×
ޤުރުއާން
ފަހަތަށް
الإنشقاق ކުރިއަށް
﴿1﴾ إِذَا السَّمَاءُ انشَقَّتْ
އުޑުފަޅަފަޅައިގެންދާ ހިނދެވެ.
﴿2﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ
އަދި އެ އުޑުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން ޙައްޤު ވެގެންވެއެވެ.
﴿3﴾ وَإِذَا الْأَرْضُ مُدَّتْ
އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ.
﴿4﴾ وَأَلْقَتْ مَا فِيهَا وَتَخَلَّتْ
އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.
﴿5﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ
އަދި އެ ބިމުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން ޙައްޤު ވެގެންވެއެވެ.
﴿6﴾ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ
އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.
﴿7﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!
﴿8﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބު ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބު ބައްލަވާނެތެވެ.
﴿9﴾ وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا
އަދި އުފަލުންހުރެ، އޭނާގެ އަހުލުވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.
﴿10﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ.
﴿11﴾ فَسَوْفَ يَدْعُو ثُبُورًا
ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!
﴿12﴾ وَيَصْلَىٰ سَعِيرًا
އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ.
﴿13﴾ إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا
ހަމަކަށަވަރުން، އޭނާގެ އަހުލުވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.
﴿14﴾ إِنَّهُ ظَنَّ أَن لَّن يَحُورَ
ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.
﴿15﴾ بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا
އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.
﴿16﴾ فَلَا أُقْسِمُ بِالشَّفَقِ
ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ.
﴿17﴾ وَاللَّيْلِ وَمَا وَسَقَ
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.
﴿18﴾ وَالْقَمَرِ إِذَا اتَّسَقَ
އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.
﴿19﴾ لَتَرْكَبُنَّ طَبَقًا عَن طَبَقٍ
ހަމަކަށަވަރުން، ތިޔަބައިމީހުން އެއް ޙާލަތަކަށްފަހު، އަނެއް ޙާލަތަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.
﴿20﴾ فَمَا لَهُمْ لَا يُؤْمِنُونَ
އެއުރެން އީމާން ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟
﴿21﴾ وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩
އަދި އެއުރެންނަށް ޤުރްއާން ކިޔަވައިދެވޭހިނދު، އެއުރެން ސަޖިދައެއް ނުކުރެތެވެ.
﴿22﴾ بَلِ الَّذِينَ كَفَرُوا يُكَذِّبُونَ
އަދި ކިއެއްތަ! ކާފިރުވި މީހުން (އެ ޤުރްއާން) ދޮގުކުރޫއެވެ.
﴿23﴾ وَاللَّهُ أَعْلَمُ بِمَا يُوعُونَ
އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، ﷲ ދެނެވޮޑިގަތުން ބޮޑެވެ.
﴿24﴾ فَبَشِّرْهُم بِعَذَابٍ أَلِيمٍ
ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް ޚަބަރު ދެއްވާށެވެ!
﴿25﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ
އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.
ފަހަތަށް
ކުރިއަށް