴿13﴾ وَإِذَا ذُكِّرُوا لَا يَذْكُرُونَ
އަދި އެއުރެންނަށް ހަނދުމަކޮށްދެއްވައިފިނަމަ، އެއުރެން ހަނދުމައެއް ނުކުރެތެވެ.
﴿14﴾ وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ
އަދި އެއުރެންނަށް މުޢުޖިޒާއެއް ފެނިއްޖެނަމަ، އެއުރެން ފުރައްސާރަކޮށް އުޅެތެވެ.
﴿15﴾ وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
އަދި އެއުރެން ބުނޫއެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ.
﴿16﴾ أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ
ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟
﴿17﴾ أَوَآبَاؤُنَا الْأَوَّلُونَ
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
﴿18﴾ قُلْ نَعَمْ وَأَنتُمْ دَاخِرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ ޙާލުގައެވެ.
﴿19﴾ فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ
ފަހެ، އެކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ، އެހާރުން، އެއުރެން (ތެދުވެ) ބަލަން ތިބޭނެތެވެ.
﴿20﴾ وَقَالُوا يَا وَيْلَنَا هَٰذَا يَوْمُ الدِّينِ
އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ޤިޔާމަތް ދުވަހެވެ.
﴿21﴾ هَٰذَا يَوْمُ الْفَصْلِ الَّذِي كُنتُم بِهِ تُكَذِّبُونَ
މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ.
﴿22﴾ ۞ احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ
(މަލާއިކަތުންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި ﷲ ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!
﴿23﴾ مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ
(މަލާއިކަތުންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި ﷲ ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!
﴿24﴾ وَقِفُوهُمْ ۖ إِنَّهُم مَّسْئُولُونَ
އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ ސުއާލު ކުރައްވާނޭ ބަޔެކެވެ.
﴿25﴾ مَا لَكُمْ لَا تَنَاصَرُونَ
(މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟
﴿26﴾ بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ
އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ.
﴿27﴾ وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
އަދި އެކަކު އަނެކަކާ ސުއާލު ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.
﴿28﴾ قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ
(މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ.
﴿29﴾ قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ
އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން މުއުމިނުން ކަމުގައި ނުވަމުއެވެ.
﴿30﴾ وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ ۖ بَلْ كُنتُمْ قَوْمًا طَاغِينَ
އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
﴿31﴾ فَحَقَّ عَلَيْنَا قَوْلُ رَبِّنَا ۖ إِنَّا لَذَائِقُونَ
ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ ޢަޛާބުގެ ބަސްފުޅު ޙައްޤު ވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ޢަޛާބުގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ.
﴿32﴾ فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ
ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ.
﴿33﴾ فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ
ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން ޢަޛާބުގައި ބައިވެރިވެގެންވާ މީހުންނެވެ.
﴿34﴾ إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ
ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.
﴿35﴾ إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ
ހަމަކަށަވަރުން، ﷲ މެނުވީ އިލާހަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ.
﴿36﴾ وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ
އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟
﴿37﴾ بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ
އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، ޙައްޤު ދީނާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) ރަސޫލުން ތެދުކުރެއްވިއެވެ.
﴿38﴾ إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ
ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި ޢަޛާބުގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ.
﴿39﴾ وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
އަދި ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ.
﴿40﴾ إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
ޚިޔާރު ކުރައްވާފައިވާ، ﷲގެ އަޅުން މެނުވީއެވެ.
﴿41﴾ أُولَٰئِكَ لَهُمْ رِزْقٌ مَّعْلُومٌ
އެއުރެންނަށްޓަކައި އެނގިގެންވާ ރިޒްޤު ވެއެވެ.
﴿42﴾ فَوَاكِهُ ۖ وَهُم مُّكْرَمُونَ
(އެއީ) މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ.
﴿43﴾ فِي جَنَّاتِ النَّعِيمِ
ނިޢުމަތުގެ ސުވަރުގެތަކުގައެވެ.
