|
| ﴿١﴾ وَالْمُرْسَلَاتِ عُرْفًا |
| ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި، |
| ﴿٢﴾ فَالْعَاصِفَاتِ عَصْفًا |
| އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި، |
| ﴿٣﴾ وَالنَّاشِرَاتِ نَشْرًا |
| އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި، |
| ﴿٤﴾ فَالْفَارِقَاتِ فَرْقًا |
| ޙައްޤާއި ބާޠިލު ވަކިކުރާ (ޤުރްއާނުގެ) އާޔަތްތަކާއި، |
| ﴿٥﴾ فَالْمُلْقِيَاتِ ذِكْرًا |
| އަދި ހަނދުމަކޮށްދޭ އާޔަތްތައް (ރަސޫލުންނަށް) ގެނެސްދެއްވާ މަލާއިކަތުން ގަންދެއްވަމެވެ. |
| ﴿٦﴾ عُذْرًا أَوْ نُذْرًا |
| ޢުޛުރު ނެތިކުރެއްވުމަށާއި، އިންޛާރު ކުރެއްވުމަށެވެ. |
| ﴿٧﴾ إِنَّمَا تُوعَدُونَ لَوَاقِعٌ |
| ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ. |
| ﴿٨﴾ فَإِذَا النُّجُومُ طُمِسَتْ |
| ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ. |
| ﴿٩﴾ وَإِذَا السَّمَاءُ فُرِجَتْ |
| އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ. |
| ﴿١٠﴾ وَإِذَا الْجِبَالُ نُسِفَتْ |
| އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ. |
| ﴿١١﴾ وَإِذَا الرُّسُلُ أُقِّتَتْ |
| އަދި ރަސޫލުން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ. |
| ﴿١٢﴾ لِأَيِّ يَوْمٍ أُجِّلَتْ |
| އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟ |
| ﴿١٣﴾ لِيَوْمِ الْفَصْلِ |
| ނިޔާކުރައްވާ ދުވަހަށެވެ. |
| ﴿١٤﴾ وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ |
| އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿١٥﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
| ﴿١٦﴾ أَلَمْ نُهْلِكِ الْأَوَّلِينَ |
| ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟ |
| ﴿١٧﴾ ثُمَّ نُتْبِعُهُمُ الْآخِرِينَ |
| ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ. |
| ﴿١٨﴾ كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ |
| ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ. |
| ﴿١٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
| ﴿٢٠﴾ أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ |
| ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ |
| ﴿٢١﴾ فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ |
| ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: ރަޙިމުގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ. |
| ﴿٢٢﴾ إِلَىٰ قَدَرٍ مَّعْلُومٍ |
| އެނގިގެންވާ މުއްދަތަކަށެވެ. |
| ﴿٢٣﴾ فَقَدَرْنَا فَنِعْمَ الْقَادِرُونَ |
| ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ! |
| ﴿٢٤﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. |
| ﴿٢٥﴾ أَلَمْ نَجْعَلِ الْأَرْضَ كِفَاتًا |
| ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ |
| ﴿٢٦﴾ أَحْيَاءً وَأَمْوَاتًا |
| ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ |
| ﴿٢٧﴾ وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا |
| އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ. |
| ﴿٢٨﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
| ﴿٢٩﴾ انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ |
| (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ! |
| ﴿٣٠﴾ انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ |
| ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ! |
| ﴿٣١﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ |
| (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ. |
| ﴿٣٢﴾ إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ |
| ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ. |
| ﴿٣٣﴾ كَأَنَّهُ جِمَالَتٌ صُفْرٌ |
| އެ ކަނިތައް، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ. |
| ﴿٣٤﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
| ﴿٣٥﴾ هَٰذَا يَوْمُ لَا يَنطِقُونَ |
| މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ. |
| ﴿٣٦﴾ وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ |
| އަދި އެއުރެން ޢުޛުރު ދެއްކުމަކަށް، އެއުރެންނަކަށް އިޛުނައެއް ނުމެދެއްވާނޭމެއެވެ. |
| ﴿٣٧﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
| ﴿٣٨﴾ هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ |
| (ވަޙީ ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ. |
| ﴿٣٩﴾ فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ |
| ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ ޙީލަތެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްކަލާނގެއާމެދު ތިޔަބައިމީހުން ޙީލަތް ހަދައިބަލާށެވެ! |
| ﴿٤٠﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
| ﴿٤١﴾ إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ |
| ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ ނިޢުމަތުގައެވެ. |
| ﴿٤٢﴾ وَفَوَاكِهَ مِمَّا يَشْتَهُونَ |
| އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ. |
| ﴿٤٣﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ |
| (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! |
| ﴿٤٤﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ |
| އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. |
| ﴿٤٥﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
| ﴿٤٦﴾ كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ |
| (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. |
| ﴿٤٧﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
| ﴿٤٨﴾ وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ |
| ތިޔަބައިމީހުން (ނަމާދުކޮށް) ރުކޫޢު ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ރުކޫޢު ކޮށެއް ނޫޅެތެވެ. |
| ﴿٤٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. |
| ﴿٥٠﴾ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ |
| ފަހެ، އެ ޤުރްއާނަށްފަހު، އެއުރެން އީމާން ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ |
|