|
| ﴿1﴾ الْقَارِعَةُ |
| ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ. |
| ﴿2﴾ مَا الْقَارِعَةُ |
| ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ |
| ﴿3﴾ وَمَا أَدْرَاكَ مَا الْقَارِعَةُ |
| އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿4﴾ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ |
| ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ. |
| ﴿5﴾ وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ |
| އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ. |
| ﴿6﴾ فَأَمَّا مَن ثَقُلَتْ مَوَازِينُهُ |
| ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ! |
| ﴿7﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ |
| ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.) |
| ﴿8﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ |
| އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ! |
| ﴿9﴾ فَأُمُّهُ هَاوِيَةٌ |
| ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ. |
| ﴿10﴾ وَمَا أَدْرَاكَ مَا هِيَهْ |
| އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿11﴾ نَارٌ حَامِيَةٌ |
| އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ. |
|