×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ وَالسَّمَاءِ وَالطَّارِقِ އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ.
﴿٢﴾ وَمَا أَدْرَاكَ مَا الطَّارِقُ އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿٣﴾ النَّجْمُ الثَّاقِبُ އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ.
﴿٤﴾ إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ އެއްވެސް ނަފްސެއް، އެ ނަފްސެއްގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތަކު ނެތިއެއް ނުވެއެވެ.
﴿٥﴾ فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!
﴿٦﴾ خُلِقَ مِن مَّاءٍ دَافِقٍ އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
﴿٧﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
﴿٨﴾ إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
﴿٩﴾ يَوْمَ تُبْلَى السَّرَائِرُ ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ.
﴿١٠﴾ فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވެއެވެ.
﴿١١﴾ وَالسَّمَاءِ ذَاتِ الرَّجْعِ ވާރޭވެއްސާ އުޑު ގަންދެއްވަމެވެ.
﴿١٢﴾ وَالْأَرْضِ ذَاتِ الصَّدْعِ އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ.
﴿١٣﴾ إِنَّهُ لَقَوْلٌ فَصْلٌ ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޙައްޤާއި، ބާޠިލު ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ.
﴿١٤﴾ وَمَا هُوَ بِالْهَزْلِ އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ ޤުރްއާން ނުވެއެވެ.
﴿١٥﴾ إِنَّهُمْ يَكِيدُونَ كَيْدًا ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ.
﴿١٦﴾ وَأَكِيدُ كَيْدًا އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.
﴿١٧﴾ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ފަހެ، ކާފިރުންނަށް ކަލޭގެފާނު މުހުލަތެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (02-05-2024)
އިމްސާކް04:19  
ފަތިސް04:39  
އިރުއަރާ05:54  
މެންދުރު12:07  
އަޞްރު15:23  
މަޣްރިބް18:13  
ޢިޝާ19:27  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (02-05-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (02-05-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (02-05-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