|
﴿١﴾ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ |
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. |
﴿٢﴾ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ |
ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲގެ ޢަޛާބު ގަދަފަދައީއެވެ. |
﴿٣﴾ وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَانٍ مَّرِيدٍ |
އެއްވެސް ޢިލްމަކާނުލައި، ﷲއާމެދު ޖަދަލުކޮށް، އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނަކަށް ތަބަޢަ ވެއުޅޭމީހުން، މީސްތަކުންގެތެރެއިންވެއެވެ. |
﴿٤﴾ كُتِبَ عَلَيْهِ أَنَّهُ مَن تَوَلَّاهُ فَأَنَّهُ يُضِلُّهُ وَيَهْدِيهِ إِلَىٰ عَذَابِ السَّعِيرِ |
އެ ޝައިޠާނާގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވަނީ، ހަމަކަށަވަރުން، އޭނާއަށް ތަބަޢަވެ އެކުވެރިވެއްޖެމީހަކުނަމަ، ފަހެ، އެމީހަކު މަގުފުރައްދައި، ނަރަކައިގެ ޢަޛާބަށް މަގުދެއްކުމެވެ. |
﴿٥﴾ يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ |
އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން ޝައްކެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ އަޞްލު) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (އާދަމުގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ރަޙިމުތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި އަރްޛަލިލް ޢުމުރަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ. |
﴿٦﴾ ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ |
އެހެނީ ހަމަކަށަވަރުން، ﷲއީ، ޙައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ މަރުވެފައިވާމީހުން ދިރުއްވަތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
﴿٧﴾ وَأَنَّ السَّاعَةَ آتِيَةٌ لَّا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَن فِي الْقُبُورِ |
އަދި ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. އެއާމެދަކު ޝައްކެއްނެތެވެ. އަދި ހަމަކަށަވަރުން، ﷲ، ކަށްވަޅުތަކުގައި ތިބިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. |
﴿٨﴾ وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ |
އެއްވެސް ޢިލްމަކާނުލައި، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލައި، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި ﷲއާމެދު ޖަދަލު ކުރާމީހުން، މީސްތަކުންގެތެރެއިންވެއެވެ. |
﴿٩﴾ ثَانِيَ عِطْفِهِ لِيُضِلَّ عَن سَبِيلِ اللَّهِ ۖ لَهُ فِي الدُّنْيَا خِزْيٌ ۖ وَنُذِيقُهُ يَوْمَ الْقِيَامَةِ عَذَابَ الْحَرِيقِ |
ﷲގެ މަގުން (މީސްތަކުން) އެއްކިބާކުރުމަށްޓަކައި (ބޮޑާކަމާއެކު) އޭނާގެ ކަނދުރާ އަނބުރައިލާ ޙާލުގައެވެ. އެމީހަކަށް ދުނިޔެމަތީގައި ނިކަމެތިކަމާއި، ދެރަކަންހުށްޓެވެ. އަދި ޤިޔާމަތް ދުވަހުން ނަރަކައިގެ ޢަޛާބުގެ ރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާ ހުށީމެވެ. |
﴿١٠﴾ ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ |
އެއީ ތިބާގެ ދެއަތުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، ﷲއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ. |
﴿١١﴾ وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ |
ޝައްކެއްގެމަތީގައި ތިބެގެން، ﷲއަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް މުޞީބަތެއް ޖެހިއްޖެނަމަ، ކުފުރުވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި އާޚިރަތް ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ. |
﴿١٢﴾ يَدْعُو مِن دُونِ اللَّهِ مَا لَا يَضُرُّهُ وَمَا لَا يَنفَعُهُ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ |
އެމީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، ﷲ ފިޔަވައި އޭނާ އަޅުކަންކުރެތެވެ. (ޙައްޤުގެ މަގުން) ދުރުވެގެންވާ ފުރެދުމަކީ ހަމައެއީއެވެ. |
﴿١٣﴾ يَدْعُو لَمَن ضَرُّهُ أَقْرَبُ مِن نَّفْعِهِ ۚ لَبِئْسَ الْمَوْلَىٰ وَلَبِئْسَ الْعَشِيرُ |
