|
| ﴿1﴾ وَالشَّمْسِ وَضُحَاهَا |
| އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ. |
| ﴿2﴾ وَالْقَمَرِ إِذَا تَلَاهَا |
| އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ. |
| ﴿3﴾ وَالنَّهَارِ إِذَا جَلَّاهَا |
| އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ. |
| ﴿4﴾ وَاللَّيْلِ إِذَا يَغْشَاهَا |
| އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
| ﴿5﴾ وَالسَّمَاءِ وَمَا بَنَاهَا |
| އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿6﴾ وَالْأَرْضِ وَمَا طَحَاهَا |
| އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿7﴾ وَنَفْسٍ وَمَا سَوَّاهَا |
| އަދި ނަފްސާއި، އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿8﴾ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا |
| ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ. |
| ﴿9﴾ قَدْ أَفْلَحَ مَن زَكَّاهَا |
| އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
| ﴿10﴾ وَقَدْ خَابَ مَن دَسَّاهَا |
| އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
| ﴿11﴾ كَذَّبَتْ ثَمُودُ بِطَغْوَاهَا |
| ޘަމޫދު ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ. |
| ﴿12﴾ إِذِ انبَعَثَ أَشْقَاهَا |
| އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. |
| ﴿13﴾ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا |
| ފަހެ، އެއުރެންނަށް ﷲގެ ރަސޫލާ (އެބަހީ: ޞާލިޙުގެފާނު) ވިދާޅުވިއެވެ. ﷲގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! |
| ﴿14﴾ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا |
| ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޛާބު ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ ޢަޛާބުގައި ހަމަހަމަ ކުރެއްވިއެވެ. |
| ﴿15﴾ وَلَا يَخَافُ عُقْبَاهَا |
| އަދި އެ ޢަޛާބުގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. |
|