×
ޤުރުއާން
ފަހަތަށް
الحاقة ކުރިއަށް
﴿1﴾ الْحَاقَّةُ
ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހެވެ.
﴿2﴾ مَا الْحَاقَّةُ
ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
﴿3﴾ وَمَا أَدْرَاكَ مَا الْحَاقَّةُ
ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿4﴾ كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ
ޘަމޫދު ބާގައިމީހުންނާއި، ޢާދު ބާގައިމީހުން ޤިޔާމަތް ދުވަސް ދޮގުކުރޫއެވެ.
﴿5﴾ فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ
ފަހެ، ޘަމޫދު ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ.
﴿6﴾ وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
އަދި ޢާދު ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ.
﴿7﴾ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ.
﴿8﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ
ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟
﴿9﴾ وَجَاءَ فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ
އަދި ފިރްޢައުނާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ.
﴿10﴾ فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً
ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ ޢަޛާބުގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ.
﴿11﴾ إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ
ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.
﴿12﴾ لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ
އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ.
﴿13﴾ فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ
ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ.
﴿14﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً
އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ.
﴿15﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ
ފަހެ، އެދުވަހުން ޤިޔާމަތްވާ ހުށްޓެވެ.
﴿16﴾ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ
އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ.
﴿17﴾ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ
އަދި މަލާއިކަތުން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރްޝުފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް މަލާއިކަތުންނެވެ.
﴿18﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
އެދުވަހުން (ޙިސާބު ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ.
﴿19﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!
﴿20﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ
ހަމަކަށަވަރުން، ތިމަންގެ ޙިސާބު ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް ޔަޤީން ވިއެވެ.
﴿21﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ
ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.
﴿22﴾ فِي جَنَّةٍ عَالِيَةٍ
މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.
﴿23﴾ قُطُوفُهَا دَانِيَةٌ
އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.
﴿24﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ
(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.
﴿25﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟
﴿26﴾ وَلَمْ أَدْرِ مَا حِسَابِيَهْ
އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ!
﴿27﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ
އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!
﴿28﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ
ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
﴿29﴾ هَلَكَ عَنِّي سُلْطَانِيَهْ
ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.
﴿30﴾ خُذُوهُ فَغُلُّوهُ
(ޒަބާނިއްޔަ މަލާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!
﴿31﴾ ثُمَّ الْجَحِيمَ صَلُّوهُ
ދެން އޭނާ ނަރަކަޔަށް ވައްދާށެވެ!
﴿32﴾ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ
ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!
﴿33﴾ إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ
ހަމަކަށަވަރުން، އޭނާ މާތް ﷲއަށް އީމާން ވާކަމުގައެއް ނުވެއެވެ.
﴿34﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ.
﴿35﴾ فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ
ފަހެ، މިއަދު މިތާކު އޭނާއަކަށް ރަޙްމަތްތެރިޔަކު ނުވެއެވެ.
﴿36﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ
އަދި ޣިސްލީނު މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ.
﴿37﴾ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ
ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.
﴿38﴾ فَلَا أُقْسِمُ بِمَا تُبْصِرُونَ
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿39﴾ وَمَا لَا تُبْصِرُونَ
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ.
﴿40﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު ﷲގެ ޙަޟްރަތުން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.
﴿41﴾ وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ
އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން އީމާން ވަނީ ވަރަށްވެސް ކުޑަކޮށެވެ.
﴿42﴾ وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ
އަދި އެއީ ކާހިނެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
﴿43﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ
(އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.
﴿44﴾ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ.
﴿45﴾ لَأَخَذْنَا مِنْهُ بِالْيَمِينِ
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ.
﴿46﴾ ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ
ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ.
﴿47﴾ فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ
ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ ޢަޛާބުން ދުރެއްނުކުރެވޭނެތެވެ.
﴿48﴾ وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ
ހަމަކަށަވަރުން، އެ ޤުރްއާނަކީ، ތަޤްވާވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.
﴿49﴾ وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
﴿50﴾ وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ
އަދި ހަމަކަށަވަރުން، އެ ޤުރްއާނަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ.
﴿51﴾ وَإِنَّهُ لَحَقُّ الْيَقِينِ
އަދި ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ.
﴿52﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!
ފަހަތަށް
ކުރިއަށް