×
ޤުރުއާން
ފަހަތަށް
التكاثر ކުރިއަށް
﴿1﴾ أَلْهَاكُمُ التَّكَاثُرُ
(މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލު ކޮށްފިއެވެ.
﴿2﴾ حَتَّىٰ زُرْتُمُ الْمَقَابِرَ
ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.)
﴿3﴾ كَلَّا سَوْفَ تَعْلَمُونَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
﴿4﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ
ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
﴿5﴾ كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.
﴿6﴾ لَتَرَوُنَّ الْجَحِيمَ
ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.
﴿7﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.
﴿8﴾ ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުއާލު ކުރައްވާނެކަން ކަށަވަރެވެ.
ފަހަތަށް
ކުރިއަށް