×
ޤުރުއާން
ފަހަތަށް
المطففين ކުރިއަށް
﴿1﴾ وَيْلٌ لِّلْمُطَفِّفِينَ
މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿2﴾ الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ
އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ.
﴿3﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.
﴿4﴾ أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ
ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީން ނުކުރަނީ ހެއްޔެވެ؟
﴿5﴾ لِيَوْمٍ عَظِيمٍ
ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީން ނުކުރަނީ ހެއްޔެވެ؟
﴿6﴾ يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ
(އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި މީސްތަކުން ޤާއިމްވެ ތިބޭނޭ ދުވަހެވެ.
﴿7﴾ كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ ކާފިރުންގެ ޢަމަލުތަކުގެ ފަތްވަނީ ސިއްޖީނުގައިކަން ކަށަވަރެވެ.
﴿8﴾ وَمَا أَدْرَاكَ مَا سِجِّينٌ
ސިއްޖީނަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿9﴾ كِتَابٌ مَّرْقُومٌ
(އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ.
﴿10﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿11﴾ الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ
އެއުރެންނީ، ޤިޔާމަތް ދުވަސް ދޮގުކުރާ މީހުންނެވެ.
﴿12﴾ وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ
ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ.
﴿13﴾ إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
ތިމަންރަސްކަލާނގެ އާޔަތްތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.
﴿14﴾ كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.
﴿15﴾ كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.
﴿16﴾ ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ
ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ.
﴿17﴾ ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ
ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ.
﴿18﴾ كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ ޢަމަލުތަކުގެ ފަތްވަނީ ޢިއްލިއްޔޫނުގައި ކަންކަށަވަރެވެ.
﴿19﴾ وَمَا أَدْرَاكَ مَا عِلِّيُّونَ
ޢިއްލިއްޔޫނަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿20﴾ كِتَابٌ مَّرْقُومٌ
(އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ.
﴿21﴾ يَشْهَدُهُ الْمُقَرَّبُونَ
ކުއްތަންކުރައްވާފައިވާ މަލާއިކަތުން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ.
﴿22﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ.
﴿23﴾ عَلَى الْأَرَائِكِ يَنظُرُونَ
ދާންތަކުގެ މަތީގައި (ނިޢުމަތްތަކަށް) ބަލަބަލައެވެ.
﴿24﴾ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ
އެއުރެންގެ މޫނުތަކުގެމަތިން، ނިޢުމަތުގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ.
﴿25﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
ސިއްކަޖައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ.
﴿26﴾ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ
އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!
﴿27﴾ وَمِزَاجُهُ مِن تَسْنِيمٍ
އެއާ އެއްކުރައްވާފައިވަނީ ތަސްނީމެވެ.
﴿28﴾ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ
(އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ.
﴿29﴾ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ
ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) އީމާންވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.
﴿30﴾ وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ
އަދި އެއުރެން އެ މުއުމިނުންގެ ކައިރިންދާހިނދު، ލޮލުގެ އިޝާރަތުން ފުރައްސާރަ ކުރެތެވެ.
﴿31﴾ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ
އަދި އެއުރެންގެ އަހުލުވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.
﴿32﴾ وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ
އަދި އެއުރެން މުއުމިނުން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.
﴿33﴾ وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ
އަދި މުއުމިނުންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ ކާފިރުން ފޮނުއްވާފައެއް ނުވެއެވެ.
﴿34﴾ فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ
ފަހެ، އީމާންވި މީހުން މިއަދު ކާފިރުންނާ ދިމާޔަށް ހޭނެތެވެ.
﴿35﴾ عَلَى الْأَرَائِكِ يَنظُرُونَ
ދާންތަކުގެ މަތީގައި (ނިޢުމަތްތަކަށް) ބަލަބަލައެވެ.
﴿36﴾ هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ
ކާފިރުންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟
ފަހަތަށް
ކުރިއަށް