﴿44﴾ عَلَىٰ سُرُرٍ مُّتَقَابِلِينَ
ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.
﴿45﴾ يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ
ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ.
﴿46﴾ بَيْضَاءَ لَذَّةٍ لِّلشَّارِبِينَ
ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ.
﴿47﴾ لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.
﴿48﴾ وَعِندَهُمْ قَاصِرَاتُ الطَّرْفِ عِينٌ
އަދި ކަޅިރަވަ ތޫނު، ޢިއްފަތްތެރި ޙޫރުލްޢީނުން އެއުރެންގެ ގާތުގައިވެއެވެ.
﴿49﴾ كَأَنَّهُنَّ بَيْضٌ مَّكْنُونٌ
ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ.
﴿50﴾ فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
ފަހެ، އެކަކު އަނެކަކާ ސުއާލު ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ.
﴿51﴾ قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ
އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ.
﴿52﴾ يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ
އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟
﴿53﴾ أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ
ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟
﴿54﴾ قَالَ هَلْ أَنتُم مُّطَّلِعُونَ
އޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟
﴿55﴾ فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ
ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ.
﴿56﴾ قَالَ تَاللَّهِ إِن كِدتَّ لَتُرْدِينِ
އޭނާ ބުނާނެތެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ.
﴿57﴾ وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ
އަދި ތިމަންގެ ވެރިރަސްކަލާނގެ ނިޢުމަތް ދެއްވާފައިނުވާނަމަ، (ޢަޛާބުގެ ތެރެޔަށް) ޙާޟިރު ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ.
﴿58﴾ أَفَمَا نَحْنُ بِمَيِّتِينَ
ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި ޢަޛާބު ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.
﴿59﴾ إِلَّا مَوْتَتَنَا الْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ
ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި ޢަޛާބު ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.
﴿60﴾ إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ
ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބު ލިބުމަކީ މިއީކަން ކަށަވަރެވެ.
﴿61﴾ لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ
ޢަމަލު ކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށްޓަކައި ޢަމަލު ކުރާހުށިކަމެވެ!
﴿62﴾ أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ
ޟިޔާފަތެއްގެގޮތުން މޮޅީ އެތަންހެއްޔެވެ؟ ނުވަތަ ޒައްޤޫމު ގަސް ހެއްޔެވެ؟
﴿63﴾ إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ
ހަމަކަށަވަރުން، އަނިޔާވެރިންނަށްއޮތް އިމްތިޙާނެއްކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ.
﴿64﴾ إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ
ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ.
﴿65﴾ طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ
އޭގެ މޭވާ، ޝައިޠާނުންގެ ބޯތަކެކޭ އެއްފަދައެވެ.
﴿66﴾ فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ
ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ.
﴿67﴾ ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ
ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: ޒައްޤޫމާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެއުރެންނަށްވާކަން ކަށަވަރެވެ.
﴿68﴾ ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ
ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ.
﴿69﴾ إِنَّهُمْ أَلْفَوْا آبَاءَهُمْ ضَالِّينَ
ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ.
﴿70﴾ فَهُمْ عَلَىٰ آثَارِهِمْ يُهْرَعُونَ
ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ.
﴿71﴾ وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ
ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ.
﴿72﴾ وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް އިންޛާރު ކުރައްވާ ރަސޫލުން ފޮނުއްވީމެވެ.
﴿73﴾ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ
ފަހެ، އިންޛާރު ވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
﴿74﴾ إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
ﷲގެ، ޚިޔާރު ކުރައްވާފައިވާ އަޅުން މެނުވީއެވެ.
﴿75﴾ وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ
ހަމަކަށަވަރުން، ނޫޙުގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ!
﴿76﴾ وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: ޣަރަޤުން) ސަލާމަތްކުރެއްވީމެވެ.
﴿77﴾ وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ
އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
﴿78﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ.
﴿79﴾ سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ
ޢާލަމްތަކުގައި ނޫޙުގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿80﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿81﴾ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.
﴿82﴾ ثُمَّ أَغْرَقْنَا الْآخَرِينَ
ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފިރުން) ޣަރަޤު ކުރެއްވީމެވެ.
