×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ الر ۚ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ، ﷲއެވެ.) މިއީ، (ބާވައިލެއްވި) ފޮތުގެ، އަދި ފާޅުވެ ބަޔާންވެގެންވާ ޤުރްއާނުގެ އާޔަތްތަކެވެ.
﴿٢﴾ رُّبَمَا يَوَدُّ الَّذِينَ كَفَرُوا لَوْ كَانُوا مُسْلِمِينَ ކާފިރުވި މީހުން އެއުރެންނީ މުސްލިމުންކަމުގައި ވީނަމައޭ ހިތައި އެކަމަށް ގިނަގިނައިން އެދެތެވެ.
﴿٣﴾ ذَرْهُمْ يَأْكُلُوا وَيَتَمَتَّعُوا وَيُلْهِهِمُ الْأَمَلُ ۖ فَسَوْفَ يَعْلَمُونَ އެއުރެން ކައިބޮއި، ދުނިޔޭގެ ވަގުތީ އުފާ ލިބިގަތުމަށާއި، ދޮގު އުންމީދުތައް އެއުރެން މަޝްޣޫލު ކުރުވުމަށް، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! ފަހެ (އެކަންތަކުގެ ނަތީޖާ) އެއުރެންނަށް ފަހުން އެނގޭހުށްޓެވެ.
﴿٤﴾ وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ އެ ރަށަކަށް ކަނޑައެޅި އެނގިގެންވާ މުއްދަތެއްވާ ޙާލުގައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް ރަށެއް ހަލާކެއް ނުކުރައްވަމެވެ.
﴿٥﴾ مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ އެއްވެސް އުއްމަތަކަށް، އެ އުއްމަތުގެ އަޖަލު އިހެއްނުކުރައްވާނެއެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ.
﴿٦﴾ وَقَالُوا يَا أَيُّهَا الَّذِي نُزِّلَ عَلَيْهِ الذِّكْرُ إِنَّكَ لَمَجْنُونٌ އެއުރެން ބުނެފޫއެވެ. އޭ ޤުރްއާން އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ.
﴿٧﴾ لَّوْ مَا تَأْتِينَا بِالْمَلَائِكَةِ إِن كُنتَ مِنَ الصَّادِقِينَ ކަލޭގެފާނު ތެދުބުނާމީހުންގެ ތެރެއިންވާނަމަ، ތިމަންމެންގެ ގާތަށް ކަލޭގެފާނު މަލާއިކަތުން ނުގެންނަވަނީ ކީއްވެގެންތޯއެވެ؟
﴿٨﴾ مَا نُنَزِّلُ الْمَلَائِكَةَ إِلَّا بِالْحَقِّ وَمَا كَانُوا إِذًا مُّنظَرِينَ ޙައްޤު ބަސްފުޅާއިގެން މެނުވީ، ތިމަންރަސްކަލާނގެ މަލާއިކަތުން ބާވައެއް ނުލައްވަމެވެ. އަދި އެ ހިނދު ފަސްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުވެއެވެ.
﴿٩﴾ إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ހަމަކަށަވަރުން، ޤުރްއާން ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.
﴿١٠﴾ وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِي شِيَعِ الْأَوَّلِينَ ހަމަކަށަވަރުން، އިސްވެދިޔަ އުއްމަތްތަކުގެ ތެރެއަށް ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ.
﴿١١﴾ وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ އަދި އެބޭކަލަކަށް އެއުރެން ފުރައްސާރަ ކުރާކަމުގައި ނުވާ އެއްވެސް ރަސޫލަކު އެއުރެންގެ ގާތަކަށް ވަޑައެއް ނުގަންނަވަތެވެ.
﴿١٢﴾ كَذَٰلِكَ نَسْلُكُهُ فِي قُلُوبِ الْمُجْرِمِينَ ކުށްވެރިންގެ ހިތްތަކަށް ތިމަންރަސްކަލާނގެ އެކަން ވައްދަވަނީ އެފަދައިންނެވެ.
﴿١٣﴾ لَا يُؤْمِنُونَ بِهِ ۖ وَقَدْ خَلَتْ سُنَّةُ الْأَوَّلِينَ އެއުރެން އެކަލޭގެފާނަކަށް އީމާނެއް ނުވާނެތެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ.
