×
އަލް އިންފިތާރް
ފަހަތަށް
الإنفطار ކުރިއަށް
﴿١﴾ إِذَا السَّمَاءُ انفَطَرَتْ
އުޑު ފަޅަފަޅައިގެންދާ ހިނދެވެ.
﴿٢﴾ وَإِذَا الْكَوَاكِبُ انتَثَرَتْ
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.
﴿٣﴾ وَإِذَا الْبِحَارُ فُجِّرَتْ
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ.
﴿٤﴾ وَإِذَا الْقُبُورُ بُعْثِرَتْ
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ.
﴿٥﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
(އެހިނދު) ކޮންމެ ނަފްސަކަށް، އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
﴿٦﴾ يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
﴿٧﴾ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.
﴿٨﴾ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ
އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، ތަރުކީބު ކުރެއްވިއެވެ.
﴿٩﴾ كَلَّا بَلْ تُكَذِّبُونَ بِالدِّينِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (ޤިޔާމަތް ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ.
﴿١٠﴾ وَإِنَّ عَلَيْكُمْ لَحَافِظِينَ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ.
﴿١١﴾ كِرَامًا كَاتِبِينَ
(އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ.
﴿١٢﴾ يَعْلَمُونَ مَا تَفْعَلُونَ
ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ.
﴿١٣﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ.
﴿١٤﴾ وَإِنَّ الْفُجَّارَ لَفِي جَحِيمٍ
އަދި ހަމަކަށަވަރުން، ކާފިރުންވަނީ، ނަރަކައިގައިކަން ކަށަވަރެވެ.
﴿١٥﴾ يَصْلَوْنَهَا يَوْمَ الدِّينِ
ޤިޔާމަތް ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ.
﴿١٦﴾ وَمَا هُمْ عَنْهَا بِغَائِبِينَ
އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ.
﴿١٧﴾ وَمَا أَدْرَاكَ مَا يَوْمُ الدِّينِ
ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿١٨﴾ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
ދެންވެސް ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿١٩﴾ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ
(އެއީ) އެއްވެސް ނަފްސެއް، އަނެއް ނަފްސަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، އަމުރުވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) ﷲއަށެވެ.
ފަހަތަށް
ކުރިއަށް