|
| ﴿١﴾ قُلْ أَعُوذُ بِرَبِّ الْفَلَقِ |
| ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. |
| ﴿٢﴾ مِن شَرِّ مَا خَلَقَ |
| އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. |
| ﴿٣﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ |
| އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. |
| ﴿٤﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ |
| އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. |
| ﴿٥﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ |
| އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. |
|