|
| ﴿١﴾ سَبِّحِ اسْمَ رَبِّكَ الْأَعْلَى |
| ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
| ﴿٢﴾ الَّذِي خَلَقَ فَسَوَّىٰ |
| އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ. |
| ﴿٣﴾ وَالَّذِي قَدَّرَ فَهَدَىٰ |
| އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ. |
| ﴿٤﴾ وَالَّذِي أَخْرَجَ الْمَرْعَىٰ |
| އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ. |
| ﴿٥﴾ فَجَعَلَهُ غُثَاءً أَحْوَىٰ |
| އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ. |
| ﴿٦﴾ سَنُقْرِئُكَ فَلَا تَنسَىٰ |
| ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ ޤުރްއާން) ހަނދުމަފުޅެއް ނުނެތޭނެތެވެ. |
| ﴿٧﴾ إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ |
| (ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. |
| ﴿٨﴾ وَنُيَسِّرُكَ لِلْيُسْرَىٰ |
| އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ. |
| ﴿٩﴾ فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ |
| ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ! |
| ﴿١٠﴾ سَيَذَّكَّرُ مَن يَخْشَىٰ |
| (ﷲއަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ. |
| ﴿١١﴾ وَيَتَجَنَّبُهَا الْأَشْقَى |
| އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ. |
| ﴿١٢﴾ الَّذِي يَصْلَى النَّارَ الْكُبْرَىٰ |
| އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ. |
| ﴿١٣﴾ ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ |
| ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ. |
| ﴿١٤﴾ قَدْ أَفْلَحَ مَن تَزَكَّىٰ |
| (ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
| ﴿١٥﴾ وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ |
| (ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
| ﴿١٦﴾ بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا |
| އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. |
| ﴿١٧﴾ وَالْآخِرَةُ خَيْرٌ وَأَبْقَىٰ |
| އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. |
| ﴿١٨﴾ إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ |
| ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ. |
| ﴿١٩﴾ صُحُفِ إِبْرَاهِيمَ وَمُوسَىٰ |
| އިބްރާހީމުގެފާނާއި، މޫސާގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ. |
|