|
| ﴿1﴾ أَلَمْ نَشْرَحْ لَكَ صَدْرَكَ |
| ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ |
| ﴿2﴾ وَوَضَعْنَا عَنكَ وِزْرَكَ |
| އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ. |
| ﴿3﴾ الَّذِي أَنقَضَ ظَهْرَكَ |
| އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. |
| ﴿4﴾ وَرَفَعْنَا لَكَ ذِكْرَكَ |
| އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. |
| ﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا |
| ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. |
| ﴿6﴾ إِنَّ مَعَ الْعُسْرِ يُسْرًا |
| ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. |
| ﴿7﴾ فَإِذَا فَرَغْتَ فَانصَبْ |
| ފަހެ، ކަލޭގެފާނު (ދީނަށް ގޮވައިލެއްވުމުގެ މަސައްކަތުން) އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު (އަޅުކަން ކުރެއްވުމުގައި) ވަރުބަލިވެ ވަޑައިގަންނަވާށެވެ! |
| ﴿8﴾ وَإِلَىٰ رَبِّكَ فَارْغَب |
| އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! |
|