﴿83﴾ ۞ وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ
ހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް ތަބަޢަ ވެގެންވާ މީހުންގެ ތެރެއިން އިބްރާހީމުގެފާނުވެއެވެ.
﴿84﴾ إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ
(އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތަވައްޖުހު ވެވަޑައިގެންނެވި ހިނދުގައެވެ.
﴿85﴾ إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
(އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ ޤައުމުގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟
﴿86﴾ أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ
ﷲ ފިޔަވައި ދޮގު އިލާހުންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟
﴿87﴾ فَمَا ظَنُّكُم بِرَبِّ الْعَالَمِينَ
ފަހެ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟
﴿88﴾ فَنَظَرَ نَظْرَةً فِي النُّجُومِ
ފަހެ (އެއުރެންގެ ޢީދަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ.
﴿89﴾ فَقَالَ إِنِّي سَقِيمٌ
ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ.
﴿90﴾ فَتَوَلَّوْا عَنْهُ مُدْبِرِينَ
ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ.
﴿91﴾ فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
ފަހެ، އެކަލޭގެފާނު އެއުރެންގެ އިލާހުންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟
﴿92﴾ مَا لَكُمْ لَا تَنطِقُونَ
ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟
﴿93﴾ فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ
ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ.
﴿94﴾ فَأَقْبَلُوا إِلَيْهِ يَزِفُّونَ
ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ.
﴿95﴾ قَالَ أَتَعْبُدُونَ مَا تَنْحِتُونَ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟
﴿96﴾ وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ ﷲއެވެ.
﴿97﴾ قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ
އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ!
﴿98﴾ فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ
ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.
﴿99﴾ وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން ހިޖުރަ ކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ އަމުރު ކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ.
﴿100﴾ رَبِّ هَبْ لِي مِنَ الصَّالِحِينَ
އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!
﴿101﴾ فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ
ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި) ޙިލްމުވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ދެއްވީމެވެ.
﴿102﴾ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ
ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.
﴿103﴾ فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ
ފަހެ، އެ ދެބަފައިކަލުން (ﷲއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ އިބްރާހީމުގެފާނެވެ!
﴿104﴾ وَنَادَيْنَاهُ أَن يَا إِبْرَاهِيمُ
ފަހެ، އެ ދެބަފައިކަލުން (ﷲއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ އިބްރާހީމުގެފާނެވެ!
﴿105﴾ قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿106﴾ إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ
ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނު ކަން ކަށަވަރެވެ.
﴿107﴾ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
އަދި ޤަދަރު ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.
﴿108﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ.
﴿109﴾ سَلَامٌ عَلَىٰ إِبْرَاهِيمَ
އިބްރާހީމުގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿110﴾ كَذَٰلِكَ نَجْزِي الْمُحْسِنِينَ
އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿111﴾ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.
﴿112﴾ وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ
އަދި ޞާލިޙުންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި އިސްޙާޤުގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
﴿113﴾ وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ
އަދި އެކަލޭގެފާނާއި، އިސްޙާޤުގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ބަރަކާތް ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ ނަފްސަށް އަނިޔާކުރާ މީހުންވެއެވެ.
﴿114﴾ وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ
އަދި މޫސާގެފާނާއި، ހާރޫނުގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) ނިޢުމަތް ދެއްވީމެވެ.
﴿115﴾ وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ
އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ ޤައުމުގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ.
﴿116﴾ وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް ނަޞްރު ދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ.
﴿117﴾ وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ
އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް ބަޔާން ވެގެންވާ ފޮތް (އެބަހީ: ތައުރާތު) ދެއްވީމެވެ.
﴿118﴾ وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ
އަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
﴿119﴾ وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ
އަދި ފަހުން އަންނަވި އުއްމަތްތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ.
﴿120﴾ سَلَامٌ عَلَىٰ مُوسَىٰ وَهَارُونَ
މޫސާގެފާނާއި، ހާރޫނުގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿121﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
އިޙްސާންތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿122﴾ إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ
ހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، މުއުމިނު އަޅުންގެ ތެރެއިންނެވެ.
