×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ إِذَا الشَّمْسُ كُوِّرَتْ އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
﴿٢﴾ وَإِذَا النُّجُومُ انكَدَرَتْ އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
﴿٣﴾ وَإِذَا الْجِبَالُ سُيِّرَتْ އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
﴿٤﴾ وَإِذَا الْعِشَارُ عُطِّلَتْ އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
﴿٥﴾ وَإِذَا الْوُحُوشُ حُشِرَتْ އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
﴿٦﴾ وَإِذَا الْبِحَارُ سُجِّرَتْ އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
﴿٧﴾ وَإِذَا النُّفُوسُ زُوِّجَتْ އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.
﴿٨﴾ وَإِذَا الْمَوْءُودَةُ سُئِلَتْ އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުއާލު ކުރައްވާ ހިނދެވެ.
﴿٩﴾ بِأَيِّ ذَنبٍ قُتِلَتْ އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
﴿١٠﴾ وَإِذَا الصُّحُفُ نُشِرَتْ އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ.
﴿١١﴾ وَإِذَا السَّمَاءُ كُشِطَتْ އަދި އުޑު ގެންދަވާ ހިނދެވެ.
﴿١٢﴾ وَإِذَا الْجَحِيمُ سُعِّرَتْ އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.
﴿١٣﴾ وَإِذَا الْجَنَّةُ أُزْلِفَتْ އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.
﴿١٤﴾ عَلِمَتْ نَفْسٌ مَّا أَحْضَرَتْ ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ޙާޟިރުކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
﴿١٥﴾ فَلَا أُقْسِمُ بِالْخُنَّسِ ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
﴿١٦﴾ الْجَوَارِ الْكُنَّسِ ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
﴿١٧﴾ وَاللَّيْلِ إِذَا عَسْعَسَ އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
﴿١٨﴾ وَالصُّبْحِ إِذَا تَنَفَّسَ އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.
﴿١٩﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.
﴿٢٠﴾ ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ ޢަރްޝުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.
﴿٢١﴾ مُّطَاعٍ ثَمَّ أَمِينٍ އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.
﴿٢٢﴾ وَمَا صَاحِبُكُم بِمَجْنُونٍ އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: މުޙައްމަދުގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.
﴿٢٣﴾ وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: ޖިބްރީލުގެފާނު) ދެކެވަޑައިގަތެވެ.
﴿٢٤﴾ وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ އަދި ޣައިބުގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ނުވެއެވެ.
﴿٢٥﴾ وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ އަދި ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނެއްގެ ބަސްކަމުގައިވެސް އެ ޤުރްއާން ނުވެއެވެ.
﴿٢٦﴾ فَأَيْنَ تَذْهَبُونَ ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
﴿٢٧﴾ إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ޢާލަމްތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ.
﴿٢٨﴾ لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
﴿٢٩﴾ وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (02-05-2024)
އިމްސާކް04:19  
ފަތިސް04:39  
އިރުއަރާ05:54  
މެންދުރު12:07  
އަޞްރު15:23  
މަޣްރިބް18:13  
ޢިޝާ19:27  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (02-05-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (02-05-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (02-05-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