﴿١٤﴾ وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ السَّمَاءِ فَظَلُّوا فِيهِ يَعْرُجُونَ އެއުރެންނަށް ތިމަންރަސްކަލާނގެ އުޑުން ދޮރެއް ހުޅުއްވައިދެއްވައި، އެ ދޮރުން އެއުރެން (އުޑަށް) އަރައަރާތިބި ކަމުގައިވީނަމަވެސް ހަމަކަށަވަރުން، ތިމަންމެންގެ ލޯތައްވަނީ މަސްތުކުރައްވާފައޭ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަދި ކިއެއްތަ! ތިމަންމެންނީ ޖާދޫގައި ޖެހިފައިވާ ބަޔެކެވެ.
﴿١٥﴾ لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ އެއުރެންނަށް ތިމަންރަސްކަލާނގެ އުޑުން ދޮރެއް ހުޅުއްވައިދެއްވައި، އެ ދޮރުން އެއުރެން (އުޑަށް) އަރައަރާތިބި ކަމުގައިވީނަމަވެސް ހަމަކަށަވަރުން، ތިމަންމެންގެ ލޯތައްވަނީ މަސްތުކުރައްވާފައޭ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަދި ކިއެއްތަ! ތިމަންމެންނީ ޖާދޫގައި ޖެހިފައިވާ ބަޔެކެވެ.
﴿١٦﴾ وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އުޑުގައި ބުރުޖުތަކެއް ލެއްވީމެވެ. އަދި ބަލާ މީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އެ އުޑު ޒީނަތްތެރިކުރެއްވީމެވެ.
﴿١٧﴾ وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ އަދި ﷲގެ ރަޙްމަތުން ބޭރުކުރައްވާފައިވާ ކޮންމެ ޝައިޠާނެއްގެ ކިބައިން، ތިމަންރަސްކަލާނގެ އެ އުޑު ރައްކާތެރި ކުރެއްވީމެވެ.
﴿١٨﴾ إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ އެހުމުން ވައްކަންކުޅަ ޝައިޠާނަކު މެނުވީއެވެ. ފަހެ، ފާޅުވެގެންވާ ގިނިހިލައެއް އެ ޝައިޠާނެއްގެ ފަހަތުން އަންނަހުށްޓެވެ.
﴿١٩﴾ وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ.
﴿٢٠﴾ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ އަދި ތިޔަބައިމީހުންނަށްޓަކައްޔާއި، އެ ތަކެއްޗަށް ތިޔަބައިމީހުން ރިޒްޤު ދޭ ކަމުގައި ނުވާ ތަކެއްޗަށްޓަކައި، ދިރިއުޅުމުގެ ވަސީލަތްތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ.
﴿٢١﴾ وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ އެ އެއްޗެއްގެ ޚަޒާނާތައް ތިމަންރަސްކަލާނގެ ޙަޟްރަތުގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމެވެ.
﴿٢٢﴾ وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) ތަލްޤީޙް ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް ޚަޒާނާ ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ.
﴿٢٣﴾ وَإِنَّا لَنَحْنُ نُحْيِي وَنُمِيتُ وَنَحْنُ الْوَارِثُونَ އަދި ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންރަސްކަލާނގެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)
﴿٢٤﴾ وَلَقَدْ عَلِمْنَا الْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا الْمُسْتَأْخِرِينَ އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ކުރީގެ (ޖީލުތަކުގެ) މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ހަމަކަށަވަރުން، ފަހުން އަންނާނޭ މީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
﴿٢٥﴾ وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެން މަޙްޝަރަށް ފޮނުއްވާ ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٢٦﴾ وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.
﴿٢٧﴾ وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ.
﴿٢٨﴾ وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.
﴿٢٩﴾ فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާހުށިކަމެވެ!
﴿٣٠﴾ فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ ފަހެ، މަލާއިކަތުން އެ އެންމެން އެކުގައި ސަޖިދަ ކުރައްވައިފޫއެވެ.
﴿٣١﴾ إِلَّا إِبْلِيسَ أَبَىٰ أَن يَكُونَ مَعَ السَّاجِدِينَ އިބްލީސް މެނުވީއެވެ. ސަޖިދަ ކުރި މަލާއިކަތުންނާ އެކުގައިވުމަށް އިބްލީސް ނުރުހި، އެކަމުން މަނާވެގެންފިއެވެ.
