|
| ﴿١﴾ ق ۚ وَالْقُرْآنِ الْمَجِيدِ |
| ق (މި އަކުރުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މާތްވެގެންވާ ޤުރްއާން ގަންދެއްވައި ވަޙީ ކުރައްވަމެވެ. (ހަމަކަށަވަރުން، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ މުޙައްމަދުގެފާނު ފޮނުއްވީމެވެ.) |
| ﴿٢﴾ بَلْ عَجِبُوا أَن جَاءَهُم مُّنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَٰذَا شَيْءٌ عَجِيبٌ |
| އަދި ކިއެއްތަ! އިންޛާރު ކުރައްވާ ބޭކަލަކު އެއުރެންގެ ތެރެއިން، އެއުރެންގެ ގާތަށް ވަޑައިގަތްކަމަށްޓަކައި، އެއުރެން ޙާއިރާން ވޫއެވެ. ފަހެ، ކާފިރުން ބުނޫއެވެ. މިއީ ޢަޖާއިބު ވާފަދަ ކަމެކެވެ. |
| ﴿٣﴾ أَإِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌ بَعِيدٌ |
| (ތިމަންމެން އަލުން ދިރުމަކަށް ރުޖޫޢަ ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާ ހެއްޔެވެ؟ އެއީ ވަރަށްވެސް ދުރު ރުޖޫޢަ ވުމެކެވެ. |
| ﴿٤﴾ قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَابٌ حَفِيظٌ |
| ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ. |
| ﴿٥﴾ بَلْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ فَهُمْ فِي أَمْرٍ مَّرِيجٍ |
| އަދި ކިއެއްތަ! އެއުރެންގެ ގާތަށް ޙައްޤު އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް ޙާލަތެއްގެ ތެރޭގައެވެ. |
| ﴿٦﴾ أَفَلَمْ يَنظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ |
| ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. |
| ﴿٧﴾ وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ بَهِيجٍ |
| އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. |
| ﴿٨﴾ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ |
| (އެއީ ތިމަންރަސްކަލާނގެއަށް) ތައުބާވާ ކޮންމެ އަޅަކަށް ޢިބްރަތެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ. |
| ﴿٩﴾ وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ |
| އަދި ތިމަންރަސްކަލާނގެ އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. |
| ﴿١٠﴾ وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ |
| އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) |
| ﴿١١﴾ رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ |
| (އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ. |
| ﴿١٢﴾ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ |
| އެއުރެންގެ ކުރީގައި، ނޫޙުގެފާނުގެ ޤައުމުގެމީހުންނާއި، ރައްސުގެ އެކުވެރިންނާއި، ޘަމޫދު ބާގައިމީހުން (ރަސޫލުން) ދޮގުކުރޫއެވެ. |
| ﴿١٣﴾ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ |
| އަދި ޢާދު ބާގައިމީހުންނާއި، ފިރްޢައުނާއި ލޫޠުގެފާނުގެ އިޚްވާނުންވެސް (ދޮގުކުރޫއެވެ.) |
| ﴿١٤﴾ وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ |
| އަދި އަލްއައިކަތުގެ އެކުވެރިންނާއި، ތުއްބަޢުގެ ޤައުމުގެމީހުންނާއި، އެހުރިހާ އެންމެންވެސް ރަސޫލުން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ ވަޢީދު (އެއުރެންނަށް) ޙައްޤު ވެއްޖެއެވެ. |
| ﴿١٥﴾ أَفَعَيِينَا بِالْخَلْقِ الْأَوَّلِ ۚ بَلْ هُمْ فِي لَبْسٍ مِّنْ خَلْقٍ جَدِيدٍ |
| ފަހެ، ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން އިޢާދަ ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއްތަ! އެއުރެންވަނީ އަލުން ހެއްދެވުމާމެދު ޝައްކެއްގައެވެ. |
| ﴿١٦﴾ وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ |
| އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ. |
| ﴿١٧﴾ إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ |
| (އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ މަލާއިކަތުން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ. |
| ﴿١٨﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ |
| (ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. |
| ﴿١٩﴾ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ |
| އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ. |
| ﴿٢٠﴾ وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ |
| (އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (ކާފިރުންނަށް ޢަޛާބުގެ) ވަޢީދު އަންނަ ދުވަހެވެ. |
| ﴿٢١﴾ وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ |
| އަދި (އެދުވަހު) ކޮންމެ ނަފްސެއް (މަޙްޝަރު ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ މަލާއިކަތަކާއި، ހެތްކަކުވާ ޙާލުގައެވެ. |
| ﴿٢٢﴾ لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ |
| ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު ޣާފިލުކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. |
| ﴿٢٣﴾ وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ |
| އަދި އޭނާޔާ ޙަވާލު ވެފައިވާ މަލާއިކަތާ ވިދާޅުވާނެތެވެ. އަހުރެންނާއެކު ޙާޟިރު ކުރައްވާފައިވަނީ އޭނާގެ ޢަމަލުތަކުގެ ފަތެވެ. |
