×
ޤުރުއާން
ފަހަތަށް
المجادلة ކުރިއަށް
﴿1﴾ قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ
ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި ﷲގެ ޙަޟްރަތަށް ޝާކުވާ ދަންނަވާ ކަނބުލޭގެ ބަސް، ﷲ އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް ﷲ އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿2﴾ الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ
ތިޔަބައިމީހުންކުރެ އަނބިންނަށް ޡިހާރު ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ މުންކަރު ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ޢަފޫ ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
﴿3﴾ وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
އަދި އެއުރެންގެ އަނބިންނަށް ޡިހާރު ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް ނަޞޭޙަތް ދެއްވާގޮތެވެ. އަދި ﷲއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿4﴾ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ
ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ! އެއީ ތިޔަބައިމީހުން ﷲއާއި، އެކަލާނގެ ރަސޫލާއަށް އީމާން ވުމަށްޓަކައެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ކާފިރުންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.
﴿5﴾ إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَا آيَاتٍ بَيِّنَاتٍ ۚ وَلِلْكَافِرِينَ عَذَابٌ مُّهِينٌ
ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންގެކުރިން އުޅުނު (އެފަދަ) މީހުން ނިކަމެތިކޮށްލެއްވި ފަދައިން، އެއުރެން ނިކަމެތިކޮށްލައްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ އާޔަތްތައް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އަދި ކާފިރުންނަށް ހުރީ، އިހާނަތްތެރިކަންދެނިވި ޢަޛާބެވެ.
﴿6﴾ يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوا ۚ أَحْصَاهُ اللَّهُ وَنَسُوهُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
އެއީ ﷲ، އެއުރެން އެންމެން މަޙްޝަރަށް ފޮނުއްވާ ދުވަހެވެ. ފަހެ، އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ވާހަކައިން އެކަލާނގެ އެއުރެންނަށް ޚަބަރު އަންގަވާނެތެވެ. ﷲ އެކަންތައްތައް ހިމަނުއްވައި ލިޔުއްވިއެވެ. އަދި އެއުރެން އެކަންތައްތައް ހަނދާން ނައްތައިލޫއެވެ. އަދި ﷲއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿7﴾ أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِن ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗާއި، ވާހާކަމެއް ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިންމީހަކު ސިއްރު ސައްލާއެއް ކުރާހިނދު، އެއުރެންގެ ހަތަރުވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި ފަސްމީހަކު ސައްލާ ކުރާހިނދު، ހަވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ ޢަދަދަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް، އެއުރެންނާއެކު ﷲ ވޮޑިގެންނުވާ ތަނެއްނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ވާހަކައިން ޤިޔާމަތް ދުވަހުން އެއުރެންނަށް އެކަލާނގެ ޚަބަރު އަންގަވާނެތެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿8﴾ أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ
ސިއްރު ސައްލާކޮށް އުޅުން އެއުރެންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެއުރެންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެއުރެން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، ޢަދާވަތްތެރިކަމާއި، ރަސޫލާއަށް ނުކިޔަމަންތެރިވުމަށް އެއުރެން ސިއްރު ސައްލާ ކުރެތެވެ. އަދި އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް ﷲ ސަލާމް ވަޙީ ނުކުރައްވާ ބަހަކުން އެއުރެން ކަލޭގެފާނަށް ސަލާމް ދަންނަވަތެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތަކަށް އެއުރެން ބުނެތެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި ﷲ ތިމަންމެންނަށް ޢަޛާބު ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެއުރެންނަށް ފުދެއެވެ. އެތަނަށް އެއުރެން ވަންނާނެތެވެ. ފަހެ، އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
﴿9﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، ޢަދާވަތްތެރިކަމާއި، ރަސޫލާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، ތަޤްވާވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ތިޔަބައިމީހުން މަޙްޝަރު ކުރައްވާހުށީ، ހަމައެކަލާނގެ ޙަޟްރަތަށެވެ.
﴿10﴾ إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
އީމާންވި މީހުންނަށް ހިތާމަ ދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ ޝައިޠާނާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި ﷲގެ އިޛުނަފުޅާލައިގެން މެނުވީ، އެ ޝައިޠާނާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ، މުއުމިނުތަކުން ހަމައެކަނި ﷲއަށް ވަކީލު ކުރާހުށިކަމެވެ.
