|
| ﴿1﴾ وَالسَّمَاءِ ذَاتِ الْبُرُوجِ |
| ބުރުޖުތަކުގެވެރި އުޑު ގަންދެއްވަމެވެ. |
| ﴿2﴾ وَالْيَوْمِ الْمَوْعُودِ |
| އަދި ވަޢުދު ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. |
| ﴿3﴾ وَشَاهِدٍ وَمَشْهُودٍ |
| އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ. |
| ﴿4﴾ قُتِلَ أَصْحَابُ الْأُخْدُودِ |
| ވަޅުގަނޑުގެ އެކުވެރިންނަށް ލަޢުނަތް ލެއްވިއެވެ. |
| ﴿5﴾ النَّارِ ذَاتِ الْوَقُودِ |
| (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. |
| ﴿6﴾ إِذْ هُمْ عَلَيْهَا قُعُودٌ |
| އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. |
| ﴿7﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ |
| މުއުމިނުންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި ޙާލުގައެވެ. |
| ﴿8﴾ وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ |
| އަދި ޢަޒީޒުވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲއަށް އެއުރެން އީމާން ވާކަމަށްޓަކައި މެނުވީ، އެ ކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. |
| ﴿9﴾ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ |
| އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
| ﴿10﴾ إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ |
| ހަމަކަށަވަރުން، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، ދީނުން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން ތައުބާ ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ ޢަޛާބު ހުށްޓެވެ. |
| ﴿11﴾ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ |
| ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ. |
| ﴿12﴾ إِنَّ بَطْشَ رَبِّكَ لَشَدِيدٌ |
| ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ. |
| ﴿13﴾ إِنَّهُ هُوَ يُبْدِئُ وَيُعِيدُ |
| ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) އިޢާދަ ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. |
| ﴿14﴾ وَهُوَ الْغَفُورُ الْوَدُودُ |
| އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. |
| ﴿15﴾ ذُو الْعَرْشِ الْمَجِيدُ |
| ޢަރްޝުގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ. |
| ﴿16﴾ فَعَّالٌ لِّمَا يُرِيدُ |
| އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ. |
| ﴿17﴾ هَلْ أَتَاكَ حَدِيثُ الْجُنُودِ |
| ފިރްޢައުނާއި، ޘަމޫދު ބާގައިގެ ލަޝްކަރުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
| ﴿18﴾ فِرْعَوْنَ وَثَمُودَ |
| ފިރްޢައުނާއި، ޘަމޫދު ބާގައިގެ ލަޝްކަރުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
| ﴿19﴾ بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ |
| އަދި ކިއެއްތަ! ކާފިރު ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ. |
| ﴿20﴾ وَاللَّهُ مِن وَرَائِهِم مُّحِيطٌ |
| ﷲ އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ. |
| ﴿21﴾ بَلْ هُوَ قُرْآنٌ مَّجِيدٌ |
| އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރްއާނެވެ. |
| ﴿22﴾ فِي لَوْحٍ مَّحْفُوظٍ |
| އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރްއާނެވެ. |
|