| ﴿٢٤﴾ أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ |
| (އެ ދެ މަލާއިކަތުންނަށް އަންގަވާނެތެވެ.) ޙައްޤާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ ކާފިރަކު ނަރަކަޔަށް އެއްލަވާށެވެ! |
| ﴿٢٥﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ |
| (އެއީ) ހެޔޮކަންތައް މަނާކުރުން ގިނަ އަނިޔާވެރި، ދީނާމެދު ޝައްކު ކުރާ ކޮންމެ މީހެކެވެ. |
| ﴿٢٦﴾ الَّذِي جَعَلَ مَعَ اللَّهِ إِلَٰهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ |
| އެއީ ﷲއާއެކު އެހެން އިލާހަކު ޝަރީކު ކުރި މީހާއެވެ. ފަހެ، ތިޔަ ދެ މަލާއިކަތުން، އޭނާ ގަދަފަދަ ޢަޛާބުގެ ތެރެޔަށް އެއްލަވާށެވެ! |
| ﴿٢٧﴾ ۞ قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِن كَانَ فِي ضَلَالٍ بَعِيدٍ |
| އޭނާޔާ އެކުގައިވާ ޝައިޠާނާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ. |
| ﴿٢٨﴾ قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ |
| އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް ޢަޛާބުގެ ވަޢީދު ވަނީ އިސްކުރައްވާފައެވެ. |
| ﴿٢٩﴾ مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ |
| ތިމަންރަސްކަލާނގެ ޙަޟްރަތުގައި ވަޢީދުގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. |
| ﴿٣٠﴾ يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ |
| އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ. |
| ﴿٣١﴾ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ |
| އަދި ތަޤްވާވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ. |
| ﴿٣٢﴾ هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ |
| (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) ﷲގެ ޙަޟްރަތަށް ގިނަގިނައިން ރުޖޫޢަވާ، އަދި އެކަލާނގެ ޢަހުދުތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ. |
| ﴿٣٣﴾ مَّنْ خَشِيَ الرَّحْمَٰنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُّنِيبٍ |
| (އެއީ) ރަޙްމާންވަންތަ ރަސްކަލާނގެއަށް ޣައިބުގައި ބިރުވެތިވެ، އަދި އެކަލާނގެ ޙަޟްރަތަށް ތައުބާވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. |
| ﴿٣٤﴾ ادْخُلُوهَا بِسَلَامٍ ۖ ذَٰلِكَ يَوْمُ الْخُلُودِ |
| (ތަޤްވާވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން އަމާންކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ. |
| ﴿٣٥﴾ لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ |
| އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައި އިތުރު ނިޢުމަތްތައްވެސް ވެއެވެ. |
| ﴿٣٦﴾ وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِن مَّحِيصٍ |
| އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟ |
| ﴿٣٧﴾ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ |
| ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ ޙާޟިރު ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި ނަޞޭޙަތާއި ޢިބްރަތް ވާކަން ކަށަވަރެވެ. |
| ﴿٣٨﴾ وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ |
| ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. |
| ﴿٣٩﴾ فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ |
| ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ޙަމްދާއެކު ތަސްބީޙަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ! |
| ﴿٤٠﴾ وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ |
| އަދި ރޭގަނޑުގައި އެކަލާނގެއަށް ތަސްބީޙަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، ތަސްބީޙަ ވިދާޅުވާށެވެ! |
| ﴿٤١﴾ وَاسْتَمِعْ يَوْمَ يُنَادِ الْمُنَادِ مِن مَّكَانٍ قَرِيبٍ |
| އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ! |
| ﴿٤٢﴾ يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ۚ ذَٰلِكَ يَوْمُ الْخُرُوجِ |
| (އެއީ) އެއުރެންނަށް (އެބަހީ: ޚަލްޤުތަކުންނަށް) ޙައްޤު ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ. |
| ﴿٤٣﴾ إِنَّا نَحْنُ نُحْيِي وَنُمِيتُ وَإِلَيْنَا الْمَصِيرُ |
| ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންރަސްކަލާނގެއެވެ. އަދި (އެންމެހާ ތަކެތި) ރުޖޫޢަ ވުންވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. |
| ﴿٤٤﴾ يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ |
| (އެއީ) އެއުރެންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް މަޙްޝަރު ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ. |
| ﴿٤٥﴾ نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَا أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ |
| އެއުރެން (އެބަހީ: ކާފިރުން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ ވަޢީދަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު ޤުރްއާނުން ވަޢުޡާއި ނަޞޭޙަތް އިއްވަވާށެވެ! |
|