އޭނާ އެ އަޅުކަންކުރަނީ، އެ އެއްޗެއްގެ މަންފާއަށްވުރެ، އެ އެއްޗެއްގެ ގެއްލުން މާގާތްވެގެންވާ އެއްޗަކަށެވެ. އޭނާ އެ ވާގިލިބިގަންނަ އެއްޗެއްގެ ނުބައިކަމާއެވެ! އަދި އެކުވެރިޔެއްގެ ގޮތުންވެސް އޭގެ ނުބައިކަމާއެވެ! |
﴿١٤﴾ إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ إِنَّ اللَّهَ يَفْعَلُ مَا يُرِيدُ |
ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުރި މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ﷲ (އެއުރެން) ވައްދަވާނެތެވެ. ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ. |
﴿١٥﴾ مَن كَانَ يَظُنُّ أَن لَّن يَنصُرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى السَّمَاءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُ مَا يَغِيظُ |
ދުނިޔެއާއި، އާޚިރަތުގައި އެކަލޭގެފާނަށް (އެބަހީ: ރަސޫލާއަށް) ﷲ ނަޞްރު ނުދެއްވާނެކަމަށް ހީކުރާމީހާ، ފަހެ، މައްޗަށް ވަލެއްޖަހައި، ދެން އޭނާ ދަންޖެހިބަލާށެވެ! ފަހެ، އޭނާ ރޭވިރޭވުމުން، އޭނާ ރުޅިއަންނަކަންތައް ނިކަން ފިލައިތޯ ބަލައިބަލާށެވެ! |
﴿١٦﴾ وَكَذَٰلِكَ أَنزَلْنَاهُ آيَاتٍ بَيِّنَاتٍ وَأَنَّ اللَّهَ يَهْدِي مَن يُرِيدُ |
އެފަދައިން ބަޔާންވެގެންވާ އާޔަތްތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރަދާކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. |
﴿١٧﴾ إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ |
ހަމަކަށަވަރުން، އީމާން ވިމީހުންނާއި، ޔަހޫދީވި މީހުންނާއި، ޞާބިއުންނާއި، ނަޞާރާއިންނާއި، މަޖޫސީންނާއި، ޝަރީކު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ﷲ، އެއުރެންގެމެދުގައި، ޤިޔާމަތް ދުވަހުން ނިޔާކަނޑައަޅުއްވާނެތެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް، މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿١٨﴾ أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ ۗ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ ۚ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ ۩ |
އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، ﷲއަށް ސަޖިދަ ކުރާކަން ތިބާ ނުދަންނަމު ހެއްޔެވެ؟ އަދި (މީސްތަކުންކުރެ) ގިނަބަޔަކުގެމައްޗަށް ޢަޛާބު ޙައްޤު ވެގެންވެއެވެ. އަދި ﷲ، ނިކަމެތިކުރެއްވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެތެވެ. ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ. |
﴿١٩﴾ ۞ هَٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ |
މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ ޚަޞްމުންނެވެ. (އެބަހީ: މުއުމިނުންނާއި ކާފިރުންނެވެ.) ފަހެ، ކާފިރުވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ. |
﴿٢٠﴾ يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ |
އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ. |
﴿٢١﴾ وَلَهُم مَّقَامِعُ مِنْ حَدِيدٍ |
އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ. |
﴿٢٢﴾ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ |
އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް އިޢާދަ ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! |
﴿٢٣﴾ إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ |
ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުރިމީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ (އެއުރެން) ވައްދަވާނެތެވެ. އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ. |
﴿٢٤﴾ وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ |
އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް ހިދާޔަތް ދެއްވިއެވެ. އަދި ޙަމްދު ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ. |
﴿٢٥﴾ إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ |
ހަމަކަށަވަރުން، ކާފިރުވެ، ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި ޤާއިމް ވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި، ތިމަންރަސްކަލާނގެ ލެއްވި އަލްމަސްޖިދުލް ޙަރާމުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަދައްކަވާހުށީމެވެ. |
