|
﴿١﴾ سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ |
އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿٢﴾ وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِن دُونِي وَكِيلًا |
އަދި ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިންނަށް ތެދުމަގެއްކަމުގައި އެ ފޮތް ލެއްވީމެވެ. (ވަޙީ ކުރައްވަމުންނެވެ.) ތިމަންރަސްކަލާނގެ ފިޔަވައި (އެހެންފަރާތެއް) ވަކީލެއް ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! |
﴿٣﴾ ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا |
ތިމަންރަސްކަލާނގެ ނޫޙުގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، ޝުކުރުވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ. |
﴿٤﴾ وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا |
އަދި ތިމަންރަސްކަލާނގެ، އިސްރާއީލުގެދަރިންނަށް، ފޮތުގައި (އެބަހީ: ތައުރާތުގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ. |
﴿٥﴾ فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا |
ފަހެ، އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ ވަޢުދުފުޅު އައިހިނދު، ގަދަފަދަވެގެންވާ ބާރެއްގެވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ ވަޢުދުފުޅެއްކަމުގައި، އެ ވަޢުދުފުޅު ވިއެވެ. |
﴿٦﴾ ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا |
ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. |
﴿٧﴾ إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا |
ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ ނަފްސުތަކަށެވެ. ފަހެ، ދެވަނަފަހަރަށް ވަޢުދުފުޅު އައިހިނދު (ތިޔަބައިމީހުންގެ ޢަދާވަތްތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: އަލްމަސްޖިދުލް އަޤްޞާއަށް) ވަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ. |
﴿٨﴾ عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا |
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް (ޢަފޫ ކުރައްވައި) ރަޙްމަތް ލެއްވުން ގާތްވެގެންވެއެވެ. އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ (ޢުޤޫބާތް ދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި ކާފިރުންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. |
﴿٩﴾ إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا |
ހަމަކަށަވަރުން، މި ޤުރްއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ޞާލިޙު ޢަމަލުތައްކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއެވެ. |
﴿١٠﴾ وَأَنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا |
އަދި ހަމަކަށަވަރުން، އާޚިރަތަށް އީމާން ނުވާމީހުންނަށް، ވޭންދެނިވި ޢަޛާބެއް، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވިކަމުގެ ޚަބަރު ވެސްމެއެވެ. |
﴿١١﴾ وَيَدْعُ الْإِنسَانُ بِالشَّرِّ دُعَاءَهُ بِالْخَيْرِ ۖ وَكَانَ الْإِنسَانُ عَجُولًا |
އިންސާނާ، ހެޔޮކަމަށްއެދި ދުޢާ ކުރާ ފަދައިން، ނުބައިކަމަށްވެސް އެދި ދުޢާ ކުރެތެވެ. އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ. |
﴿١٢﴾ وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ ۖ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوا فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا |
ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން ނޫރު ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުން، ފަޟްލުވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ ޢަދަދާއި، ޙިސާބު، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ ތަފްޞީލު ކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ. |
﴿١٣﴾ وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا |
އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލު، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ. |
﴿١٤﴾ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا |
(އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަނަފްސު ފުދެއެވެ. |
﴿١٥﴾ مَّنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا |
ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފްސުގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ ނަފްސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ޢަޛާބު ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ. |
﴿١٦﴾ وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا |
އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި ފާސިދު ޢަމަލު ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްޤު ވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ. |
