×
ޤުރުއާން
ފަހަތަށް
الفجر ކުރިއަށް
﴿1﴾ وَالْفَجْرِ
ފަތިސް ގަންދެއްވަމެވެ.
﴿2﴾ وَلَيَالٍ عَشْرٍ
އަދި ދިހަ ރޭ ގަންދެއްވަމެވެ.
﴿3﴾ وَالشَّفْعِ وَالْوَتْرِ
އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ.
﴿4﴾ وَاللَّيْلِ إِذَا يَسْرِ
އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ.
﴿5﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ
ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ.
﴿6﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޢާދު ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟
﴿7﴾ إِرَمَ ذَاتِ الْعِمَادِ
އެއީ ތަނބުތަކުގެ ވެރި، އިރަމެވެ ކިއުނު ރަށުގެ އަހުލުވެރިންނެވެ.
﴿8﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ
އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ.
﴿9﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ
އަދި ޘަމޫދު ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ.
﴿10﴾ وَفِرْعَوْنَ ذِي الْأَوْتَادِ
އަދި ލަޝްކަރުތަކުގެ ވެރި ފިރްޢައުނާ މެދުގައިވެސްމެއެވެ.
﴿11﴾ الَّذِينَ طَغَوْا فِي الْبِلَادِ
އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ.
﴿12﴾ فَأَكْثَرُوا فِيهَا الْفَسَادَ
ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ.
﴿13﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޛާބުގެ ބާވަތްތައް އޮއްސެވިއެވެ.
﴿14﴾ إِنَّ رَبَّكَ لَبِالْمِرْصَادِ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.
﴿15﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ
ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ އިމްތިޙާނު ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް ނިޢުމަތް ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ.
﴿16﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ
އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ އިމްތިޙާނު ކުރައްވައި، އަދި އޭނާގެ ރިޒްޤު ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ.
﴿17﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ.
﴿18﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ
އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ.
﴿19﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا
އަދި (ޙަރާމެއް ޙަލާލެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ.
﴿20﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا
އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.
﴿21﴾ كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ.
﴿22﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި މަލާއިކަތުން ސަފުސަފަށް ވަޑައިގަންނަވާނެތެވެ.
﴿23﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ
އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟
﴿24﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي
އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ޙާޔާތަށްޓަކައި (ހެޔޮ) ޢަމަލެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟
﴿25﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ
ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ ޢަޛާބެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ.
﴿26﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ
އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ.
﴿27﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ!
﴿28﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً
ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ!
﴿29﴾ فَادْخُلِي فِي عِبَادِي
ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ!
﴿30﴾ وَادْخُلِي جَنَّتِي
އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!
ފަހަތަށް
ކުރިއަށް