|
| ﴿١﴾ قُلْ أَعُوذُ بِرَبِّ النَّاسِ |
| ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. |
| ﴿٢﴾ مَلِكِ النَّاسِ |
| (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. |
| ﴿٣﴾ إِلَٰهِ النَّاسِ |
| (އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ. |
| ﴿٤﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ |
| ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) |
| ﴿٥﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ |
| އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. |
| ﴿٦﴾ مِنَ الْجِنَّةِ وَالنَّاسِ |
| ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ. |
|