﴿١٧﴾ وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا |
ނޫޙުގެފާނަށްފަހު، ކިތައްކިތައް ޖީލުގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެތެވެ. |
﴿١٨﴾ مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَّدْحُورًا |
ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް، ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، ރަޙްމަތުން ދުރުކުރައްވާފައިވާ ޙާލު، އެ ނަރަކައަށް އެމީހަކު ވަންނާނެތެވެ. |
﴿١٩﴾ وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا |
އަދި މުއުމިނަކު ކަމުގައިވާ ޙާލު، އާޚިރަތަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް މަޤްބޫލް ވެވި، ޝުކުރު ލިބިގެންވާ މީހުންނެވެ. |
﴿٢٠﴾ كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ. |
﴿٢١﴾ انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا |
ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން އާޚިރަތް މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ. |
﴿٢٢﴾ لَّا تَجْعَلْ مَعَ اللَّهِ إِلَٰهًا آخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا |
ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ ޙާލު، ތިބާ އިންނަންޖެހިދާނެތެވެ. |
﴿٢٣﴾ ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا |
އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! |
﴿٢٤﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا |
އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ! |
﴿٢٥﴾ رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ ۚ إِن تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا |
ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުންނީ، ޞާލިޙު ބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. |
﴿٢٦﴾ وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا |
ގާތްތިމާގެ މީހާއަށް، އޭނާގެ ޙައްޤު ދޭށެވެ! އަދި މިސްކީނަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! |
﴿٢٧﴾ إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا |
ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ. |
﴿٢٨﴾ وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައުމަށް އެދިވަޑައިގަންނަވާ ރަޙްމަތެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސް ވިދާޅުވާށެވެ! |
﴿٢٩﴾ وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا |
ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ. |
﴿٣٠﴾ إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا |
ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. |
﴿٣١﴾ وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا |
އަދި ފަޤީރު ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. |
﴿٣٢﴾ وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا |
އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. |
﴿٣٣﴾ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا |
އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ. |
﴿٣٤﴾ وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۚ وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا |
އަދި ޔަތީމު ކުއްޖާ ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާނދެން، ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ! އަދި ތިޔަބައިމީހުން، ޢަހުދު ފުއްދާށެވެ! ހަމަކަށަވަރުން، ޢަހުދަކީ (އެއާމެދު) ސުއާލު ކުރައްވާނޭ ކަމެއްކަމުގައި ވިއެވެ. |
﴿٣٥﴾ وَأَوْفُوا الْكَيْلَ إِذَا كِلْتُمْ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا |
އަދި ތިޔަބައިމީހުން މިނާހިނދު، މިނުން ހަމަކޮށް ފުރިހަމަކުރާށެވެ! އަދި ސީދާވެގެންވާ ހަމަތިލަފަތުން ކިރާށެވެ! އެގޮތް (ތިޔަބައިމީހުންނަށް) ހެޔޮކަން ބޮޑެވެ. އަދި ނަތީޖާގެގޮތުން ރިވެތިކަން ބޮޑުމެއެވެ. |
﴿٣٦﴾ وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا |
އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުއާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ. |
﴿٣٧﴾ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ الْأَرْضَ وَلَن تَبْلُغَ الْجِبَالَ طُولًا |
އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ. |
﴿٣٨﴾ كُلُّ ذَٰلِكَ كَانَ سَيِّئُهُ عِندَ رَبِّكَ مَكْرُوهًا |
އެ އެންމެހާ ކަންތަކުގެ ތެރެއިން، ނުބައިކަންތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ނުރުއްސަވާ ކަންތައް ކަމުގައިވިއެވެ. |
