|
| ﴿١﴾ إِذَا الشَّمْسُ كُوِّرَتْ |
| އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. |
| ﴿٢﴾ وَإِذَا النُّجُومُ انكَدَرَتْ |
| އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. |
| ﴿٣﴾ وَإِذَا الْجِبَالُ سُيِّرَتْ |
| އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. |
| ﴿٤﴾ وَإِذَا الْعِشَارُ عُطِّلَتْ |
| އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. |
| ﴿٥﴾ وَإِذَا الْوُحُوشُ حُشِرَتْ |
| އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ. |
| ﴿٦﴾ وَإِذَا الْبِحَارُ سُجِّرَتْ |
| އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. |
| ﴿٧﴾ وَإِذَا النُّفُوسُ زُوِّجَتْ |
| އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ. |
| ﴿٨﴾ وَإِذَا الْمَوْءُودَةُ سُئِلَتْ |
| އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުއާލު ކުރައްވާ ހިނދެވެ. |
| ﴿٩﴾ بِأَيِّ ذَنبٍ قُتِلَتْ |
| އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ |
| ﴿١٠﴾ وَإِذَا الصُّحُفُ نُشِرَتْ |
| އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ. |
| ﴿١١﴾ وَإِذَا السَّمَاءُ كُشِطَتْ |
| އަދި އުޑު ގެންދަވާ ހިނދެވެ. |
| ﴿١٢﴾ وَإِذَا الْجَحِيمُ سُعِّرَتْ |
| އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ. |
| ﴿١٣﴾ وَإِذَا الْجَنَّةُ أُزْلِفَتْ |
| އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ. |
| ﴿١٤﴾ عَلِمَتْ نَفْسٌ مَّا أَحْضَرَتْ |
| ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ޙާޟިރުކުޅަކަމެއް (އެހިނދު) އެނގޭނެތެވެ. |
| ﴿١٥﴾ فَلَا أُقْسِمُ بِالْخُنَّسِ |
| ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. |
| ﴿١٦﴾ الْجَوَارِ الْكُنَّسِ |
| ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. |
| ﴿١٧﴾ وَاللَّيْلِ إِذَا عَسْعَسَ |
| އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
| ﴿١٨﴾ وَالصُّبْحِ إِذَا تَنَفَّسَ |
| އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ. |
| ﴿١٩﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ |
| ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ. |
| ﴿٢٠﴾ ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ |
| ޢަރްޝުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ. |
| ﴿٢١﴾ مُّطَاعٍ ثَمَّ أَمِينٍ |
| އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ. |
| ﴿٢٢﴾ وَمَا صَاحِبُكُم بِمَجْنُونٍ |
| އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: މުޙައްމަދުގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ. |
| ﴿٢٣﴾ وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ |
| އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: ޖިބްރީލުގެފާނު) ދެކެވަޑައިގަތެވެ. |
| ﴿٢٤﴾ وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ |
| އަދި ޣައިބުގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ނުވެއެވެ. |
| ﴿٢٥﴾ وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ |
| އަދި ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނެއްގެ ބަސްކަމުގައިވެސް އެ ޤުރްއާން ނުވެއެވެ. |
| ﴿٢٦﴾ فَأَيْنَ تَذْهَبُونَ |
| ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ |
| ﴿٢٧﴾ إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ |
| ޢާލަމްތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ. |
| ﴿٢٨﴾ لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ |
| ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. |
| ﴿٢٩﴾ وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ |
| ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ. |
|