﴿٢٦﴾ وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ |
އިބްރާހީމުގެފާނަށް ގެފުޅު ހުންނަތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރައްވާށެވެ! އަދި ޠަވާފު ކުރާ މީހުންނަށާއި، ޤާއިމް ވެތިބޭމީހުންނަށާއި، ރުކޫޢު ކޮށް ސަޖިދަ ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ! |
﴿٢٧﴾ وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ |
އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. |
﴿٢٨﴾ لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ |
އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމް ސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ! |
﴿٢٩﴾ ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ |
ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން ޠަވާފު ކުރާހުށިކަމެވެ! |
﴿٣٠﴾ ذَٰلِكَ وَمَن يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَّهُ عِندَ رَبِّهِ ۗ وَأُحِلَّتْ لَكُمُ الْأَنْعَامُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ |
(ކަންހުރިމަގީ) އެއީއެވެ. އަދި ﷲގެ ޙުރުމަތްތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ނަޢަމް ސޫފި ޙަލާލު ކުރައްވާފައިވެއެވެ. (ޤުރްއާނުގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ! |
﴿٣١﴾ حُنَفَاءَ لِلَّهِ غَيْرَ مُشْرِكِينَ بِهِ ۚ وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ |
ﷲއަށް އިޚްލާޞްތެރިވެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެތިބެ، އެކަލާނގެއަށް ޝަރީކު ނުކުރާ ޙާލުގައެވެ. އަދި ﷲއަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ. |
﴿٣٢﴾ ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ |
(ކަންހުރިމަގީ) އެއީއެވެ. އަދި ﷲގެ ޝަޢާއިރުތަކަށް (އެބަހީ: ހަދުޔު ކަތިލުމާއި، އުޟުޙިޔާ ކަތިލުމާއި، ޙައްޖުގެ ޢަމަލުތަކާއި، އެނޫންވެސް ދީނީ އަމުރުތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ. |
﴿٣٣﴾ لَكُمْ فِيهَا مَنَافِعُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَا إِلَى الْبَيْتِ الْعَتِيقِ |
ކަނޑައެޅިގެންވާ ވަގުތަކާޖެހެންދެން، ތިޔަބައިމީހުންނަށް އެތަކެތީގައި (އެބަހީ: ހަދުޔުގެ ގޮތުން ކަތިލެވޭ ތަކެތީގައި) މަންފާތަކެއްވެއެވެ. ދެން އެއަށްފަހު، އެތަކެތި ކަތިލުމުގެ މަޙައްލަކީ، ޒަމާންވީ ގެފުޅުއަރިހެވެ. (އެބަހީ: މައްކާގެ ޙަރަމްފުޅެވެ.) |
﴿٣٤﴾ وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَٰهُكُمْ إِلَٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ |
ނަޢަމް ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) ﷲގެ އިސްމުފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްވެސް ޤުރުބާން ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، އިސްލާމް ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ! |
﴿٣٥﴾ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَالصَّابِرِينَ عَلَىٰ مَا أَصَابَهُمْ وَالْمُقِيمِي الصَّلَاةِ وَمِمَّا رَزَقْنَاهُمْ يُنفِقُونَ |
އެއުރެންނީ، ﷲގެ ނަންފުޅު ގަނެވޭހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެއުރެންނަށްޖެހޭ ކަންތަކަށް ކެތްތެރިވާމީހުންނެވެ. އަދި ނަމާދު ޤާއިމް ކޮށް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. |
﴿٣٦﴾ وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ |
ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް ﷲގެ ޝަޢާއިރުތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި ސުއާލު ކުރާ ފަޤީރުންނާއި، ސުއާލު ނުކުރާ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި ޚިދުމަތްތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ. |
﴿٣٧﴾ لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ وَبَشِّرِ الْمُحْسِنِينَ |