﴿٣٢﴾ قَالَ يَا إِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ السَّاجِدِينَ އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ އިބްލީސްއެވެ! ސަޖިދަ ކުރި މަލާއިކަތުންނާ އެކުގައި ނުވުމަށް ކަލޭގެއަށް މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟
﴿٣٣﴾ قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ އެކަލޭގެ ދެންނެވިއެވެ. ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް ސަޖިދަ ކުރާކަށް ތިމަން ނެތީމެވެ.
﴿٣٤﴾ قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، ރަޙްމަތުން ބޭރުކުރައްވާފައެވެ.
﴿٣٥﴾ وَإِنَّ عَلَيْكَ اللَّعْنَةَ إِلَىٰ يَوْمِ الدِّينِ އަދި ހަމަކަށަވަރުން، ޤިޔާމަތް ދުވަހަށް ދާނދެން ކަލޭގެ މައްޗަށް ލަޢުނަތް ހުށްޓެވެ.
﴿٣٦﴾ قَالَ رَبِّ فَأَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި މަޙްޝަރަށް) ފޮނުއްވާނޭ ދުވަހަށް ދާނދެން ތިމަން އަޅާޔަށް މުހުލަތް ދެއްވާނދޭވެ!
﴿٣٧﴾ قَالَ فَإِنَّكَ مِنَ الْمُنظَرِينَ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، މުހުލަތް ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.
﴿٣٨﴾ إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.
﴿٣٩﴾ قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.
﴿٤٠﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ ޚިޔާރު ކުރައްވާފައިވާ މީހުން މެނުވީއެވެ.
﴿٤١﴾ قَالَ هَٰذَا صِرَاطٌ عَلَيَّ مُسْتَقِيمٌ އެކަލާނގެ ވަޙީ ކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ ޙަޟްރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ.
﴿٤٢﴾ إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބަޢަވާ މީހުން މެނުވީއެވެ.
﴿٤٣﴾ وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެންނަށް ﷲ ވަޢުދު ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ.
﴿٤٤﴾ لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ.
﴿٤٥﴾ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ހަމަކަށަވަރުން، ތަޤްވާވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ.
﴿٤٦﴾ ادْخُلُوهَا بِسَلَامٍ آمِنِينَ (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ ޙާލު އެތަނަށް ވަންނާށެވެ!
﴿٤٧﴾ وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ ޙަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ.
﴿٤٨﴾ لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.
﴿٤٩﴾ ۞ نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ!
﴿٥٠﴾ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު އެއީ، ވޭންދެނިވި ޢަޛާބެއް ކަމަށްވެސްމެއެވެ.
﴿٥١﴾ وَنَبِّئْهُمْ عَن ضَيْفِ إِبْرَاهِيمَ އަދި އިބްރާހީމުގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގެފާނު އެބައިމީހުންނަށް ކިޔައިދެއްވާށެވެ!
﴿٥٢﴾ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا قَالَ إِنَّا مِنكُمْ وَجِلُونَ އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދެވެ. އެ ހިނދު އެއުރެން ދެންނެވޫއެވެ. ސަލާމް ހުށްޓެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންދެކެ ބިރުގަނެތެވެ.
﴿٥٣﴾ قَالُوا لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَامٍ عَلِيمٍ އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ޢިލްމުވެރި ދަރިކަލަކު، ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންމެން ކަލޭގެފާނަށް ދެމުއެވެ.
﴿٥٤﴾ قَالَ أَبَشَّرْتُمُونِي عَلَىٰ أَن مَّسَّنِيَ الْكِبَرُ فَبِمَ تُبَشِّرُونَ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މުސްކުޅިވީހިނދު، ތިޔަބައިމީހުން އުފާވެރިކަމުގެ ޚަބަރު ތިމަންނާއަށް ދެނީހެއްޔެވެ؟ އުފާވެރިކަމުގެ ޚަބަރު ތިޔަބައިމީހުން ތިޔަދެނީ ފަހެ، ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟
﴿٥٥﴾ قَالُوا بَشَّرْنَاكَ بِالْحَقِّ فَلَا تَكُن مِّنَ الْقَانِطِينَ އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު މިދިނީ، ޙައްޤު ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑާލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
﴿٥٦﴾ قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ ރަޙްމަތާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟
﴿٥٧﴾ قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ މަލާއިކަތުންނޭވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
﴿٥٨﴾ قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ ކުށްވެރި ޤައުމެއްގެ މީހުންގެ ގާތަށެވެ.
