×
އަލް ޣާޝިޔަ
ފަހަތަށް
الغاشية ކުރިއަށް
﴿١﴾ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ
ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ(އެބަހީ: ޤިޔާމަތުގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
﴿٢﴾ وُجُوهٌ يَوْمَئِذٍ خَاشِعَةٌ
އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.
﴿٣﴾ عَامِلَةٌ نَّاصِبَةٌ
މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.
﴿٤﴾ تَصْلَىٰ نَارًا حَامِيَةً
ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ.
﴿٥﴾ تُسْقَىٰ مِنْ عَيْنٍ آنِيَةٍ
ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.
﴿٦﴾ لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.
﴿٧﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ
(އެ ކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.
﴿٨﴾ وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
އެދުވަހުން ނިޢުމަތް ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.
﴿٩﴾ لِّسَعْيِهَا رَاضِيَةٌ
ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ.
﴿١٠﴾ فِي جَنَّةٍ عَالِيَةٍ
މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
﴿١١﴾ لَّا تَسْمَعُ فِيهَا لَاغِيَةً
(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ.
﴿١٢﴾ فِيهَا عَيْنٌ جَارِيَةٌ
ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.
﴿١٣﴾ فِيهَا سُرُرٌ مَّرْفُوعَةٌ
އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.
﴿١٤﴾ وَأَكْوَابٌ مَّوْضُوعَةٌ
އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
﴿١٥﴾ وَنَمَارِقُ مَصْفُوفَةٌ
އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.
﴿١٦﴾ وَزَرَابِيُّ مَبْثُوثَةٌ
އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.
﴿١٧﴾ أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ
ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.
﴿١٨﴾ وَإِلَى السَّمَاءِ كَيْفَ رُفِعَتْ
އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟
﴿١٩﴾ وَإِلَى الْجِبَالِ كَيْفَ نُصِبَتْ
އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟
﴿٢٠﴾ وَإِلَى الْأَرْضِ كَيْفَ سُطِحَتْ
އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟
﴿٢١﴾ فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ
ފަހެ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.
﴿٢٢﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ
އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
﴿٢٣﴾ إِلَّا مَن تَوَلَّىٰ وَكَفَرَ
ފުރަގަސްދީ، ކާފިރުވި މީހަކަށް މެނުވީއެވެ.
﴿٢٤﴾ فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ
ފަހެ، ﷲ، އެމީހަކަށް ބޮޑުވެގެންވާ ޢަޛާބުން ޢަޛާބު ދެއްވާނެތެވެ.
﴿٢٥﴾ إِنَّ إِلَيْنَا إِيَابَهُمْ
ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.
﴿٢٦﴾ ثُمَّ إِنَّ عَلَيْنَا حِسَابَهُم
ދެން އެއުރެންގެ ޙިސާބު ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.
ފަހަތަށް
ކުރިއަށް