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤްވާވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، ﷲއަށް ތިޔަބައިމީހުން ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި އިޙްސާންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ! |
﴿٣٨﴾ ۞ إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ |
ހަމަކަށަވަރުން، ﷲ، އީމާންވި މީހުން ދިފާޢު ކޮށްދެއްވަތެވެ. ހަމަކަށަވަރުން، ޚިޔާނަތްތެރިވެ، ކާފިރުވާ ކޮންމެ މީހަކަށް، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. |
﴿٣٩﴾ أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ |
ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ އިޛުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް، ﷲކުޅަދުންވަންތަކަން ކަށަވަރެވެ. |
﴿٤٠﴾ الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ |
އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲއޭ ބުނުން މެނުވީ، އެއްވެސް ޙައްޤަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ﷲ ދުރުކުރެއްވުން ނުވާނަމަ، ނަޞާރާއިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި، ގިނަގިނައިން ﷲގެ އިސްމުފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲއަށް ނަޞްރު ދޭ މީހަކަށް، އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٤١﴾ الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ |
އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމް ކޮށް، ޒަކާތް ދީ، ހެޔޮކަންތަކަށް އަމުރު ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲއަށެވެ. |
﴿٤٢﴾ وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ |
އެއުރެން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން، އެއުރެންގެކުރިން ނޫޙުގެފާނުގެ ޤައުމުގެމީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުން (އެއުރެންގެ ރަސޫލުން) ދޮގުކޮށްފައިވެއެވެ. |
﴿٤٣﴾ وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ |
އަދި އިބްރާހީމުގެފާނުގެ ޤައުމުގެމީހުންނާއި، ލޫޠުގެފާނުގެ ޤައުމުގެމީހުންވެސްމެއެވެ. |
﴿٤٤﴾ وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ |
އަދި މަދްޔަނުގެ އަހުލުވެރިންވެސްމެއެވެ. އަދި މޫސާގެފާނުވެސް ދޮގުކުރެވުނެވެ. ފަހެ، ކާފިރުވި މީހުންނަށް، ތިމަންރަސްކަލާނގެ މުހުލަތް ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންނަށް ޢުޤޫބާތް ދެއްވައި ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ |
﴿٤٥﴾ فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ |
އެރަށްތަކުގެ އަހުލުވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައްރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، ޢިމާރާތްތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟ |
﴿٤٦﴾ أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ |
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. |
﴿٤٧﴾ وَيَسْتَعْجِلُونَكَ بِالْعَذَابِ وَلَن يُخْلِفَ اللَّهُ وَعْدَهُ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ |
އެއުރެން ކަލޭގެފާނުގެ އަރިހުން ޢަޛާބު އަވަސްވުމަށް އެދޭނެތެވެ. އަދި ﷲ، އެކަލާނގެ ވަޢުދުފުޅަކާ ޚިލާފު ވެވޮޑިއެއް ނުގަންނަވާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި ޢަދަދު ކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ. |
﴿٤٨﴾ وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِيَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَيَّ الْمَصِيرُ |
އެ ރަށްތަކުގެ އަހުލުވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަންރަސްކަލާނގެ މުހުލަތް ދެއްވީ ކިތައްކިތައް ރަށަށް ހެއްޔެވެ؟ ދެން އެ ރަށްތަކުގެ އަހުލުވެރިންނަށް ޢުޤޫބާތް ދެއްވައި ހިއްޕެވީމެވެ. އަދި (އެއުރެން) ރުޖޫޢަ ވުންވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. |