﴿٥٩﴾ إِلَّا آلَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ ލޫޠުގެފާނުގެ އަހުލުވެރިން މެނުވީއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާ ހުށީމުއެވެ.
﴿٦٠﴾ إِلَّا امْرَأَتَهُ قَدَّرْنَا ۙ إِنَّهَا لَمِنَ الْغَابِرِينَ އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، ޢަޛާބުގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
﴿٦١﴾ فَلَمَّا جَاءَ آلَ لُوطٍ الْمُرْسَلُونَ ފަހެ، ފޮނުއްވާފައިވާ މަލާއިކަތުން ލޫޠުގެފާނުގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.
﴿٦٢﴾ قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ ފަހެ، ފޮނުއްވާފައިވާ މަލާއިކަތުން ލޫޠުގެފާނުގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.
﴿٦٣﴾ قَالُوا بَلْ جِئْنَاكَ بِمَا كَانُوا فِيهِ يَمْتَرُونَ އެބޭކަލުން ދެންނެވޫއެވެ. އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމާމެދު ޝައްކު ކޮށްއުޅުނު ކަންތަކާއިގެންނެވެ.
﴿٦٤﴾ وَأَتَيْنَاكَ بِالْحَقِّ وَإِنَّا لَصَادِقُونَ އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، ޙައްޤު ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ.
﴿٦٥﴾ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَاتَّبِعْ أَدْبَارَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَامْضُوا حَيْثُ تُؤْمَرُونَ ފަހެ، ކަލޭގެފާނުގެ އަހުލުވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ!
﴿٦٦﴾ وَقَضَيْنَا إِلَيْهِ ذَٰلِكَ الْأَمْرَ أَنَّ دَابِرَ هَٰؤُلَاءِ مَقْطُوعٌ مُّصْبِحِينَ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެކަންތައް ނިޔާކުރައްވައި އެންގެވީމެވެ. (އެއީ) ހަމަށަވަރުން، އެއުރެންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ.
﴿٦٧﴾ وَجَاءَ أَهْلُ الْمَدِينَةِ يَسْتَبْشِرُونَ (އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ ޙާލު، ރަށުގެ އަހުލުވެރިން އައޫއެވެ.
﴿٦٨﴾ قَالَ إِنَّ هَٰؤُلَاءِ ضَيْفِي فَلَا تَفْضَحُونِ އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނަކީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން ފަޟީޙަތް ނުކުރާށެވެ!
﴿٦٩﴾ وَاتَّقُوا اللَّهَ وَلَا تُخْزُونِ އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ!
﴿٧٠﴾ قَالُوا أَوَلَمْ نَنْهَكَ عَنِ الْعَالَمِينَ އެއުރެން ދެންނެވޫއެވެ. (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟
﴿٧١﴾ قَالَ هَٰؤُلَاءِ بَنَاتِي إِن كُنتُمْ فَاعِلِينَ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، ޝަރުޢީ ހަމަތަކުން ކާވެނިވުމަށް) ތިމަންގެ އަންހެންދަރިން (އެބަހީ: ޤައުމުގެ އަންހެންދަރިން) މިތިބީއެވެ.
﴿٧٢﴾ لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ ކަލޭގެފާނުގެ ޙާޔާތްޕުޅު ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، ޙާއިރާންވެ، ދެފުށުއެޅޭ ޙާލުގައެވެ.
﴿٧٣﴾ فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.
﴿٧٤﴾ فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ.
﴿٧٥﴾ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
﴿٧٦﴾ وَإِنَّهَا لَبِسَبِيلٍ مُّقِيمٍ އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ.
﴿٧٧﴾ إِنَّ فِي ذَٰلِكَ لَآيَةً لِّلْمُؤْمِنِينَ ހަމަކަށަވަރުން، އެކަމުގައި މުއުމިނުތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ.