﴿٣٩﴾ ذَٰلِكَ مِمَّا أَوْحَىٰ إِلَيْكَ رَبُّكَ مِنَ الْحِكْمَةِ ۗ وَلَا تَجْعَلْ مَعَ اللَّهِ إِلَٰهًا آخَرَ فَتُلْقَىٰ فِي جَهَنَّمَ مَلُومًا مَّدْحُورًا |
އެއީ ޙިކުމަތުގެތެރެއިން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރެއްވި ކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ރަޙްމަތުން ދުރުކުރައްވާފައިވާ ޙާލު، ޖަހައްނަމައަށް އެއްލައިލައްވާނެތެވެ. |
﴿٤٠﴾ أَفَأَصْفَاكُمْ رَبُّكُم بِالْبَنِينَ وَاتَّخَذَ مِنَ الْمَلَائِكَةِ إِنَاثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا |
ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް ފިރިހެންދަރިން ޚާއްޞަ ކުރެއްވީހެއްޔެވެ؟ އަދި އެކަލާނގެ، މަލާއިކަތުންގެ ތެރެއިން އަންހެންދަރިން ހިއްޕެވީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ބުނަނީ، ބޮޑުވެގެންވާ ބަހެކެވެ. |
﴿٤١﴾ وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِيَذَّكَّرُوا وَمَا يَزِيدُهُمْ إِلَّا نُفُورًا |
ތިމަންރަސްކަލާނގެ (ވަޢުދާއި، ވަޢީދާއި، މިޘާލާއި، ޙިކަމު ފަދަ) ހުރިހާކަމެއް، މި ޤުރްއާނުގައި ބަޔާންކުރެއްވީމެވެ. އެއީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (އެކަމަކު) އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެއުރެންނަކަށް އިތުރެއް ނުކުރެތެވެ. |
﴿٤٢﴾ قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لَّابْتَغَوْا إِلَىٰ ذِي الْعَرْشِ سَبِيلًا |
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ބުނާފަދައިން، އެކަލާނގެއާއެކު އިލާހުންތަކެއް ވާނަމަ، އެހިނދު، ޢަރްޝުގެ ވެރިރަސްކަލާނގެއާ ދެކޮޅަށް މަގެއް ހޯދުމަށް، އެ އިލާހުންތައް އެދުނީސްކަން ކަށަވަރެވެ. |
﴿٤٣﴾ سُبْحَانَهُ وَتَعَالَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا |
އެއުރެން ބުނާ ބުނުމުން، އެކަލާނގެ ހުސްޠާހިރު ވެވޮޑިގެންވެއެވެ. އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން، އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ. |
﴿٤٤﴾ تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا |
ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް ތަސްބީޙަ ކިޔަތެވެ. އަދި އެކަލާނގެއަށް ޙަމްދާއެކުގައި، ތަސްބީޙަ ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަލީމްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. |
﴿٤٥﴾ وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ حِجَابًا مَّسْتُورًا |
ކަލޭގެފާނު ޤުރްއާން ކިޔަވައިވިދާޅުވާހިނދު، ކަލޭގެފާނާއި، އާޚިރަތް ދުވަހަށް އީމާން ނުވާމީހުންނާ ދެމެދު ނިވައިކުރަނިވި ފަރުދާއެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. |
﴿٤٦﴾ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَىٰ أَدْبَارِهِمْ نُفُورًا |
އަދި އެއުރެންނަށް އެ ޤުރްއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް އެއުރެންގެ ހިތްތަކުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި، ބީރުކަމެއް ލެއްވީމެވެ. އަދި ޤުރްއާނުގައި، ހަމައެކަނި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނަންފުޅު ކަލޭގެފާނު ގެންނަވައިފިނަމަ، އެއުރެން ނުރުހުންތެރިވެ، ފުރަގަސްދީ އެނބުރި ހިނގައިދެތެވެ. |
﴿٤٧﴾ نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا |
އެއުރެން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެއުރެން ސިއްރުސައްލާކުރާހިނދު، އެއުރެން އެ އަޑުއަހާ އެއްޗެއް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަނިޔާވެރިވި މީހުން، އެހިނދު ބުނެތެވެ. ސިޙުރު ޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން ތަބަޢައެއް ނުވަމުއެވެ. |
﴿٤٨﴾ انظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا |
ކަލޭގެފާނާމެދު އެއުރެން މިޘާލު ޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ (އެކަމުގައި) އެއުރެން މަގުފުރެދިއްޖައޫއެވެ. ދެން އެއްވެސް މަގަކަށް، އެއުރެންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. |
﴿٤٩﴾ وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا |
އެއުރެން ބުނެފޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވޭހެއްޔެވެ؟ |
﴿٥٠﴾ ۞ قُلْ كُونُوا حِجَارَةً أَوْ حَدِيدًا |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހިލަކަމުގައި، ނުވަތަ ދަގަނޑު ކަމުގައި ވެބަލާށެވެ! |
﴿٥١﴾ أَوْ خَلْقًا مِّمَّا يَكْبُرُ فِي صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ الَّذِي فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰ أَن يَكُونَ قَرِيبًا |
ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި ބޮޑުކަން ލިބިގެންވާ ތަކެތީގެ ތެރެއިން އެހެންވެސް އެއްޗަކަށް ވެބަލާށެވެ! ފަހެ، އޭރުން އެއުރެން ބުނާނެތެވެ. ތިމަންމެން އަލުން ދިރުމަކަށް އިޢާދަ ކުރާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އިސްވެދިޔަ މިޘާލަކާނުލައި، ފުރަތަމަފަހަރުވެސް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. ފަހެ، އެއުރެންގެ ބޯތައް ކަލޭގެފާނާ ދިމާޔަށް ހޫރައިލާނެތެވެ. އަދި ބުނާނެތެވެ. އެކަންވަނީ، ކޮންއިރަކުން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ވަރަށްއަވަހަށް އެކަންތައް ވުން ގާތްވެގެންވެތެވެ. |
﴿٥٢﴾ يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا |
އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވާ ދުވަހުއެވެ. ފަހެ، އެކަލާނގެއަށް ޙަމްދާއެކު އެކަލާނގެ އަމުރުފުޅަށް ތިޔަބައިމީހުން އިޖާބަދޭނޫއެވެ. އަދި ދާދިކުޑަހިނދުކޮޅަކަށް މެނުވީ (ދުނިޔޭގައި) ތިޔަބައިމީހުން ލަސްވެ ނުތިބޭކަމުގައި ތިޔަބައިމީހުން ހީކުރާނޫއެވެ. |
﴿٥٣﴾ وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا |
އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ޝައިޠާނާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، ޝައިޠާނާއީ، އިންސާނާއަށް ފާޅުވެގެންހުރި ޢަދާވަތްތެރިޔަކު ކަމުގައިވިއެވެ. |
﴿٥٤﴾ رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَا أَرْسَلْنَاكَ عَلَيْهِمْ وَكِيلًا |
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ދެނެވޮޑިގަތުން ބޮޑެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާނެތެވެ. ނުވަތަ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް ޢަޛާބު ދެއްވާނެތެވެ. އަދި އެއުރެންގެ މައްޗަށް ހުންނެވި ވަކީލަކު ކަމުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. |
﴿٥٥﴾ وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا |
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި ދާވޫދުގެފާނަށް ތިމަންރަސްކަލާނގެ ޒަބޫރު ދެއްވީމެވެ. |
﴿٥٦﴾ قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلَا تَحْوِيلًا |
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ ފިޔަވައި، އިލާހުންކަމަށް ތިޔަބައިމީހުން ހީކޮށްގެންއުޅޭ ފަރާތްތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ފަހެ، ތިޔަބައިމީހުންގެ ކިބައިން ދަތިކަމެއް ފިލުވުމެއްވެސް، އަދި ބަދަލުކުރުމެއްވެސް، އެފަރާތްތަކަކަށް މިލްކު ވެގެނެއް ނުވެތެވެ. |
﴿٥٧﴾ أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا |
އިލާހުންކަމަށް އެއުރެން ގޮވައިއުޅޭ ފަރާތްތައް، އެފަރާތްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގު އެދެތެވެ. އެއުރެންކުރެ އެންމެ ގާތްކަންބޮޑީ، ކާކުތޯބަލައި އެކަމަށް އެދެތެވެ. އަދި އެކަލާނގެ ރަޙްމަތަށް އެދެތެވެ. އަދި އެކަލާނގެ ޢަޛާބަށް ބިރުވެތިވޭމެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަޛާބަކީ، އެއަށް ބިރުވެތިވެވޭކަމެއް ކަމުގައިވިއެވެ. |
﴿٥٨﴾ وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا |
ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުގެ ކުރިން ހަލާކު ނުކުރައްވާ އެއްވެސް (އަނިޔާވެރި) ރަށެއް ނުވެއެވެ. ނުވަތަ ގަދަވެގެންވާ ޢަޛާބަކުން ޢަޛާބު ނުދެއްވާ ރަށެއްވެސް ނުވެއެވެ. ފޮތުގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ. |
﴿٥٩﴾ وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ إِلَّا أَن كَذَّبَ بِهَا الْأَوَّلُونَ ۚ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا ۚ وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا |
އިހުއުޅުނު މީހުން މުޢުޖިޒާތައް ދޮގުކުޅަކަން މެނުވީ، ތިމަންރަސްކަލާނގެ މުޢުޖިޒާތައް ފޮނުއްވުން މަނާކުރާކަމެއް ނެތެވެ. އަދި ފާޅުވެގެންވާ މުޢުޖިޒާއެއްގެ ގޮތުގައި، ޘަމޫދު ބާގައި މީހުންނަށް ޖަމަލު ދެއްވީމެވެ. ދެން އެއުރެން އެއާމެދުގައި އަނިޔާވެރިވެގަތޫއެވެ. އަދި އިންޛާރެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ މުޢުޖިޒާތައް ނުފޮނުއްވަމެވެ. |
﴿٦٠﴾ وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ ۚ وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَانًا كَبِيرًا |
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމާއި، ޤުދުރަތްތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި ޤުރްއާނުގައި ލަޢުނަތް ލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް އިމްތިޙާނެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ބިރުދައްކަވައި އިންޛާރު ކުރައްވަމެވެ. ފަހެ، ބޮޑުވެގެންވާ ދެކޮޅުވެރިކަން މެނުވީ، އެކަމުގެ ސަބަބުން، އެއުރެންނަށް އިތުރެއް ނުވެތެވެ. |