﴿٤٩﴾ قُلْ يَا أَيُّهَا النَّاسُ إِنَّمَا أَنَا لَكُمْ نَذِيرٌ مُّبِينٌ |
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. |
﴿٥٠﴾ فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ |
ފަހެ، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނަށް ފާފުފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤު ހުށްޓެވެ. |
﴿٥١﴾ وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ أَصْحَابُ الْجَحِيمِ |
އަދި ތިމަންރަސްކަލާނގެ އާޔަތްތަކާމެދު، ދެކޮޅުހަދައި ނުކުޅައްދަން އުޅޭމީހުންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ. |
﴿٥٢﴾ وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ |
އެބޭކަލަކު ކިޔަވައިވިދާޅުވެއްޖެހިނދު، އެބޭކަލެއްގެ ކިޔަވައި ވިދާޅުވުމުގެ ތެރެޔަށް، ޝައިޠާނާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެކުރިން އެއްވެސް ރަސޫލަކު، އަދި ނަބިއްޔަކުވެސް، ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ﷲ، ޝައިޠާނާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން ﷲ، އެކަލާނގެ އާޔަތްތައް ޘާބިތު ކޮށްދެއްވަތެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. |
﴿٥٣﴾ لِّيَجْعَلَ مَا يُلْقِي الشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَالْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ الظَّالِمِينَ لَفِي شِقَاقٍ بَعِيدٍ |
އެއީ އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް، އިމްތިޙާނެއްކަމުގައި، ޝައިޠާނާ ވައްދާ ވަސްވާސްތެރިކަން ލެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އަނިޔާވެރިންވަނީ (ޙައްޤާ) ދުރުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރޭގައެވެ. |
﴿٥٤﴾ وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِن رَّبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ ۗ وَإِنَّ اللَّهَ لَهَادِ الَّذِينَ آمَنُوا إِلَىٰ صِرَاطٍ مُّسْتَقِيمٍ |
އަދި ޢިލްމު ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅުކަން އެނގުމަށްޓަކައެވެ. ދެން އެއަށް އީމާންވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހިގެންދިއުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲއީ، އީމާންވި މީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٥٥﴾ وَلَا يَزَالُ الَّذِينَ كَفَرُوا فِي مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ السَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ |
ކާފިރު ވިމީހުން، އެ ޤުރްއާނާމެދު ޝައްކުކަމެއްގައި ތިބުމުން ފިލައިނުދެތެވެ. ޤިޔާމަތް ވުމުގެ ވަގުތު ކުއްލިއަކަށް އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. ނުވަތަ ރޭގަނޑެއް ނެތް ދުވަހެއްގެ (އެބަހީ: ޤިޔާމަތް ދުވަހުގެ) ޢަޛާބު، އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. |
﴿٥٦﴾ الْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ ۚ فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي جَنَّاتِ النَّعِيمِ |
އެދުވަހުން، ވެރިކަން މިލްކުވެގެންވަނީ ﷲއަށެވެ. އެއުރެންގެ މެދުގައި އެކަލާނގެ ޙުކުމް ކުރައްވާނެތެވެ. ފަހެ، އީމާންވެ ޞާލިޙު ޢަމަލުތައްކުޅަމީހުން ވާހުށީ، ނިޢުމަތުގެ ސުވަރުގެތަކުގައެވެ. |
﴿٥٧﴾ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا فَأُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ |
އަދި ކާފިރުވެ، ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި ޢަޛާބު ހުށްޓެވެ. |
﴿٥٨﴾ وَالَّذِينَ هَاجَرُوا فِي سَبِيلِ اللَّهِ ثُمَّ قُتِلُوا أَوْ مَاتُوا لَيَرْزُقَنَّهُمُ اللَّهُ رِزْقًا حَسَنًا ۚ وَإِنَّ اللَّهَ لَهُوَ خَيْرُ الرَّازِقِينَ |
އަދި ﷲގެ މަގުގައި ހިޖުރަ ކޮށް، ދެން (ހަނގުރާމަކޮށް) ޤަތުލު ވީ މީހުންނަށް، ނުވަތަ މަރުވި މީހުންނަށް، ހަމަކަށަވަރުން، ﷲ، އެއުރެންނަށް ރަނގަޅު ރިޒްޤުން ރިޒްޤު ދެއްވާނެތެވެ. ހަމަކަށަވަރުން، ﷲއީ، ރިޒްޤު ދެއްވާ އެންމެހެޔޮ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٥٩﴾ لَيُدْخِلَنَّهُم مُّدْخَلًا يَرْضَوْنَهُ ۗ وَإِنَّ اللَّهَ لَعَلِيمٌ حَلِيمٌ |
