×
ބަހުގެ ޤަވާޢިދު
ހޯމް ޕޭޖަށް
ހައްދަވާ
×

ބަސް

ދިވެހިބަހުގެ ބައިތައް

ދިވެހިބަސް އެކުލެވިގެންވަނީ 8 ބައެއްގެ މައްޗަށެވެ. ބަސްތައް ބައިބަޔަށް ބެހެނީ ޖުމްލައިގައި އެލަފުޒެއް ކޮށްދޭ މަސައްކަތަކާ ގުޅޭ ގޮތުންނެވެ. އެބައި ތަކަކީ:

  1. ނަން
  2. ކަން
  3. ނަންއިތުރު
  4. ކަންއިތުރު
  5. މަސްދަރު
  6. ނަން އިތުރުގެ ނަން
  7. އިތުރު
  8. އަކުރު
  1. ނަން
    ނަމަކީ އެބަހަކުން އެއީ މީހެއްކަން، ތަނެއްކަން، ނުވަތަ އެއްޗެއްކަން، އަންގައިދޭ ކޮންމެ ބަހެކެވެ.
    މިސާލަކަށް: ބުޅާ، ހުސައިން، ކަމަނަ، ފޮތް، މަގު، އަތިރިމަތި.

  2. ކަން
    ކަމަކީ ވޭތުވެދިޔަ ޒަމާނުގައި ހިނގައިފައިވާ ކަމެއް، ނުވަތަ މިހާރު ހިނގާކަމެއް، ނުވަތަ އަންނަން އޮތް ޒަމާނުގައި ހިނގާނެ ނުވަތަ ހިނގާފާނެ ކަމެއް ދޭހަކޮށްދޭ ކޮންމެ ބަހެކެވެ.
    މިސާލަކަށް: ބުނެފި، ހިނގައްޖެ، ކަނީ، ކުޅެނީ، ދާނެ، އަންނާނެ، މޮލުވެދާނެ، ޖަހާފާނެ.

  3. ނަންއިތުރު
    ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް، ގެނެސްދޭ ކޮންމެ ބަހެކެވެ.
    މިސާލަކަށް: ރީތި މަންޒަރެއް، ހަރުދަނާ މީހެއް، ކުޑަ ކުއްޖެއް، ބޭނުންތެރި ފޮތެއް.
    މި މިސާލު ތަކުގައި "މަންޒަރެއް"، "މީހެއް"، "ކުއްޖެއް"، "ފޮތެއް"، މިއިން ކޮންމެ ލަފްޒަކީ ނަމެކެވެ. އެނަން ތަކަށް އިތުރު ސިފަތަކެއް ނުވަތަ އިތުރު ބަޔާންތަކެއް ގެނެސްދެނީ ރީތި، ހަރުދަނާ، ކުޑަ، ބޭނުންތެރި މިބަސްތަކެވެ. ވީމާ މިއިން ކޮންމެ ބަހަކީ ނަންއިތުރެކެވެ.

  4. ކަންއިތުރު
    ކަންއިތުރަކީ، ހިނގި، ހިނގާ، ހިނގާނެ، ނުވަތަ ހިނގާފާނެ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.
    މިސާލަކަށް: މަޑުން ފަލިޖަހައިފި، މީރުކޮށް ކައްކައިގެން، ބާރަށް ދުވަމުން، އަވަހަށް އަންނާނެ.
    މި މިސާލުތަކުގައި "ފަލިޖަހައިފި"، "ކައްކައިގެން"، " ދުވަމުން"، " އަންނާނެ"، މި އިން ކޮންމެ ބަހަކީ ކަމެކެވެ. އެކަންތައް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދެނީ، މަޑުން، މީރުކޮށް، ބާރަށް، އަވަހަށް، މިބަސްތަކެވެ. ވީމާ މިއިން ކޮންމެ ބަހަކީ ކަންއިތުރެކެވެ.

  5. މަސްދަރު
    މަސްދަރަކީ، ކަން އުފެދުމުގެ އަސްލެވެ.
    މިސާލަކަށް: އައުން، ކިޔުން، ނެށުން މިއެވެ.
    މިތިން މަސްދަރަކީ، އާދޭއޭ، ކިޔައޭ، ނަށައޭ، މިކަންކަން އުފެދުމުގެ އަސްލެވެ.

  6. ނަންއިތުރުގެ ނަން
    ނަންއިތުރުގެ ނަމަކީ، ނަންއިތުރަކުން އުފައްދާފައިވާ ނަމަކެވެ.
    މިސާލަކަށް: ހޫނުކަން، އަލިކަން، ރީތިކަން މިއެވެ.
    މިތިން ބަހަކީ "ހޫނު"، "އަލި". "ރީތި"، މިތިން ނަންއިތުރުން އުފައްދާފައިވާ ތިންންމެކެވެ.