﴿٦١﴾ وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا |
އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަ ކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، އިބްލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަކުޅައޫއެވެ. އިބްލީސް ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން ސަޖިދަ ކުރާނެތޯއެވެ؟ |
﴿٦٢﴾ قَالَ أَرَأَيْتَكَ هَٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا |
އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ ޤިޔާމަތަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ. |
﴿٦٣﴾ قَالَ اذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَّوْفُورًا |
އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެ ހިނގައިދާށެވެ! ފަހެ، އެއުރެންގެ ތެރެއިން، ކަލޭގެއަށް ތަބަޢަ ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ފުރިހަމަވެގެންވާ ޖަޒާއެއްގެގޮތުން، ތިޔަބައިމީހުން (އެންމެން) ގެ ޖަޒާއަކީ ނަރަކައެވެ. |
﴿٦٤﴾ وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ ۚ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا |
އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެއުރެންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ! އަދި އެއުރެންނަށް ވަޢުދު ކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، ޝައިޠާނާ އެއުރެންނަކަށް ވަޢުދެއް ނުކުރެތެވެ. |
﴿٦٥﴾ إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. ވަކީލަކު ކަމުގައި، ކަލޭގެ ވެރިރަސްކަލާނގެ ފުދެއެވެ. |
﴿٦٦﴾ رَّبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُوا مِن فَضْلِهِ ۚ إِنَّهُ كَانَ بِكُمْ رَحِيمًا |
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ކަނޑުގައި އުޅަނދުތައް ދުވާގޮތް މެދުވެރިކޮށްދެއްވި ކަލާނގެއެވެ. (އެއީ) އެކަލާނގެ ފަޟްލުވަންތަކަމުގެތެރެއިން (ކަންކަމަށް) ތިޔަބައިމީހުން އެދިއުޅުމަށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ރަޙީމްވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ. |
﴿٦٧﴾ وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَن تَدْعُونَ إِلَّا إِيَّاهُ ۖ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ ۚ وَكَانَ الْإِنسَانُ كَفُورًا |
އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތިޙާލު ޖެހިއްޖެހިނދަކު، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން، އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ، އެކަލާނގެ ތިޔަބައިމީހުން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނަވައިފިހިނދު (އެކަލާނގެ ފިޔަވައި) ތިޔަބައިމީހުން ފުރަގަސްދީ ހިނގައިދެއެވެ. ނިޢުމަތަށް އިންކާރުކޮށް، ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ. |
﴿٦٨﴾ أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ الْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا لَكُمْ وَكِيلًا |
ފަހެ، އެކަލާނގެ ތިޔަބައިމީހުންނާއެކު، ހިކިފަސްތަނުގެ ބައެއް ގަންބަވައިގެންފާނެކަމާމެދު، ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ކުދި ހިލައިގެ ވާރޭ ފޮނުއްވައިފާނޭ ކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން ތިޔަބައިމީހުން ރައްކާތެރިކުރާނޭ މީހަކު ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ. |
﴿٦٩﴾ أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ الرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا لَكُمْ عَلَيْنَا بِهِ تَبِيعًا |
ނުވަތަ ތިޔަބައިމީހުން އަލުން އެ ކަނޑުގެ ތެރެއަށް ދެވަނަފަހަރަށް ފޮނުއްވައި، ތިޔަބައިމީހުންގެ މައްޗަށް، ވައިގެ ގަދަރޯޅިއެއް ފޮނުއްވައި، ދެން ތިޔަބައިމީހުން ކާފިރު ވީކަމުގެ ސަބަބުން، ތިޔަބައިމީހުން ޣަރަޤު ކުރައްވައިފާނެކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން އެކަމުގެ ސަބަބުން، ތިމަންރަސްކަލާނގެއާ ދެކޮޅަށް، ނަޞްރުވެރިވާނެ ފަރާތެއް ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ. |
﴿٧٠﴾ ۞ وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ. |
﴿٧١﴾ يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ ۖ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُولَٰئِكَ يَقْرَءُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلًا |
ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ އިމާމުގެ ނަމުން ތިމަންރަސްކަލާނގެ ގޮވައިލައްވާނޭ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެން، އެއުރެންގެ ފަތް ކިޔާނެތެވެ. އަދި އެއުރެންނަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް، ބޭއިންސާފެއް ނުކުރައްވާނެތެވެ. |
﴿٧٢﴾ وَمَن كَانَ فِي هَٰذِهِ أَعْمَىٰ فَهُوَ فِي الْآخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا |
އަދި މިދުނިޔޭގައި (ޙައްޤު ގޮތް ފިޔަވައި) ކަނުމީހަކު، އާޚިރަތް ދުވަހުގައިވެސް ވާނީ، ކަނުމީހެއް ކަމުގައެވެ. އޭނާ ވާހުށީ، މަގު ގެއްލިފައިވާ މީހަކު ކަމުގައެވެ. |
﴿٧٣﴾ وَإِن كَادُوا لَيَفْتِنُونَكَ عَنِ الَّذِي أَوْحَيْنَا إِلَيْكَ لِتَفْتَرِيَ عَلَيْنَا غَيْرَهُ ۖ وَإِذًا لَّاتَّخَذُوكَ خَلِيلًا |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އިއްވެވި ވަޙީއިން ކަލޭގެފާނު އެއްކިބާކުރުމަށް، އެއުރެން ގާތްކުޅައޫއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ނުކުރައްވާ އެއްޗެއް، ކަލޭގެފާނު ހައްދަވައިގެން ތިމަންރަސްކަލާނގެއަށް ނިސްބަތް ކުރެއްވުމަށް (އެދި އެކަމަށް) ޓަކައެވެ. (އެކަން އެގޮތަށް ކުރެއްވިނަމަ) އޭރުން ހަމަކަށަވަރުން، އެއުރެން، ކަލޭގެފާނީ މިތުރަކު ކަމުގައި ހެދީހެވެ. |
﴿٧٤﴾ وَلَوْلَا أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلًا |
އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގަދަކަންދެއްވައި، ޘާބިތު ކޮށް ނުދެއްވިނަމަ، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ. |
﴿٧٥﴾ إِذًا لَّأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا |
އޭރުން، ދުނިޔަވީ ޙަޔާތުގެ (ޢުޤޫބާތުގެ) ދެބަޔާއި، އާޚިރަތުގެ (ޢުޤޫބާތުގެ) ދެބައިން ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ރަހަ ދެއްކެވީމުހެވެ. ދެން ތިމަންރަސްކަލާނގެ (ޢަޛާބު) އާ ދެކޮޅަށް، ކަލޭގެފާނަށް ނަޞްރު ދޭނެ، އެއްވެސްމީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. |
﴿٧٦﴾ وَإِن كَادُوا لَيَسْتَفِزُّونَكَ مِنَ الْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَافَكَ إِلَّا قَلِيلًا |
އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (ޢަދާވަތްތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (މައްކާގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުޅައޫއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށްފަހު އެއުރެންނަކަށް (އެތާކު) ނުތިބެވޭނެތެވެ. |
﴿٧٧﴾ سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا |
(އެއީ) ތިމަންރަސްކަލާނގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުންނާމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. |
﴿٧٨﴾ أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا |
އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދު ޤާއިމް ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. |
﴿٧٩﴾ وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا |
އަދި (ފަރުޟު ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރްއާން ކިޔަވައިވިދާޅުވެ، ތަހައްޖުދު ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ! |
﴿٨٠﴾ وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا |
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި ނަޞްރު ދެނިވި ބާރެއް އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާއަށް ލައްވާނދޭވެ! |
﴿٨١﴾ وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا |
އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ. |
﴿٨٢﴾ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا |
ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ. |
﴿٨٣﴾ وَإِذَا أَنْعَمْنَا عَلَى الْإِنسَانِ أَعْرَضَ وَنَأَىٰ بِجَانِبِهِ ۖ وَإِذَا مَسَّهُ الشَّرُّ كَانَ يَئُوسًا |
އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ ނިޢުމަތް ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ ރަޙްމަތުން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ. |
﴿٨٤﴾ قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا |
ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ މީހަކުމެ، ޢަމަލު ކުރަމުންދަނީ އެމީހެއްގެ ގޮތަށެވެ. ފަހެ، އެންމެބޮޑަށް ތެދުމަގު ލިބިފައިވަނީ ކާކުކަން މޮޅަށް ދެނެވޮޑިގެންވަނީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. |
﴿٨٥﴾ وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا |
ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ. |
﴿٨٦﴾ وَلَئِن شِئْنَا لَنَذْهَبَنَّ بِالَّذِي أَوْحَيْنَا إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِ عَلَيْنَا وَكِيلًا |
