|
| ﴿1﴾ إِذَا السَّمَاءُ انفَطَرَتْ |
| އުޑު ފަޅަފަޅައިގެންދާ ހިނދެވެ. |
| ﴿2﴾ وَإِذَا الْكَوَاكِبُ انتَثَرَتْ |
| އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ. |
| ﴿3﴾ وَإِذَا الْبِحَارُ فُجِّرَتْ |
| އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. |
| ﴿4﴾ وَإِذَا الْقُبُورُ بُعْثِرَتْ |
| އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ. |
| ﴿5﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ |
| (އެހިނދު) ކޮންމެ ނަފްސަކަށް، އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ. |
| ﴿6﴾ يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ |
| އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟ |
| ﴿7﴾ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ |
| އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ. |
| ﴿8﴾ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ |
| އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، ތަރުކީބު ކުރެއްވިއެވެ. |
| ﴿9﴾ كَلَّا بَلْ تُكَذِّبُونَ بِالدِّينِ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (ޤިޔާމަތް ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ. |
| ﴿10﴾ وَإِنَّ عَلَيْكُمْ لَحَافِظِينَ |
| އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. |
| ﴿11﴾ كِرَامًا كَاتِبِينَ |
| (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. |
| ﴿12﴾ يَعْلَمُونَ مَا تَفْعَلُونَ |
| ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ. |
| ﴿13﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ |
| ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ. |
| ﴿14﴾ وَإِنَّ الْفُجَّارَ لَفِي جَحِيمٍ |
| އަދި ހަމަކަށަވަރުން، ކާފިރުންވަނީ، ނަރަކައިގައިކަން ކަށަވަރެވެ. |
| ﴿15﴾ يَصْلَوْنَهَا يَوْمَ الدِّينِ |
| ޤިޔާމަތް ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ. |
| ﴿16﴾ وَمَا هُمْ عَنْهَا بِغَائِبِينَ |
| އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ. |
| ﴿17﴾ وَمَا أَدْرَاكَ مَا يَوْمُ الدِّينِ |
| ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿18﴾ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ |
| ދެންވެސް ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿19﴾ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ |
| (އެއީ) އެއްވެސް ނަފްސެއް، އަނެއް ނަފްސަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، އަމުރުވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) ﷲއަށެވެ. |
|