|
﴿١﴾ إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ |
ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، ﷲގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާކަން ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، މުނާފިޤުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ. |
﴿٢﴾ اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ |
އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން ﷲގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! |
﴿٣﴾ ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ |
އެއީ އެއުރެން އީމާންވެ، ދެން އެއަށްފަހު ކާފިރު ވީކަމުގެ ސަބަބުންނެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވަނީ ސިއްކަޖައްސަވައިފައެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެތެވެ. |
﴿٤﴾ ۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ |
އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު ޢަޖާއިބު ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ ޙަމަލާއެއް ކަމުގައެވެ. އެއުރެންނީ، ހަމަ ޢަދާވަތްތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! ﷲ، އެއުރެންނަށް ލަޢުނަތް ލައްވާހުށްޓެވެ. އެއުރެން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟ |
﴿٥﴾ وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ |
އަދި ﷲގެ ރަސޫލާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް ދުޢާ ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެންގެ ބޯތައް ހޫރުވައިލައެވެ. އަދި އެއުރެން ކިބުރުވެރިވެގެންވާ ޙާލުގައި، އެއުރެން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. |
﴿٦﴾ سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّهُ لَهُمْ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ |
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު ދުޢާ ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު ދުޢާ ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ﷲ، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، ފާސިޤު ވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ. |
﴿٧﴾ هُمُ الَّذِينَ يَقُولُونَ لَا تُنفِقُوا عَلَىٰ مَنْ عِندَ رَسُولِ اللَّهِ حَتَّىٰ يَنفَضُّوا ۗ وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ |
އެއުރެން (ﷲގެ ރަސޫލާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން ﷲގެ ރަސޫލާ އަރިހުގައި ތިބިބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާމީހުންނީ، އެއުރެންނެވެ. އަދި އުޑުތަކާއި، ބިމުގައިވާ ޚަޒާނާތައް މިލްކުވެގެންވަނީ، ﷲއަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނުވިސްނެތެވެ. |
﴿٨﴾ يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ |
އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ ޢިއްޒަތްތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެންނަކުން ނޫނެވެ.) ޢިއްޒަތް ވަނީ، ﷲއަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެތެވެ. |
﴿٩﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَٰئِكَ هُمُ الْخَاسِرُونَ |
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލު ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ. |
﴿١٠﴾ وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ |
އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި އަޖަލަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ ޞަދަޤާތް ކޮށް، ޞާލިޙު އަޅުންގެ ތެރެއިން ވާހުށީމެވެ. |
﴿١١﴾ وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ |
އަދި ﷲ، އެއްވެސް ނަފްސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|