|
| ﴿1﴾ لَا أُقْسِمُ بِهَٰذَا الْبَلَدِ |
| ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. |
| ﴿2﴾ وَأَنتَ حِلٌّ بِهَٰذَا الْبَلَدِ |
| ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. |
| ﴿3﴾ وَوَالِدٍ وَمَا وَلَدَ |
| އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: އާދަމުގެފާނާއި އާދަމުގެ ދަރިންނެވެ.) |
| ﴿4﴾ لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ |
| ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ. |
| ﴿5﴾ أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ |
| އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
| ﴿6﴾ يَقُولُ أَهْلَكْتُ مَالًا لُّبَدًا |
| އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން ޚަރަދު ކޮށް ނެތިކޮށްފީމެވެ. |
| ﴿7﴾ أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ |
| އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
| ﴿8﴾ أَلَمْ نَجْعَل لَّهُ عَيْنَيْنِ |
| ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
| ﴿9﴾ وَلِسَانًا وَشَفَتَيْنِ |
| ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
| ﴿10﴾ وَهَدَيْنَاهُ النَّجْدَيْنِ |
| އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. |
| ﴿11﴾ فَلَا اقْتَحَمَ الْعَقَبَةَ |
| ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟ |
| ﴿12﴾ وَمَا أَدْرَاكَ مَا الْعَقَبَةُ |
| ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿13﴾ فَكُّ رَقَبَةٍ |
| (އެއީ) އަޅަކު މިނިވަންކުރުމެވެ. |
| ﴿14﴾ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ |
| ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ. |
| ﴿15﴾ يَتِيمًا ذَا مَقْرَبَةٍ |
| ގާތްތިމާގެ ޔަތީމަކަށެވެ. |
| ﴿16﴾ أَوْ مِسْكِينًا ذَا مَتْرَبَةٍ |
| ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ. |
| ﴿17﴾ ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ |
| ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙްމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ. |
| ﴿18﴾ أُولَٰئِكَ أَصْحَابُ الْمَيْمَنَةِ |
| ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ. |
| ﴿19﴾ وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ |
| އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. |
| ﴿20﴾ عَلَيْهِمْ نَارٌ مُّؤْصَدَةٌ |
| އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ. |
|