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ވަޙީ ކުރެއްވި ތަކެތި ގެންދަވައިފާހުށީމެވެ. ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ ދެކޮޅަށް ކަލޭގެފާނަށް އެހީތެރިވާނޭ މީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. |
﴿٨٧﴾ إِلَّا رَحْمَةً مِّن رَّبِّكَ ۚ إِنَّ فَضْلَهُ كَانَ عَلَيْكَ كَبِيرًا |
ނަމަވެސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތްފުޅުން (އެކަމެއް ނުކުރައްވަތެވެ.) ހަމަކަށަވަރުން، އެކަލާނގެ ފަޟްލުވަންތަކަން، ކަލޭގެފާނުގެ މައްޗަށް ބޮޑުވެގެންވެއެވެ. |
﴿٨٨﴾ قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا |
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ. |
﴿٨٩﴾ وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِن كُلِّ مَثَلٍ فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا |
ހަމަކަށަވަރުން، މި ޤުރްއާނުގައި ތިމަންރަސްކަލާނގެ މީސްތަކުންނަށް ހުރިހާ ބާވަތަކުން މިޘާލު ބަޔާންކުރެއްވީމެވެ. ދެންވެސް މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، ކާފިރު ވުން މެނުވީ ޤަބޫލެއް ނުކުރޫއެވެ. |
﴿٩٠﴾ وَقَالُوا لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ الْأَرْضِ يَنبُوعًا |
އަދި އެއުރެން ބުނެފޫއެވެ. ކަލޭގެފާނު (މައްކާގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވައިފުމަށް ދާނދެން ކަލޭގެފާނަކަށް ތިމަންމެން އީމާނެއް ނުވާނޫއެވެ. |
﴿٩١﴾ أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ الْأَنْهَارَ خِلَالَهَا تَفْجِيرًا |
ނުވަތަ ކަލޭގެފާނަށް، ކަދުރު ރުކާއި، މޭބިސްކަދުރުގެ ބަގީޗާއެއްއޮވެ، އޭގެ މެދުން ގިނަގުނަ ކޯރުތައް ހިންގަވައިދެއްވައިފުމަށް ދާނދެނެވެ. |
﴿٩٢﴾ أَوْ تُسْقِطَ السَّمَاءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللَّهِ وَالْمَلَائِكَةِ قَبِيلًا |
ނުވަތަ ކަލޭގެފާނު ހީފުޅުކުރައްވާ ފަދައިން، ތިމަންމެންގެ މައްޗަށް އެތިއެތިގަނޑަށް އުޑު ވައްޓަވައިލައްވައިފުމަށް ދާނދެން، ނުވަތަ ﷲއާއި މަލާއިކަތުން (ތިމަންމެންނަށް) ފެންނާނެހެން ކުރިމައްޗަށް ގެނެސްދެއްވައިފުމަށް ދާނދެނެވެ. |
﴿٩٣﴾ أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِي السَّمَاءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَابًا نَّقْرَؤُهُ ۗ قُلْ سُبْحَانَ رَبِّي هَلْ كُنتُ إِلَّا بَشَرًا رَّسُولًا |
ނުވަތަ ކަލޭގެފާނަށް ރަނުން ގެއެއް ހުރެ، ނުވަތަ ކަލޭގެފާނު އުޑަށް އަރައިވަޑައިގެންފުމަށް ދާނދެނެވެ. އަދި ތިމަންމެން ކިޔަވާނޭ ފޮތެއް ތިމަންމެންނަށް ބާލުއްވައިދެއްވައިފުމަށް ދާނދެން، ކަލޭގެފާނު (އުޑަށް) އަރައިވަޑައިގެންނެވިކަމަކަށް، ތިމަންމެން އީމާނެއް ނުވާނޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ތިމަންކަލޭގެފާނަކީ، ރަސޫލަކު ކަމުގައިވާ އާދަމުގެދަރިޔަކު ކަމުގައި މެނުވީ ނުވަމެވެ. |
﴿٩٤﴾ وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ إِلَّا أَن قَالُوا أَبَعَثَ اللَّهُ بَشَرًا رَّسُولًا |
މީސްތަކުންގެ ގާތަށް ތެދުމަގު އައިހިނދު، ﷲ، ރަސޫލަކު ކަމުގައި އާދަމުގެދަރިޔަކު ފޮނުއްވީހޭ، އެއުރެން ބުނާ ބުނުން މެނުވީ، އެއުރެން އީމާން ވުން މަނައެއް ނުކުރެތެވެ. |
﴿٩٥﴾ قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا |
ކަލޭގެފާނު ވިދާޅުވާށެވެ! ބިމުގައި ހިންގަވައި، ދިރިއުޅުއްވަނީ މަލާއިކަތުން ކަމުގައިވީނަމަ، އެބޭކަލުންގެ ގާތަށް ރަސޫލަކު ކަމުގައި ތިމަންރަސްކަލާނގެ އުޑުން މަލާއިކަތަކު ބާވައިލެއްވީމުހެވެ. |
﴿٩٦﴾ قُلْ كَفَىٰ بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا |
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް ﷲ ފުދެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ. |
﴿٩٧﴾ وَمَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَاءَ مِن دُونِهِ ۖ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَاهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا |
ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި ޤިޔާމަތް ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް މަޙްޝަރަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ. |
﴿٩٨﴾ ذَٰلِكَ جَزَاؤُهُم بِأَنَّهُمْ كَفَرُوا بِآيَاتِنَا وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا |
އެއީ ތިމަންރަސްކަލާނގެ އާޔަތްތަކަށް އެއުރެން ކާފިރުވި ކަމަށްޓަކައި އެއުރެންނަށް ހުރި ޖަޒާއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ވޭހެއްޔެވެ؟ |