﴿11﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! މަޖްލިސްތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން ﷲ ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން (މަޖްލިސުން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿12﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރަސޫލާއަށް މުނާޖާއެއް ދަންނަވާނަމަ، ތިޔަބައިމީހުން މުނާޖާ ދެންނެވުމުގެ ކުރީގައި (ފަޤީރުންނަށް) ޞަދަޤާތެއް ކުރިމަތިކުރާހުށިކަމެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ޠާހިރު ކަންބޮޑުމެއެވެ. ފަހެ، ތިޔަބައިމީހުންނަށް ޞަދަޤާތެއް ކުރާނޭ އެއްޗެއް ނުލިބުނުނަމަ، ފަހެ، ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿13﴾ أَأَشْفَقْتُمْ أَن تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ
ތިޔަބައިމީހުން ރަސޫލާއަށް މުނާޖާއެއް ދެންނެވުމުގެކުރިން ޞަދަޤާތެއް ކުރިމަތިކުރުމަށް ތިޔަބައިމީހުން ބިރުގަތީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް އެކަންތައް ނުކުރެވުނުހިނދު، އަދި ﷲ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައިފިހިނދު، ފަހެ، ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ﷲއާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! ﷲއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿14﴾ ۞ أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ
ﷲ، އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ ބަޔަކު އެކުވެރި ރަޙްމަތްތެރިން ކަމުގައި ހެދިމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ ތިޔަބައިމީހުންގެ ތެރެއިންވާ ބަޔެއްނޫނެވެ. އަދި އެއުރެންގެ ތެރެއިންވެސް ހިމެނޭ ބަޔެއްނޫނެވެ. އަދި އެއުރެން ދެނެދެނެތިބެ، ދޮގުގެ މައްޗަށް ހުވާކުރެތެވެ.
﴿15﴾ أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ
ﷲ، އެއުރެންނަށްޓަކައި ގަދަވެގެންވާ ޢަޛާބެއް ތައްޔާރުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!
﴿16﴾ اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُّهِينٌ
އެއުރެންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން ﷲގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ފަހެ، އެއުރެންނަށް އިހާނަތްތެރިކަންދެނިވި ޢަޛާބު ހުށްޓެވެ.
﴿17﴾ لَّن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
އެއުރެންގެ މުދަލެއްވެސް، އަދި އެއުރެންގެ ދަރިންނެއްވެސް ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދޭނެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ.
﴿18﴾ يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ ۚ أَلَا إِنَّهُمْ هُمُ الْكَاذِبُونَ
ﷲ، އެއުރެން އެންމެން މަޙްޝަރަށް ފޮނުއްވާ ދުވަހު، އެއުރެން ތިޔަބައިމީހުންގެ ގާތުގައި (މިއަދު) ހުވާކޮށްއުޅޭ ފަދައިން އެކަލާނގެ ޙަޟްރަތުގައިވެސް އެއުރެން ހުވާކުރާނެތެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެއުރެންވާކަމަށް އެއުރެން ހީކުރެއެވެ. ދަންނާށެވެ! ހަމަކަށަވަރުން އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.
﴿19﴾ اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنسَاهُمْ ذِكْرَ اللَّهِ ۚ أُولَٰئِكَ حِزْبُ الشَّيْطَانِ ۚ أَلَا إِنَّ حِزْبَ الشَّيْطَانِ هُمُ الْخَاسِرُونَ
ޝައިޠާނާވަނީ، އެއުރެންގެ މައްޗަށް ވެރިވެގެންފައެވެ. ފަހެ، އެ ޝައިޠާނާ، އެއުރެން ﷲ ހަނދުމަކުރުން ހަނދާންނެތިކޮށްލިއެވެ. އެއުރެންނީ، ޝައިޠާނާގެ ޖަމާޢަތުގެ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ޖަމާޢަތުގެމީހުންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.
﴿20﴾ إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَٰئِكَ فِي الْأَذَلِّينَ
ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ.
﴿21﴾ كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ
ﷲ ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ ރަސޫލުން (އެއުރެންގެ މައްޗަށް) ގަދަވެގަންނަ ހުށީމުއެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ.
﴿22﴾ لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ
ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ އީމާންކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ލިބިފައިވާ ރޫޙަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ﷲ އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ ﷲގެ ޖަމާޢަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ.
ފަހަތަށް
ކުރިއަށް