|
﴿١﴾ الْقَارِعَةُ |
ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ. |
﴿٢﴾ مَا الْقَارِعَةُ |
ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ |
﴿٣﴾ وَمَا أَدْرَاكَ مَا الْقَارِعَةُ |
އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
﴿٤﴾ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ |
ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ. |
﴿٥﴾ وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ |
އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ. |
﴿٦﴾ فَأَمَّا مَن ثَقُلَتْ مَوَازِينُهُ |
ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ! |
﴿٧﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ |
ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.) |
﴿٨﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ |
އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ! |
﴿٩﴾ فَأُمُّهُ هَاوِيَةٌ |
ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ. |
﴿١٠﴾ وَمَا أَدْرَاكَ مَا هِيَهْ |
އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
﴿١١﴾ نَارٌ حَامِيَةٌ |
އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ. |
|