×
ޤުރުއާން
ފަހަތަށް
الماعون ކުރިއަށް
﴿1﴾ أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟
﴿2﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ
ފަހެ، އެއީ ޔަތީމު ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.
﴿3﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.
﴿4﴾ فَوَيْلٌ لِّلْمُصَلِّينَ
ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿5﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿6﴾ الَّذِينَ هُمْ يُرَاءُونَ
އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.
﴿7﴾ وَيَمْنَعُونَ الْمَاعُونَ
އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.
ފަހަތަށް
ކުރިއަށް