×
ޤުރުއާން
ފަހަތަށް
القيامة ކުރިއަށް
﴿1﴾ لَا أُقْسِمُ بِيَوْمِ الْقِيَامَةِ
ޤިޔާމަތް ދުވަސް ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ.
﴿2﴾ وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
އަދި އައްނަފްސުއްލައްވާމާ ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. (ނޯޓު: އައްނަފްސުއްލައްވާމާއަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ ނަފްސަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ ނަފްސެކެވެ.)
﴿3﴾ أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟
﴿4﴾ بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ.
﴿5﴾ بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.
﴿6﴾ يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
އޭނާ ސުއާލު ކުރާނެތެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
﴿7﴾ فَإِذَا بَرِقَ الْبَصَرُ
ފަހެ، ލޯތަކަށް ޙާއިރާން ކަންލިބި، ތަރަތަރަލާހިނދެވެ.
﴿8﴾ وَخَسَفَ الْقَمَرُ
އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.
﴿9﴾ وَجُمِعَ الشَّمْسُ وَالْقَمَرُ
އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ.
﴿10﴾ يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟
﴿11﴾ كَلَّا لَا وَزَرَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.
﴿12﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.
﴿13﴾ يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން ޚަބަރު ދެއްވާނެތެވެ.
﴿14﴾ بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.
﴿15﴾ وَلَوْ أَلْقَىٰ مَعَاذِيرَهُ
އެ އިންސާނާ، އޭނާގެ ޢުޛުރުތައް ކުރިމަތިކުޅަނަމަވެސް މެއެވެ.
﴿16﴾ لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
އެ ޤުރްއާން ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ ޤުރްއާނާއިގެން ޙަރަކާތްތެރި ނުކުރައްވާށެވެ!
﴿17﴾ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
ހަމަކަށަވަރުން، އެ ޤުރްއާން (ކަލޭގެފާނުގެ ހިތްޕުޅަށް) ޖަމަޢު ކުރެއްވުމާއި، އަދި އެ ޤުރްއާން ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
﴿18﴾ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
ފަހެ، ތިމަންރަސްކަލާނގެ (ޖިބްރީލުގެފާނު މެދުވެރިކުރައްވައި) އެ ޤުރްއާން ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ ތަބަޢަ ވެވަޑައިގަންނަވާށެވެ!
﴿19﴾ ثُمَّ إِنَّ عَلَيْنَا بَيَانَهُ
ދެން ހަމަކަށަވަރުން، އެ ޤުރްއާން ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ.
﴿20﴾ كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.
﴿21﴾ وَتَذَرُونَ الْآخِرَةَ
އަދި ތިޔަބައިމީހުން އާޚިރަތް ދޫކޮށްލަމުއެވެ.
﴿22﴾ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.
﴿23﴾ إِلَىٰ رَبِّهَا نَاظِرَةٌ
އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.
﴿24﴾ وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.
﴿25﴾ تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.
﴿26﴾ كَلَّا إِذَا بَلَغَتِ التَّرَاقِيَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.
﴿27﴾ وَقِيلَ مَنْ ۜ رَاقٍ
އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟
﴿28﴾ وَظَنَّ أَنَّهُ الْفِرَاقُ
އަދި އެއީ ވަކިވުން ކަމުގައި ޔަޤީން ކޮށްފި ހިނދެވެ.
﴿29﴾ وَالْتَفَّتِ السَّاقُ بِالسَّاقِ
އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.
﴿30﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ
އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.
﴿31﴾ فَلَا صَدَّقَ وَلَا صَلَّىٰ
ފަހެ، އޭނާ (ﷲގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ.
﴿32﴾ وَلَٰكِن كَذَّبَ وَتَوَلَّىٰ
އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.
﴿33﴾ ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ
ދެން އޭނާގެ އަހުލުވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.
﴿34﴾ أَوْلَىٰ لَكَ فَأَوْلَىٰ
ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
﴿35﴾ ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ
ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
﴿36﴾ أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى
ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟
﴿37﴾ أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ
އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟
﴿38﴾ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.
﴿39﴾ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ
ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.
﴿40﴾ أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ
އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟
ފަހަތަށް
ކުރިއަށް