×
އަލް ބުރޫޖް
ފަހަތަށް
البروج ކުރިއަށް
﴿١﴾ وَالسَّمَاءِ ذَاتِ الْبُرُوجِ
ބުރުޖުތަކުގެވެރި އުޑު ގަންދެއްވަމެވެ.
﴿٢﴾ وَالْيَوْمِ الْمَوْعُودِ
އަދި ވަޢުދު ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ.
﴿٣﴾ وَشَاهِدٍ وَمَشْهُودٍ
އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.
﴿٤﴾ قُتِلَ أَصْحَابُ الْأُخْدُودِ
ވަޅުގަނޑުގެ އެކުވެރިންނަށް ލަޢުނަތް ލެއްވިއެވެ.
﴿٥﴾ النَّارِ ذَاتِ الْوَقُودِ
(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.
﴿٦﴾ إِذْ هُمْ عَلَيْهَا قُعُودٌ
އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ.
﴿٧﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
މުއުމިނުންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި ޙާލުގައެވެ.
﴿٨﴾ وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
އަދި ޢަޒީޒުވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲއަށް އެއުރެން އީމާން ވާކަމަށްޓަކައި މެނުވީ، އެ ކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ.
﴿٩﴾ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿١٠﴾ إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ
ހަމަކަށަވަރުން، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، ދީނުން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން ތައުބާ ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ ޢަޛާބު ހުށްޓެވެ.
﴿١١﴾ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ
ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.
﴿١٢﴾ إِنَّ بَطْشَ رَبِّكَ لَشَدِيدٌ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ.
﴿١٣﴾ إِنَّهُ هُوَ يُبْدِئُ وَيُعِيدُ
ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) އިޢާދަ ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ.
﴿١٤﴾ وَهُوَ الْغَفُورُ الْوَدُودُ
އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.
﴿١٥﴾ ذُو الْعَرْشِ الْمَجِيدُ
ޢަރްޝުގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ.
﴿١٦﴾ فَعَّالٌ لِّمَا يُرِيدُ
އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.
﴿١٧﴾ هَلْ أَتَاكَ حَدِيثُ الْجُنُودِ
ފިރްޢައުނާއި، ޘަމޫދު ބާގައިގެ ލަޝްކަރުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
﴿١٨﴾ فِرْعَوْنَ وَثَمُودَ
ފިރްޢައުނާއި، ޘަމޫދު ބާގައިގެ ލަޝްކަރުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
﴿١٩﴾ بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ
އަދި ކިއެއްތަ! ކާފިރު ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ.
﴿٢٠﴾ وَاللَّهُ مِن وَرَائِهِم مُّحِيطٌ
ﷲ އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ.
﴿٢١﴾ بَلْ هُوَ قُرْآنٌ مَّجِيدٌ
އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރްއާނެވެ.
﴿٢٢﴾ فِي لَوْحٍ مَّحْفُوظٍ
އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރްއާނެވެ.
ފަހަތަށް
ކުރިއަށް