﴿123﴾ وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ
ހަމަކަށަވަރުން، އިލްޔާސުގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
﴿124﴾ إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ
އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތަޤްވާވެރި ނުވާނޫހެއްޔެވެ؟
﴿125﴾ أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ
އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން ބަޢުލަށް އަޅުކަންކުރަނީ ހެއްޔެވެ؟ (ބަޢުލަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.)
﴿126﴾ اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ
އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި ﷲއެވެ.
﴿127﴾ فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (ޢަޛާބުގެ ތެރެޔަށް) ޙާޟިރު ކުރައްވާނެކަން ކަށަވަރެވެ.
﴿128﴾ إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
ﷲގެ، ޚިޔާރު ކުރައްވާފައިވާ އަޅުން މެނުވީއެވެ.
﴿129﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ.
﴿130﴾ سَلَامٌ عَلَىٰ إِلْ يَاسِينَ
އިލްޔާސުގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿131﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿132﴾ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، މުއުމިނު އަޅުންގެ ތެރެއިންނެވެ.
﴿133﴾ وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ
ހަމަކަށަވަރުން، ލޫޠުގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
﴿134﴾ إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ!
﴿135﴾ إِلَّا عَجُوزًا فِي الْغَابِرِينَ
ޢަޛާބު ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ.
﴿136﴾ ثُمَّ دَمَّرْنَا الْآخَرِينَ
ދެން ތިމަންރަސްކަލާނގެ (އެ ޤައުމުގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ.
﴿137﴾ وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (އާޘާރުތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
﴿138﴾ وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ
ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (އާޘާރުތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
﴿139﴾ وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ
ހަމަކަށަވަރުން، ޔޫނުސުގެފާނުވަނީ، ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
﴿140﴾ إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ
އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!
﴿141﴾ فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ
ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) ޤުރުޢަތު ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (ޤުރުޢަތުން) ދެރަވިމީހުންގެ ތެރެއިންނެވެ.
﴿142﴾ فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ
ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ ޙާލުގައެވެ.
﴿143﴾ فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ
ފަހެ، އެކަލޭގެފާނު ގިނަގިނައިން ތަސްބީޙަ ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން މަޙްޝަރަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
﴿144﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ
ފަހެ، އެކަލޭގެފާނު ގިނަގިނައިން ތަސްބީޙަ ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން މަޙްޝަރަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
﴿145﴾ ۞ فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިޙާލު ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.
﴿146﴾ وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.
﴿147﴾ وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ
އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ ޤައުމަކަށް ރަސޫލުކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.
﴿148﴾ فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ
ފަހެ، އެއުރެން (އެކަލޭގެފާނަށް) އީމާން ވޫއެވެ. ދެން އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.
﴿149﴾ فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ
(އޭ މުޙައްމަދުގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ ސުއާލު ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟
﴿150﴾ أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ
ނުވަތަ އެއުރެން ޙާޟިރުވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ މަލާއިކަތުން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟
﴿151﴾ أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
ދަންނާށެވެ! ހަމަކަށަވަރުން، ﷲއަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
﴿152﴾ وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ
ދަންނާށެވެ! ހަމަކަށަވަރުން، ﷲއަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
﴿153﴾ أَصْطَفَى الْبَنَاتِ عَلَى الْبَنِينَ
ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ ޚިޔާރު ކުރެއްވީހެއްޔެވެ؟
﴿154﴾ مَا لَكُمْ كَيْفَ تَحْكُمُونَ
ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ ޙުކުމް ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
﴿155﴾ أَفَلَا تَذَكَّرُونَ
ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
﴿156﴾ أَمْ لَكُمْ سُلْطَانٌ مُّبِينٌ
ނުވަތަ ތިޔަބައިމީހުންނަށް ބަޔާން ވެގެންވާ ދަލީލެއް ވަނީހެއްޔެވެ؟
﴿157﴾ فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ
ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (ދަލީލަކަށް) ގެނެސްބަލާށެވެ!
