×
ޤުރުއާން
ފަހަތަށް
المدثر ކުރިއަށް
﴿1﴾ يَا أَيُّهَا الْمُدَّثِّرُ
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
﴿2﴾ قُمْ فَأَنذِرْ
ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރު ކުރައްވާށެވެ!
﴿3﴾ وَرَبَّكَ فَكَبِّرْ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތަކްބީރު ވިދާޅުވާށެވެ!
﴿4﴾ وَثِيَابَكَ فَطَهِّرْ
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރު ކުރައްވާށެވެ!
﴿5﴾ وَالرُّجْزَ فَاهْجُرْ
އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!
﴿6﴾ وَلَا تَمْنُن تَسْتَكْثِرُ
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!
﴿7﴾ وَلِرَبِّكَ فَاصْبِرْ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!
﴿8﴾ فَإِذَا نُقِرَ فِي النَّاقُورِ
ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ.
﴿9﴾ فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ
ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.
﴿10﴾ عَلَى الْكَافِرِينَ غَيْرُ يَسِيرٍ
ކާފިރުންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.
﴿11﴾ ذَرْنِي وَمَنْ خَلَقْتُ وَحِيدًا
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!
﴿12﴾ وَجَعَلْتُ لَهُ مَالًا مَّمْدُودًا
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
﴿13﴾ وَبَنِينَ شُهُودًا
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
﴿14﴾ وَمَهَّدتُّ لَهُ تَمْهِيدًا
އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.
﴿15﴾ ثُمَّ يَطْمَعُ أَنْ أَزِيدَ
ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ.
﴿16﴾ كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.
﴿17﴾ سَأُرْهِقُهُ صَعُودًا
ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ ޢަޛާބަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.
﴿18﴾ إِنَّهُ فَكَّرَ وَقَدَّرَ
ހަމަކަށަވަރުން، އޭނާ ވިސްނައި ފިކުރު ކޮށް ރޭވިއެވެ.
﴿19﴾ فَقُتِلَ كَيْفَ قَدَّرَ
ފަހެ، އޭނާޔަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
﴿20﴾ ثُمَّ قُتِلَ كَيْفَ قَدَّرَ
ދެން އޭނާޔަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
﴿21﴾ ثُمَّ نَظَرَ
ދެން އޭނާ ބަލައި ވިސްނިއެވެ.
﴿22﴾ ثُمَّ عَبَسَ وَبَسَرَ
ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ.
﴿23﴾ ثُمَّ أَدْبَرَ وَاسْتَكْبَرَ
ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ.
﴿24﴾ فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ
ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި ޤުރްއާން ނުވެއެވެ.
﴿25﴾ إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ
އާދަމުގެދަރިންގެ ބަސްކަމުގައި މެނުވީ މި ޤުރްއާން ނުވެއެވެ.
﴿26﴾ سَأُصْلِيهِ سَقَرَ
ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ.
﴿27﴾ وَمَا أَدْرَاكَ مَا سَقَرُ
އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿28﴾ لَا تُبْقِي وَلَا تَذَرُ
އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.
﴿29﴾ لَوَّاحَةٌ لِّلْبَشَرِ
ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.
﴿30﴾ عَلَيْهَا تِسْعَةَ عَشَرَ
(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި މަލާއިކަތުންވެއެވެ.
﴿31﴾ وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ
އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ މަލާއިކަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިޙާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ ޢަދަދު ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް ޔަޤީން ވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި އީމާންވި މީހުން ޝައްކު ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، ކާފިރުން ބުނުމަށްޓަކައެވެ. މި މިޘާލުން ﷲ އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި އާދަމުގެދަރިންނަށް ޢިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.
﴿32﴾ كَلَّا وَالْقَمَرِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ.
﴿33﴾ وَاللَّيْلِ إِذْ أَدْبَرَ
އަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
﴿34﴾ وَالصُّبْحِ إِذَا أَسْفَرَ
އަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ.
﴿35﴾ إِنَّهَا لَإِحْدَى الْكُبَرِ
ހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ.
﴿36﴾ نَذِيرًا لِّلْبَشَرِ
އާދަމުގެދަރިންނަށް އިންޛާރު ކުރާ އެއްޗެއްގެ ގޮތުގައެވެ.
﴿37﴾ لِمَن شَاءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ.
﴿38﴾ كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ
ކޮންމެ ނަފްސެއް، އެ ނަފްސެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ.
﴿39﴾ إِلَّا أَصْحَابَ الْيَمِينِ
ކަނާތްފަރާތުގެ އަހުލުވެރިން މެނުވީއެވެ.
﴿40﴾ فِي جَنَّاتٍ يَتَسَاءَلُونَ
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ ސުއާލު ކުރާ ޙާލުގައެވެ.
﴿41﴾ عَنِ الْمُجْرِمِينَ
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ ސުއާލު ކުރާ ޙާލުގައެވެ.
﴿42﴾ مَا سَلَكَكُمْ فِي سَقَرَ
ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟
﴿43﴾ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ
އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.
﴿44﴾ وَلَمْ نَكُ نُطْعِمُ الْمِسْكِينَ
އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ.
﴿45﴾ وَكُنَّا نَخُوضُ مَعَ الْخَائِضِينَ
އަދި ބާޠިލު ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލު ވާހަކަ ދައްކައި އުޅުނީމުއެވެ.
﴿46﴾ وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ
އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ.
﴿47﴾ حَتَّىٰ أَتَانَا الْيَقِينُ
ޔަޤީން ކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.
﴿48﴾ فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ
ފަހެ، ޝަފާޢަތްތެރިވާމީހުންގެ ޝަފާޢަތް، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ.
﴿49﴾ فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: ޤުރްއާނުން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
﴿50﴾ كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ
އެއުރެން ސިންގާއަކަށް ފިލަންދުވާ ވަޙުޝީ ޙިމާރުތަކެއް ފަދައެވެ.
﴿51﴾ فَرَّتْ مِن قَسْوَرَةٍ
އެއުރެން ސިންގާއަކަށް ފިލަންދުވާ ވަޙުޝީ ޙިމާރުތަކެއް ފަދައެވެ.
﴿52﴾ بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ.
﴿53﴾ كَلَّا ۖ بَل لَّا يَخَافُونَ الْآخِرَةَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން އާޚިރަތަކަށް ބިރެއް ނުގަނެތެވެ.
﴿54﴾ كَلَّا إِنَّهُ تَذْكِرَةٌ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ޤުރްއާނަކީ ހަނދާންކޮށްދިނުމެކެވެ.
﴿55﴾ فَمَن شَاءَ ذَكَرَهُ
ފަހެ، ބޭނުން މީހަކު އެ ޤުރްއާން ހަނދުމަކުރާހުށިކަމެވެ!
﴿56﴾ وَمَا يَذْكُرُونَ إِلَّا أَن يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ
އަދި ﷲ އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) ތަޤްވާވެރިވުން ޙައްޤު ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.
ފަހަތަށް
ކުރިއަށް