×
ޤުރުއާން
ފަހަތަށް
الضحى ކުރިއަށް
﴿1﴾ وَالضُّحَىٰ
ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.
﴿2﴾ وَاللَّيْلِ إِذَا سَجَىٰ
އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
﴿3﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.
﴿4﴾ وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ
އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ.
﴿5﴾ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ
އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.
﴿6﴾ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ
ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.
﴿7﴾ وَوَجَدَكَ ضَالًّا فَهَدَىٰ
އަދި ކަލޭގެފާނު ޙާއިރާން ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.
﴿8﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ
އަދި ފަޤީރަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.
﴿9﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ
ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!
﴿10﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ
އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!
﴿11﴾ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ
އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!
ފަހަތަށް
ކުރިއަށް