|
| ﴿١﴾ قُلْ يَا أَيُّهَا الْكَافِرُونَ |
| ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ! |
| ﴿٢﴾ لَا أَعْبُدُ مَا تَعْبُدُونَ |
| ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ. |
| ﴿٣﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ |
| އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ ﷲއަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. |
| ﴿٤﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ |
| އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. |
| ﴿٥﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ |
| އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ ﷲއަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. |
| ﴿٦﴾ لَكُمْ دِينُكُمْ وَلِيَ دِينِ |
| ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ. |
|