|
| ﴿1﴾ لِإِيلَافِ قُرَيْشٍ |
| ޤުރައިޝް ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. |
| ﴿2﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ |
| ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. |
| ﴿3﴾ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ |
| ފަހެ، މި ގެފުޅުގެ ވެރިރަސްކަލާނގެއަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ! |
| ﴿4﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ |
| އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ. |
|