|
| ﴿1﴾ إِذَا وَقَعَتِ الْوَاقِعَةُ |
| ޤިޔާމަތް ވެއްޖެހިނދެވެ. |
| ﴿2﴾ لَيْسَ لِوَقْعَتِهَا كَاذِبَةٌ |
| އެކަންވާނޭކަމާމެދު އިންކާރު ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ. |
| ﴿3﴾ خَافِضَةٌ رَّافِعَةٌ |
| އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.) |
| ﴿4﴾ إِذَا رُجَّتِ الْأَرْضُ رَجًّا |
| ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ. |
| ﴿5﴾ وَبُسَّتِ الْجِبَالُ بَسًّا |
| އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. |
| ﴿6﴾ فَكَانَتْ هَبَاءً مُّنبَثًّا |
| ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ. |
| ﴿7﴾ وَكُنتُمْ أَزْوَاجًا ثَلَاثَةً |
| އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ. |
| ﴿8﴾ فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ |
| ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
| ﴿9﴾ وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ |
| އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟ |
| ﴿10﴾ وَالسَّابِقُونَ السَّابِقُونَ |
| އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ. |
| ﴿11﴾ أُولَٰئِكَ الْمُقَرَّبُونَ |
| ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ. |
| ﴿12﴾ فِي جَنَّاتِ النَّعِيمِ |
| ނިޢުމަތުގެ ސުވަރުގެތަކުގައެވެ. |
| ﴿13﴾ ثُلَّةٌ مِّنَ الْأَوَّلِينَ |
| އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. |
| ﴿14﴾ وَقَلِيلٌ مِّنَ الْآخِرِينَ |
| އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކާ އަޅައިބަލާއިރު، މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ. |
| ﴿15﴾ عَلَىٰ سُرُرٍ مَّوْضُونَةٍ |
| ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ. |
| ﴿16﴾ مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ |
| އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ ޙާލުގައެވެ. |
| ﴿17﴾ يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ |
| ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. |
| ﴿18﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ |
| ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ. |
| ﴿19﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ |
| އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ. |
| ﴿20﴾ وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ |
| އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ. |
| ﴿21﴾ وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ |
| އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ. |
| ﴿22﴾ وَحُورٌ عِينٌ |
| އަދި ކަޅިރަވަ ރީތި، ޙޫރުލްޢީނުން ތިބޭނެއެވެ. |
| ﴿23﴾ كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ |
| (އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ. |
| ﴿24﴾ جَزَاءً بِمَا كَانُوا يَعْمَلُونَ |
| (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޖަޒާއެއް ކަމުގައެވެ. |
| ﴿25﴾ لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا |
| ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. |
| ﴿26﴾ إِلَّا قِيلًا سَلَامًا سَلَامًا |
| އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) ސަލާމް ހުށްޓޭ، ސަލާމް ހުށްޓޭ، ބުނެވޭ އަޑެވެ. |
| ﴿27﴾ وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ |
| ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
| ﴿28﴾ فِي سِدْرٍ مَّخْضُودٍ |
| (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. |
| ﴿29﴾ وَطَلْحٍ مَّنضُودٍ |
| ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. |
| ﴿30﴾ وَظِلٍّ مَّمْدُودٍ |
| އަދި ފެތުރިގެންވާ ހިޔަލުގައެވެ. |
| ﴿31﴾ وَمَاءٍ مَّسْكُوبٍ |
| އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. |
| ﴿32﴾ وَفَاكِهَةٍ كَثِيرَةٍ |
| އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ. |
| ﴿33﴾ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ |
| ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ. |
| ﴿34﴾ وَفُرُشٍ مَّرْفُوعَةٍ |
| އަދި އުފުލިގެންވާ ދާންތަކެވެ. |
| ﴿35﴾ إِنَّا أَنشَأْنَاهُنَّ إِنشَاءً |
| ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ. |
| ﴿36﴾ فَجَعَلْنَاهُنَّ أَبْكَارًا |
| ފަހެ، ބިކުރުވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ. |
| ﴿37﴾ عُرُبًا أَتْرَابًا |
| ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ. |
| ﴿38﴾ لِّأَصْحَابِ الْيَمِينِ |
| ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. |
| ﴿39﴾ ثُلَّةٌ مِّنَ الْأَوَّلِينَ |
| އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. |
| ﴿40﴾ وَثُلَّةٌ مِّنَ الْآخِرِينَ |
| އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ. |
| ﴿41﴾ وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ |
| ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
| ﴿42﴾ فِي سَمُومٍ وَحَمِيمٍ |
| (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. |
| ﴿43﴾ وَظِلٍّ مِّن يَحْمُومٍ |
| އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. |
| ﴿44﴾ لَّا بَارِدٍ وَلَا كَرِيمٍ |
| ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. |
| ﴿45﴾ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ |
| ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. |
| ﴿46﴾ وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ |
| އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. |
| ﴿47﴾ وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ |
| އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟ |
| ﴿48﴾ أَوَآبَاؤُنَا الْأَوَّلُونَ |
| އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ |
| ﴿49﴾ قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ |
| ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. |
| ﴿50﴾ لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ |
| ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. |
| ﴿51﴾ ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ |
| އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. |
| ﴿52﴾ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ |
| އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. |
| ﴿53﴾ فَمَالِئُونَ مِنْهَا الْبُطُونَ |
| ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ. |
| ﴿54﴾ فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ |
| ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. |
| ﴿55﴾ فَشَارِبُونَ شُرْبَ الْهِيمِ |
| ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ. |
| ﴿56﴾ هَٰذَا نُزُلُهُمْ يَوْمَ الدِّينِ |
| ޤިޔާމަތް ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ. |
| ﴿57﴾ نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ |
| ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟ |
| ﴿58﴾ أَفَرَأَيْتُم مَّا تُمْنُونَ |
| ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ |
| ﴿59﴾ أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ |
| އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
| ﴿60﴾ نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ |
| ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
| ﴿61﴾ عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ |
| ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
| ﴿62﴾ وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ |
| ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟ |
| ﴿63﴾ أَفَرَأَيْتُم مَّا تَحْرُثُونَ |
| ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ |
| ﴿64﴾ أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ |
| އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
| ﴿65﴾ لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ |
| ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން ޙާއިރާން ވެފައި ތިބެއްޖައީހެވެ. |
| ﴿66﴾ إِنَّا لَمُغْرَمُونَ |
| (ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ. |
| ﴿67﴾ بَلْ نَحْنُ مَحْرُومُونَ |
| އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) މަޙްރޫމު ވެގެންވާ ބަޔަކީމުއެވެ. |
| ﴿68﴾ أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ |
| ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟ |
| ﴿69﴾ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ |
| ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
| ﴿70﴾ لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ |
| ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން ޝުކުރު ނުކުރަނީ ކީއްވެހެއްޔެވެ؟ |
| ﴿71﴾ أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ |
| ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ |
| ﴿72﴾ أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ |
| އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
| ﴿73﴾ نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ |
| ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް ޤާއިމް ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ. |
| ﴿74﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ |
| ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
| ﴿75﴾ ۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ |
| ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ ވަޙީ ކުރައްވަމެވެ. |
| ﴿76﴾ وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ |
| އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ. |
| ﴿77﴾ إِنَّهُ لَقُرْآنٌ كَرِيمٌ |
| ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާން ކަން ކަށަވަރެވެ. |
| ﴿78﴾ فِي كِتَابٍ مَّكْنُونٍ |
| ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. |
| ﴿79﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ |
| ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. |
| ﴿80﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ |
| (އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ. |
| ﴿81﴾ أَفَبِهَٰذَا الْحَدِيثِ أَنتُم مُّدْهِنُونَ |
| ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި ޤުރްއާނާ މެދުގައި) ހެއްޔެވެ؟ |
| ﴿82﴾ وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ |
| އަދި ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިކަމުގެ މައްޗަށްކުރާ ޝުކުރަކީ (އެ ރިޒްޤު ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ. |
| ﴿83﴾ فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ |
| ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. |
| ﴿84﴾ وَأَنتُمْ حِينَئِذٍ تَنظُرُونَ |
| އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. |
| ﴿85﴾ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ |
| އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ. |
| ﴿86﴾ فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ |
| ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. |
| ﴿87﴾ تَرْجِعُونَهَا إِن كُنتُمْ صَادِقِينَ |
| ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. |
| ﴿88﴾ فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ |
| ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! |
| ﴿89﴾ فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ |
| ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ ރިޒްޤާއި، ނިޢުމަތުގެ ސުވަރުގެ ހުށްޓެވެ. |
| ﴿90﴾ وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ |
| އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! |
| ﴿91﴾ فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ |
| ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް ސަލާމް ހުށްޓެވެ. |
| ﴿92﴾ وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ |
| އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! |
| ﴿93﴾ فَنُزُلٌ مِّنْ حَمِيمٍ |
| ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ. |
| ﴿94﴾ وَتَصْلِيَةُ جَحِيمٍ |
| އަދި ނަރަކަޔަށް ވެއްދެވުމެކެވެ. |
| ﴿95﴾ إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ |
| ހަމަކަށަވަރުން، މިއީ ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ. |
| ﴿96﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ |
| ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
|