  7. އިތުރު
    އިތުރަކީ، ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.
    މިސާލަކަށް: ވަރަށް، ހާދަ، ނުހަނު، ނުލާހިކު.
    1. އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ.
    2. ރޮކެޓަކީ ހާދަ ބާރަށް ދަތުރުކުރާ އެއްޗެކެވެ.
    3. ޔޫސުފަކީ ނުހަނު އިޚްލާސްތެރި ކުއްޖެކެވެ.
    4. އަހަރެން އޭނާއަށް ނުލާހިކު ސާފުކޮށް ކިޔައިދިނީމެވެ.
    އެއްވަނަ ޖުމްލައިގައި ވަރަށް ދޭހަކޮށްދެނީ އޭނަގެ ހުރި ރަނގަޅު ކަމުގެ ދަރަޖައެވެ. ތިންވަނަ ޖުމްޅައިގައި ނުހަނު ދޭހަކޮށްދެނީ ޔޫސުފުގެ ހުރި އިޚްލާސްތެރި ކަމުގެ ދަރަޖައެވެ. މި ދެ ޖުމްލައިގައި ވަރަށް، ނުހަނު މިދެބަސްކޮށްދޭ ކަމަކީ ނަން އިތުރަކަށް އިތުރު ބަޔާނެއް ދެނީއެވެ.
    ދެވަނަ ޖުމްލައިގައި ހާދަ ދޭހަކޮށްދެނީ ރޮކެޓް ދަތުރު ކުރާލެއް ބާރުކަމުގެ ދަރަޖައެވެ. ހަތަރުވަނަ ޖުމްލައިގައި ނުލާހިކު ދޭހަކޮށްދެނީ އޭނާއަށް ކަމެއް ސާފުކޮށްދިން ދަރަޖައެވެ. މި ދެ ޖުމްލައިގައި ހާދަ ނުލާހިކު މި ދެބަސްކޮށްދޭ ކަމަކީ ކަންއިތުރަކަށް އިތުރު ބަޔާނެއް ގެނެސްދެނީއެވެ. ވީމާ، ވަރަށް، ހާދަ، ނުހަނު، ނުލާހިކު، މިހަތަރު ބަހަކީ ހަތަރު އިތުރެވެ.

  8. އަކުރު
    ދިވެހި ބަހުގެ "އަކުރު" މިބަސް ދެމާނެއެއްގައި ބޭނުން ކުރެއެވެ. އެއްމާނައަކީ ބަސް ލިޔުމުގައި ބޭނުންކުރާ އަކުރު ތަކެވެ. އެއީ ހ، ށ، ނ، ރ، ފަދަ އަކުރު ތަކެވެ. އަކުރުގެ އަނެއް މާނައަކީ، އެބަހެއް އެކަނި އޮންނައިރު ފުރިހަމަ މާނައެއް ދޭހަނުވާ، ނަމަވެސް އެހެން ބަސްތަކާއެކު ބޭނުން ކުރުމުން ފުރިހަމަ މާނައެއް ދޭހަވާ ކޮންމެ ބަހެކެވެ.
    މިސާލަކަށް: އަށް، އިން، އަދި، ގެ، ނަމަވެސް، އެވެ، ދެން، ހަމަ، ވީމާ، އެކަމަކު، ފަދަ، ބަސްތައް ހިމެނެއެވެ.
    1. އަހަރެން ގެއަށް ދަނީއެވެ.
    2. މަދަރުސާ އިން 4 ޖަހާއިރު އާދެވުނު ނަމަވެސް، އަދި އެހާއިރު ކުޅޭކަށް ނުދެވޭނެއެވެ.
    މަތީގައިވާ ދެ ޖުމަލައިގައިވާ އަށް، އެވެ، އިން، ނަމަވެސް، އަދި، ނު، މި ބަސްތައް ވަކިން ހުންނައިރު، އެއިން އެއްވެސް ބަހަކުން ފުރިހަމަ މާނައެއް ދޭހައެއް ނުވެއެވެ. ނަމަވެސް މިދެ ޖުމްލައިގައިވާ ގޮތުން އެހެން ބަސްތަކަކާއެކު ބޭނުން ކުރުމުން އެއިން ކޮންމެ ބަހަކީވެސް ފުރިހަމަ މާނައެއް ދޭހަވާ ބަހަކަށް ވެދެއެވެ. ވީމާ މިއިން ކޮންމެ ބަހަކީވެސް އަކުރެކެވެ.

މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (08-05-2024)
އިމްސާކް04:18  
ފަތިސް04:38  
އިރުއަރާ05:52  
މެންދުރު12:06  
އަޞްރު15:24  
މަޣްރިބް18:13  
ޢިޝާ19:28  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (08-05-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (08-05-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (08-05-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