|
| ﴿1﴾ وَالسَّمَاءِ وَالطَّارِقِ |
| އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. |
| ﴿2﴾ وَمَا أَدْرَاكَ مَا الطَّارِقُ |
| އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿3﴾ النَّجْمُ الثَّاقِبُ |
| އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ. |
| ﴿4﴾ إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ |
| އެއްވެސް ނަފްސެއް، އެ ނަފްސެއްގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތަކު ނެތިއެއް ނުވެއެވެ. |
| ﴿5﴾ فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ |
| ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! |
| ﴿6﴾ خُلِقَ مِن مَّاءٍ دَافِقٍ |
| އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. |
| ﴿7﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ |
| އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. |
| ﴿8﴾ إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ |
| ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿9﴾ يَوْمَ تُبْلَى السَّرَائِرُ |
| ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ. |
| ﴿10﴾ فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ |
| ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވެއެވެ. |
| ﴿11﴾ وَالسَّمَاءِ ذَاتِ الرَّجْعِ |
| ވާރޭވެއްސާ އުޑު ގަންދެއްވަމެވެ. |
| ﴿12﴾ وَالْأَرْضِ ذَاتِ الصَّدْعِ |
| އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ. |
| ﴿13﴾ إِنَّهُ لَقَوْلٌ فَصْلٌ |
| ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޙައްޤާއި، ބާޠިލު ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ. |
| ﴿14﴾ وَمَا هُوَ بِالْهَزْلِ |
| އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ ޤުރްއާން ނުވެއެވެ. |
| ﴿15﴾ إِنَّهُمْ يَكِيدُونَ كَيْدًا |
| ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. |
| ﴿16﴾ وَأَكِيدُ كَيْدًا |
| އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ. |
| ﴿17﴾ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا |
| ފަހެ، ކާފިރުންނަށް ކަލޭގެފާނު މުހުލަތެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ! |
|