|
| ﴿١﴾ وَيْلٌ لِّلْمُطَفِّفِينَ |
| މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. |
| ﴿٢﴾ الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ |
| އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. |
| ﴿٣﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ |
| އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. |
| ﴿٤﴾ أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ |
| ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީން ނުކުރަނީ ހެއްޔެވެ؟ |
| ﴿٥﴾ لِيَوْمٍ عَظِيمٍ |
| ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީން ނުކުރަނީ ހެއްޔެވެ؟ |
| ﴿٦﴾ يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ |
| (އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި މީސްތަކުން ޤާއިމްވެ ތިބޭނޭ ދުވަހެވެ. |
| ﴿٧﴾ كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ ކާފިރުންގެ ޢަމަލުތަކުގެ ފަތްވަނީ ސިއްޖީނުގައިކަން ކަށަވަރެވެ. |
| ﴿٨﴾ وَمَا أَدْرَاكَ مَا سِجِّينٌ |
| ސިއްޖީނަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿٩﴾ كِتَابٌ مَّرْقُومٌ |
| (އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ. |
| ﴿١٠﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
| ﴿١١﴾ الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ |
| އެއުރެންނީ، ޤިޔާމަތް ދުވަސް ދޮގުކުރާ މީހުންނެވެ. |
| ﴿١٢﴾ وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ |
| ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ. |
| ﴿١٣﴾ إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ |
| ތިމަންރަސްކަލާނގެ އާޔަތްތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. |
| ﴿١٤﴾ كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ. |
| ﴿١٥﴾ كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. |
| ﴿١٦﴾ ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ |
| ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ. |
| ﴿١٧﴾ ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ |
| ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ. |
| ﴿١٨﴾ كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ ޢަމަލުތަކުގެ ފަތްވަނީ ޢިއްލިއްޔޫނުގައި ކަންކަށަވަރެވެ. |
| ﴿١٩﴾ وَمَا أَدْرَاكَ مَا عِلِّيُّونَ |
| ޢިއްލިއްޔޫނަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿٢٠﴾ كِتَابٌ مَّرْقُومٌ |
| (އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ. |
| ﴿٢١﴾ يَشْهَدُهُ الْمُقَرَّبُونَ |
| ކުއްތަންކުރައްވާފައިވާ މަލާއިކަތުން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ. |
| ﴿٢٢﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ |
| ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ. |
| ﴿٢٣﴾ عَلَى الْأَرَائِكِ يَنظُرُونَ |
| ދާންތަކުގެ މަތީގައި (ނިޢުމަތްތަކަށް) ބަލަބަލައެވެ. |
| ﴿٢٤﴾ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ |
| އެއުރެންގެ މޫނުތަކުގެމަތިން، ނިޢުމަތުގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ. |
| ﴿٢٥﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ |
| ސިއްކަޖައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ. |
| ﴿٢٦﴾ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ |
| އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! |
| ﴿٢٧﴾ وَمِزَاجُهُ مِن تَسْنِيمٍ |
| އެއާ އެއްކުރައްވާފައިވަނީ ތަސްނީމެވެ. |
| ﴿٢٨﴾ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ |
| (އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ. |
| ﴿٢٩﴾ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ |
| ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) އީމާންވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ. |
| ﴿٣٠﴾ وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ |
| އަދި އެއުރެން އެ މުއުމިނުންގެ ކައިރިންދާހިނދު، ލޮލުގެ އިޝާރަތުން ފުރައްސާރަ ކުރެތެވެ. |
| ﴿٣١﴾ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ |
| އަދި އެއުރެންގެ އަހުލުވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ. |
| ﴿٣٢﴾ وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ |
| އަދި އެއުރެން މުއުމިނުން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ. |
| ﴿٣٣﴾ وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ |
| އަދި މުއުމިނުންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ ކާފިރުން ފޮނުއްވާފައެއް ނުވެއެވެ. |
| ﴿٣٤﴾ فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ |
| ފަހެ، އީމާންވި މީހުން މިއަދު ކާފިރުންނާ ދިމާޔަށް ހޭނެތެވެ. |
| ﴿٣٥﴾ عَلَى الْأَرَائِكِ يَنظُرُونَ |
| ދާންތަކުގެ މަތީގައި (ނިޢުމަތްތަކަށް) ބަލަބަލައެވެ. |
| ﴿٣٦﴾ هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ |
| ކާފިރުންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟ |
|