|
| ﴿1﴾ عَبَسَ وَتَوَلَّىٰ |
| އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. |
| ﴿2﴾ أَن جَاءَهُ الْأَعْمَىٰ |
| ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. |
| ﴿3﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ |
| އަދި އޭނާ ކުށްތަކުން ސާފުވެ، ޠާހިރު ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿4﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ |
| އަދި އޭނާ ކުށްތަކުން ސާފުވެ، ޠާހިރު ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿5﴾ أَمَّا مَنِ اسْتَغْنَىٰ |
| އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! |
| ﴿6﴾ فَأَنتَ لَهُ تَصَدَّىٰ |
| ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. |
| ﴿7﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ |
| އެމީހަކު (ކާފިރުކަމުން) ޠާހިރު ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. |
| ﴿8﴾ وَأَمَّا مَن جَاءَكَ يَسْعَىٰ |
| އަދި ބިރުވެތިވާ ޙާލު، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ! |
| ﴿9﴾ وَهُوَ يَخْشَىٰ |
| އަދި ބިރުވެތިވާ ޙާލު، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ! |
| ﴿10﴾ فَأَنتَ عَنْهُ تَلَهَّىٰ |
| ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި މަޝްޣޫލު ވެވަޑައިގަންނަވަމުއެވެ. |
| ﴿11﴾ كَلَّا إِنَّهَا تَذْكِرَةٌ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ އާޔަތްތަކަކީ، ހަނދާންކޮށްދިނުމެކެވެ. |
| ﴿12﴾ فَمَن شَاءَ ذَكَرَهُ |
| ފަހެ، ބޭނުންމީހަކު އެ ޤުރްއާން ހަނދުމަކުރާހުށިކަމެވެ! |
| ﴿13﴾ فِي صُحُفٍ مُّكَرَّمَةٍ |
| އެ ޤުރްއާން ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
| ﴿14﴾ مَّرْفُوعَةٍ مُّطَهَّرَةٍ |
| މަތިވެރި، ޠާހިރު ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
| ﴿15﴾ بِأَيْدِي سَفَرَةٍ |
| ދަތުރުކުރައްވާ މަލާއިކަތުންގެ އަތްޕުޅުތަކުގައެވެ. |
| ﴿16﴾ كِرَامٍ بَرَرَةٍ |
| މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނެވެ. |
| ﴿17﴾ قُتِلَ الْإِنسَانُ مَا أَكْفَرَهُ |
| އިންސާނާއަށް ލަޢުނަތް ލެއްވިއެވެ. އޭނާގެ ހުރި ކާފިރުކަމުގެ ބޮޑުކަމާއެވެ! |
| ﴿18﴾ مِنْ أَيِّ شَيْءٍ خَلَقَهُ |
| އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟ |
| ﴿19﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ |
| އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ. |
| ﴿20﴾ ثُمَّ السَّبِيلَ يَسَّرَهُ |
| ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ. |
| ﴿21﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ |
| ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ. |
| ﴿22﴾ ثُمَّ إِذَا شَاءَ أَنشَرَهُ |
| ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ. |
| ﴿23﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ. |
| ﴿24﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ |
| ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ! |
| ﴿25﴾ أَنَّا صَبَبْنَا الْمَاءَ صَبًّا |
| ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. |
| ﴿26﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا |
| ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. |
| ﴿27﴾ فَأَنبَتْنَا فِيهَا حَبًّا |
| ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. |
| ﴿28﴾ وَعِنَبًا وَقَضْبًا |
| އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. |
| ﴿29﴾ وَزَيْتُونًا وَنَخْلًا |
| އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. |
| ﴿30﴾ وَحَدَائِقَ غُلْبًا |
| އަދި ގަސްތައްގިނަ ބަގީޗާތަކެވެ. |
| ﴿31﴾ وَفَاكِهَةً وَأَبًّا |
| މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. |
| ﴿32﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ |
| (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނަޢަމް ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. |
| ﴿33﴾ فَإِذَا جَاءَتِ الصَّاخَّةُ |
| ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. |
| ﴿34﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ |
| (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
| ﴿35﴾ وَأُمِّهِ وَأَبِيهِ |
| (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
| ﴿36﴾ وَصَاحِبَتِهِ وَبَنِيهِ |
| (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
| ﴿37﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ |
| އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ. |
| ﴿38﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ |
| އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ. |
| ﴿39﴾ ضَاحِكَةٌ مُّسْتَبْشِرَةٌ |
| އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ. |
| ﴿40﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ |
| އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ. |
| ﴿41﴾ تَرْهَقُهَا قَتَرَةٌ |
| އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ. |
| ﴿42﴾ أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ |
| އެއުރެންނީ ހަމަ، ނުލަފާވެގެންވާ ކާފިރުންނެވެ. |
|