﴿٩٩﴾ ۞ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ قَادِرٌ عَلَىٰ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى الظَّالِمُونَ إِلَّا كُفُورًا |
އުޑުތަކާއި، ބިން ހެއްދެވި ﷲ، އެއުރެންފަދަ ބަޔަކު ހެއްދެވުމަށް ކުޅަދުންވަންތަކަން، އެއުރެންނަކަށް ނޭނގޭހެއްޔެވެ؟ އެކަލާނގެ އެއުރެންނަށްވަނީ، ވަކިމުއްދަތެއް ކަނޑައަޅުއްވާފައެވެ. އެއާމެދަކު ޝައްކެއްނެތެވެ. ފަހެ، އެ އަނިޔާވެރިވެގަތް މީހުން ދެކޮޅުވެރިކަމާއި، ކާފިރު ކަން މެނުވީ ޤަބޫލެއް ނުކުރެތެވެ. |
﴿١٠٠﴾ قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الْإِنفَاقِ ۚ وَكَانَ الْإِنسَانُ قَتُورًا |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތުގެ ޚަޒާނާތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (ޚަރަދު ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ. |
﴿١٠١﴾ وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ މުޢުޖިޒާއެއް، މޫސާގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) އިސްރާއީލުގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، ފިރްޢައުނު، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ މޫސާގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް ސިޙުރު ޖެހިފައިވާ ކަމަށެވެ. |
﴿١٠٢﴾ قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَٰؤُلَاءِ إِلَّا رَبُّ السَّمَاوَاتِ وَالْأَرْضِ بَصَائِرَ وَإِنِّي لَأَظُنُّكَ يَا فِرْعَوْنُ مَثْبُورًا |
އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢުޖިޒާތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ ފިރްޢައުނެވެ! ހަމަކަށަވަރުން، އަހުރެންނަށް ޔަޤީން ވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ. |
﴿١٠٣﴾ فَأَرَادَ أَن يَسْتَفِزَّهُم مِّنَ الْأَرْضِ فَأَغْرَقْنَاهُ وَمَن مَّعَهُ جَمِيعًا |
ފަހެ، އޭނާ ޤަޞްދު ކުރީ އެއުރެން (މިޞްރުގެ) ބިމުން ބޭރުކޮށްލުމަށެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާއާއެކުގައިވާ އެންމެން ޣަރަޤު ކުރެއްވީމެވެ. |
﴿١٠٤﴾ وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُوا الْأَرْضَ فَإِذَا جَاءَ وَعْدُ الْآخِرَةِ جِئْنَا بِكُمْ لَفِيفًا |
އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން ޤިޔާމަތް ދުވަހުގެ ވަޢުދު އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ ޙާލު، ޙާޟިރު ކުރައްވާ ހުށީމެވެ. |
﴿١٠٥﴾ وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ ۗ وَمَا أَرْسَلْنَاكَ إِلَّا مُبَشِّرًا وَنَذِيرًا |
ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ، ޙައްޤާ އެކުގައެވެ. އަދި އެ ޤުރްއާން އައީ، ޙައްޤު ގޮތުގައެވެ. އަދި އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. |
﴿١٠٦﴾ وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا |
އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޤުރްއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ. |
﴿١٠٧﴾ قُلْ آمِنُوا بِهِ أَوْ لَا تُؤْمِنُوا ۚ إِنَّ الَّذِينَ أُوتُوا الْعِلْمَ مِن قَبْلِهِ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އެ ޤުރްއާނަށް އީމާން ވާށެވެ! ނުވަތަ އީމާން ނުވާށެވެ! ހަމަކަށަވަރުން، އޭގެކުރިން ޢިލްމު ލިބިގެންވާ މީހުންނަށް އެ ޤުރްއާން ކިޔަވައިދެއްވާހިނދު، އެއުރެން ސަޖިދަ ކުރާ ޙާލު، މޫނުވަތަށް ތިރިވެއެވެ. |
﴿١٠٨﴾ وَيَقُولُونَ سُبْحَانَ رَبِّنَا إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا |
އަދި އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް ކަންތައް ވާހުށިކަން ކަށަވަރެވެ. |
﴿١٠٩﴾ وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۩ |
އަދި އެއުރެން ރޮމުން މޫނުވަތަށް ސަޖިދައަށް ތިރިވެއެވެ. އަދި އެ ޤުރްއާން، އެއުރެންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ. |
﴿١١٠﴾ قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲގެ އިސްމުފުޅުން ދުޢާ ކުރާށެވެ! ނުވަތަ ރަޙްމާނުގެ އިސްމުފުޅުން ދުޢާ ކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ އިސްމުފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު އިސްމުފުޅުތައް) ވެއެވެ. އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ޤަޞްދު ކުރައްވާށެވެ! |
﴿١١١﴾ وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا |
އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދު ހުރީ ﷲއަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެއެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމަތް ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ވިދާޅުވާށެވެ! |
|