﴿158﴾ وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ
އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު ނަސަބުގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (ޢަޛާބުގެ ތެރެޔަށް) ޙާޟިރު ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ.
﴿159﴾ سُبْحَانَ اللَّهِ عَمَّا يَصِفُونَ
އެއުރެން އެ ސިފަކުރާ ގޮތްތަކުން ﷲ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.
﴿160﴾ إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
ﷲގެ، ޚިޔާރު ކުރައްވާފައިވާ އަޅުން މެނުވީއެވެ.
﴿161﴾ فَإِنَّكُمْ وَمَا تَعْبُدُونَ
ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ.
﴿162﴾ مَا أَنتُمْ عَلَيْهِ بِفَاتِنِينَ
ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.
﴿163﴾ إِلَّا مَنْ هُوَ صَالِ الْجَحِيمِ
ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.
﴿164﴾ وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ
(މަލާއިކަތުން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ މަޤާމެއް ނެތިއެއް ނުވެއެވެ.
﴿165﴾ وَإِنَّا لَنَحْنُ الصَّافُّونَ
އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ މަލާއިކަތުންނީމުއެވެ.
﴿166﴾ وَإِنَّا لَنَحْنُ الْمُسَبِّحُونَ
އަދި ހަމަކަށަވަރުން، ތިމަންމެންނީ ތަސްބީޙަ ކިޔާ މަލާއިކަތުންނީމުއެވެ.
﴿167﴾ وَإِن كَانُوا لَيَقُولُونَ
އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: މައްކާގެ މުޝްރިކުން) ބުނެއުޅެތެވެ.
﴿168﴾ لَوْ أَنَّ عِندَنَا ذِكْرًا مِّنَ الْأَوَّلِينَ
ތިމަންމެންގެ ގާތުގައި، އިހުގެ އުއްމަތްތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، ﷲގެ، ޚިޔާރު ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.
﴿169﴾ لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ
ތިމަންމެންގެ ގާތުގައި، އިހުގެ އުއްމަތްތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، ﷲގެ، ޚިޔާރު ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.
﴿170﴾ فَكَفَرُوا بِهِ ۖ فَسَوْفَ يَعْلَمُونَ
ފަހެ (އެ ޤުރްއާން އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް ކާފިރު ވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ.
﴿171﴾ وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ ރަސޫލުންނަށް ތިމަންރަސްކަލާނގެ (ނަޞްރު ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ.
﴿172﴾ إِنَّهُمْ لَهُمُ الْمَنصُورُونَ
ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ ނަޞްރު ލިބިގެންވާ ބޭކަލުންނެވެ.
﴿173﴾ وَإِنَّ جُندَنَا لَهُمُ الْغَالِبُونَ
އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ ލަޝްކަރު ކަން ކަށަވަރެވެ.
﴿174﴾ فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!
﴿175﴾ وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
އަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ.
﴿176﴾ أَفَبِعَذَابِنَا يَسْتَعْجِلُونَ
ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ ޢަޛާބަށް ހެއްޔެވެ؟
﴿177﴾ فَإِذَا نَزَلَ بِسَاحَتِهِمْ فَسَاءَ صَبَاحُ الْمُنذَرِينَ
ފަހެ، އެއުރެން ތިބޭތަނަށް އެ ޢަޛާބު އަތުވެއްޖެނަމަ، އެ އިންޛާރު ވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ!
﴿178﴾ وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
﴿179﴾ وَأَبْصِرْ فَسَوْفَ يُبْصِرُونَ
އަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ.
﴿180﴾ سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ
އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، ޢިއްޒަތުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.
﴿181﴾ وَسَلَامٌ عَلَى الْمُرْسَلِينَ
އަދި (އެންމެހާ) ރަސޫލުންގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿182﴾ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
އަދި ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ.
ފަހަތަށް
ކުރިއަށް