ހަމަކަށަވަރުން، އެއުރެން ރުހޭތަނަކަށް (އެބަހީ: ސުވަރުގެއަށް) އެކަލާނގެ، އެއުރެން ވައްދަވާހުށްޓެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަލީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٦٠﴾ ۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِ ثُمَّ بُغِيَ عَلَيْهِ لَيَنصُرَنَّهُ اللَّهُ ۗ إِنَّ اللَّهَ لَعَفُوٌّ غَفُورٌ |
(ކަންހުރިމަގީ) އެއީއެވެ. އަދި އެމީހަކަށް ލިބުނު އަނިޔާއާ އެއްފަދަ ޖަޒާއެއް ދީފިމީހާ، ދެން އޭނާގެމައްޗަށް އަނިޔާ އިތުރަށް ދީފިނަމަ، ހަމަކަށަވަރުން، ﷲ، އޭނާޔަށް ނަޞްރު ދެއްވާހުށްޓެވެ. ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ޢަފޫ ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٦١﴾ ذَٰلِكَ بِأَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَأَنَّ اللَّهَ سَمِيعٌ بَصِيرٌ |
އެހެނީ، ހަމަކަށަވަރުން، ﷲ، ދުވާލުގެތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، ރަސްކަލާނގެއެވެ. |
﴿٦٢﴾ ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ |
އެހެނީ، ހަމަކަށަވަރުން، ﷲއީ، ޙައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، ﷲއީ، އެންމެމަތިވެރި، އެންމެޢަޡަމަތްތެރި ރަސްކަލާނގެއެވެ. |
﴿٦٣﴾ أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ |
ހަމަކަށަވަރުން، ﷲ، އުޑުން ފެންވެއްސަވައި، ދެން (ގަސްގަހާގެހިން) ބިންގަނޑަށް ފެހިކަންލިބޭތީ ތިބާ ނުދެކެމުހެއްޔެވެ؟ ހަމަކަށަވަރުން، ﷲއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿٦٤﴾ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ |
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ހަމަކަށަވަރުން، ﷲއީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٦٥﴾ أَلَمْ تَرَ أَنَّ اللَّهَ سَخَّرَ لَكُم مَّا فِي الْأَرْضِ وَالْفُلْكَ تَجْرِي فِي الْبَحْرِ بِأَمْرِهِ وَيُمْسِكُ السَّمَاءَ أَن تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ ۗ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ |
ހަމަކަށަވަރުން، ﷲ، ބިމުގައިވާހާތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެކަލާނގެ އަމުރުފުޅާ އެކުގައިކަމާއި، އެކަލާނގެ އިޛުނަފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، ﷲއީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٦٦﴾ وَهُوَ الَّذِي أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ الْإِنسَانَ لَكَفُورٌ |
އެކަލާނގެއީ، ތިޔަބައިމީހުން (ނެތުމުގެތެރެއިން) ދިރުއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން (އަލުން) ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އިންސާނާއަކީ (ނިޢުމަތްތަކަށް) ދެކޮޅުހަދައި، ކާފިރު ވުން ބޮޑު މީހެއްކަން ކަށަވަރެވެ. |
﴿٦٧﴾ لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَازِعُنَّكَ فِي الْأَمْرِ ۚ وَادْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ |
ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްވެސް ޝަރީޢަތެއް، އެއުރެން އެއަށް ތަބަޢަ ވުމަށްޓަކައި ލެއްވީމެވެ. ފަހެ، އެއުރެން އެކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ހިދާޔަތެއްގެ މަތީގައިކަން ކަށަވަރެވެ. |
﴿٦٨﴾ وَإِن جَادَلُوكَ فَقُلِ اللَّهُ أَعْلَمُ بِمَا تَعْمَلُونَ |
އަދި އެއުރެން ކަލޭގެފާނާ ޖަދަލު ކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ ކަންތައް ﷲ ދެނެވޮޑިގަތުން ބޮޑެވެ. |
﴿٦٩﴾ اللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ |
ތިޔަބައިމީހުން ޚިލާފު ވެއުޅުނު ކަންތަކާމެދު، ޤިޔާމަތް ދުވަހުން، ﷲ ތިޔަބައިމީހުންގެ މެދުގައި ޙުކުމް ކުރައްވާނެތެވެ. |
﴿٧٠﴾ أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ |
ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަކީ، ﷲއަށް ދާދިފަސޭހަކަމެކެވެ. |
﴿٧١﴾ وَيَعْبُدُونَ مِن دُونِ اللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَمَا لَيْسَ لَهُم بِهِ عِلْمٌ ۗ وَمَا لِلظَّالِمِينَ مِن نَّصِيرٍ |
(އެތަކެއްޗަށް އަޅުކަންކުރުމަށް) އެއްވެސް ދަލީލެއް އެކަލާނގެ ބާވައިލައްވާފައިނުވާ ތަކެއްޗަށް، ﷲ ފިޔަވައި އެއުރެން އަޅުކަން ކުރެތެވެ. އަދި އެއުރެންނަކަށް އެކަމާމެދު އެއްވެސް ޢިލްމެއް ލިބިގެނެއް ނުވެތެވެ. އަދި އަނިޔާވެރިންނަށް، ނަޞްރު ދޭނެ އެއްވެސްމީހަކު ނުވެތެވެ. |
﴿٧٢﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ تَعْرِفُ فِي وُجُوهِ الَّذِينَ كَفَرُوا الْمُنكَرَ ۖ يَكَادُونَ يَسْطُونَ بِالَّذِينَ يَتْلُونَ عَلَيْهِمْ آيَاتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُ ۗ النَّارُ وَعَدَهَا اللَّهُ الَّذِينَ كَفَرُوا ۖ وَبِئْسَ الْمَصِيرُ |
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، ކާފިރުވި މީހުންގެ މޫނުމަތިން ދެކޮޅުވެރިކަމާއި، ނުރުހުމުގެ ޢަލާމަތްތައް ތިބާޔަށް ފެންނާނެތެވެ. ތިމަންރަސްކަލާނގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް ދެންމެދެންމެ އެއުރެން އަރައިދާނެކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެކަންތަކަށްވުރެ ބޮޑު ނުބަޔަކާ ތިޔަބައިމީހުން ކުރިމަތިވާނެކަމަށް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޚަބަރު ދެއްވަން ހެއްޔެވެ؟ އެއީ ނަރަކައެވެ. ކާފިރުވި މީހުންނަށް ﷲ ވަނީ، އެ ނަރަކަ ވަޢުދު ކުރައްވައިފައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ. |
﴿٧٣﴾ يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ |
އޭ މީސްތަކުންނޭވެ! (ﷲ) މިޘާލެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. |
﴿٧٤﴾ مَا قَدَرُوا اللَّهَ حَقَّ قَدْرِهِ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ |
ﷲއަށް ޤަދަރު ކުރުން ޙައްޤު ވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް ޤަދަރެއް ނުކުރެތެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
﴿٧٥﴾ اللَّهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ |
ﷲ، މަލާއިކަތުންގެ ތެރެއިންނާއި މީސްތަކުންގެތެރެއިން ރަސޫލުން ޚިޔާރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿٧٦﴾ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى اللَّهِ تُرْجَعُ الْأُمُورُ |
އެއުރެންގެ ކުރިމަތީގައި ވާހާކަމަކާއި އެއުރެންގެ ފަހަތުގައި ވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެންމެހާ ކަންތައް ރުޖޫޢަ ކުރައްވާހުށީ ﷲގެ ޙަޟްރަތަށެވެ. |
﴿٧٧﴾ يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩ |
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢު ކޮށް، ސަޖިދަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ. |
﴿٧٨﴾ وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ ۚ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَاهِيمَ ۚ هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ ۚ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ |
އަދި ﷲގެ މަގުގައި ޖިހާދު ކުރުން ޙައްޤު ވެގެންވާ ގޮތުގައި ތިޔަބައިމީހުން ޖިހާދު ކުރާށެވެ! (އުއްމަތްތަކުގެތެރެއިން) އެކަލާނގެ ތިޔަބައިމީހުން ޚިޔާރު ކުރެއްވިއެވެ. އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. ތިޔަބައިމީހުންގެ ބަފައިކަލުނަވި އިބްރާހީމުގެފާނުގެ މިއްލަތަށް ތިޔަބައިމީހުން ތަބަޢަ ވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި ޤުރްއާނުގައި ތިޔަބައިމީހުންނަށް މުސްލިމުންގެ ނަން ދެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލަކުކަމުގައި ރަސޫލާ ވުމަށްޓަކައެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން ﷲގެ ދީނުގައި ގަދަޔަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި ނަޞްރު ދެއްވާކަލާނގެ މޮޅުކަމާއެވެ! |
|