﴿٧٨﴾ وَإِن كَانَ أَصْحَابُ الْأَيْكَةِ لَظَالِمِينَ އަދި ހަމަކަށަވަރުން، އަލްއައިކަތުގެ އަހުލުވެރިން، އަނިޔާވެރި ބަޔަކު ކަމުގައިވީކަން ކަށަވަރެވެ.
﴿٧٩﴾ فَانتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ހަމަކަށަވަރުން، އެ ދެރަށް (އެބަހީ: ލޫޠު ބާގައިމީހުންގެ ރަށާއި އަލްއައިކަތުގެރަށް) ވަނީ ބަޔާންވެ އެނގިގެންވާ މަގެއްގައިކަން ކަށަވަރެވެ.
﴿٨٠﴾ وَلَقَدْ كَذَّبَ أَصْحَابُ الْحِجْرِ الْمُرْسَلِينَ ހަމަކަށަވަރުން، ޙިޖްރުގެ އަހުލުވެރިން (އެބަހީ: ޘަމޫދު ބާގައިމީހުން) ރަސޫލުން ދޮގުކުޅައޫއެވެ.
﴿٨١﴾ وَآتَيْنَاهُمْ آيَاتِنَا فَكَانُوا عَنْهَا مُعْرِضِينَ އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ، އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.
﴿٨٢﴾ وَكَانُوا يَنْحِتُونَ مِنَ الْجِبَالِ بُيُوتًا آمِنِينَ އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ.
﴿٨٣﴾ فَأَخَذَتْهُمُ الصَّيْحَةُ مُصْبِحِينَ ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.
﴿٨٤﴾ فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ ފަހެ، އެއުރެން ހޯދައި އުޅުނު ޢަމަލުތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ.
﴿٨٥﴾ وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، ޙައްޤު ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!
﴿٨٦﴾ إِنَّ رَبَّكَ هُوَ الْخَلَّاقُ الْعَلِيمُ ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿٨٧﴾ وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް އާޔަތާއި، މާތްކަން ބޮޑުވެގެންވާ ޤުރްއާން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ.
﴿٨٨﴾ لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ އެއުރެންގެތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި މުއުމިނުންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)
﴿٨٩﴾ وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކީމެވެ.
﴿٩٠﴾ كَمَا أَنزَلْنَا عَلَى الْمُقْتَسِمِينَ ބައިބައިކުޅަ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ (ޢަޛާބު) ބާވައިލެއްވި ފަދައިންނެވެ.
﴿٩١﴾ الَّذِينَ جَعَلُوا الْقُرْآنَ عِضِينَ އެއުރެންނަކީ، ޤުރްއާން އެއީ، ވަކިވަކިވެގެންވާ ބައިތަކެއްކަމުގައި ހެދި މީހުންނެވެ.
﴿٩٢﴾ فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާނގެ އެއުރެން އެންމެންނާ ސުއާލު ކުރައްވާ ހުށީމެވެ!
﴿٩٣﴾ عَمَّا كَانُوا يَعْمَلُونَ އެއުރެން ކޮށްއުޅުނު ޢަމަލުތަކާ މެދުގައެވެ.
﴿٩٤﴾ فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ފަހެ، ކަލޭގެފާނަށް އަމުރު ކުރައްވާގޮތަށް، ފާޅުގައި ދީނަށް ގޮވައިލައްވާށެވެ! އަދި ޝަރީކު ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
﴿٩٥﴾ إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!
﴿٩٦﴾ الَّذِينَ يَجْعَلُونَ مَعَ اللَّهِ إِلَٰهًا آخَرَ ۚ فَسَوْفَ يَعْلَمُونَ އެއުރެންނަކީ، ﷲއާއެކު އެހެން އިލާހަކުލައި، ޝަރީކު ކޮށް އުޅުނު މީހުންނެވެ. ނިކަންހުރެ އެއުރެންނަށް އެނގޭހުށްޓެވެ.
﴿٩٧﴾ وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
﴿٩٨﴾ فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ސަޖިދަ ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
﴿٩٩﴾ وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީން ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (02-05-2024)
އިމްސާކް04:19  
ފަތިސް04:39  
އިރުއަރާ05:54  
މެންދުރު12:07  
އަޞްރު15:23  
މަޣްރިބް18:13  
ޢިޝާ19:27  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (02-05-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (02-05-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (02-05-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