|
| ﴿١﴾ وَالطُّورِ |
| ޠޫރު ފަރުބަދައާއި، |
| ﴿٢﴾ وَكِتَابٍ مَّسْطُورٍ |
| ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، |
| ﴿٣﴾ فِي رَقٍّ مَّنشُورٍ |
| ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، |
| ﴿٤﴾ وَالْبَيْتِ الْمَعْمُورِ |
| އަލްބައިތުލް މަޢުމޫރުއާއި (އެބަހީ: އުޑުގައި މަލާއިކަތުން އަޅުކަން ކުރައްވާ ތަނާއި) |
| ﴿٥﴾ وَالسَّقْفِ الْمَرْفُوعِ |
| އުފުލިގެންވާ އުޑާއި، |
| ﴿٦﴾ وَالْبَحْرِ الْمَسْجُورِ |
| ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
| ﴿٧﴾ إِنَّ عَذَابَ رَبِّكَ لَوَاقِعٌ |
| ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަޛާބަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. |
| ﴿٨﴾ مَّا لَهُ مِن دَافِعٍ |
| އެ ޢަޛާބު (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ. |
| ﴿٩﴾ يَوْمَ تَمُورُ السَّمَاءُ مَوْرًا |
| އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ. |
| ﴿١٠﴾ وَتَسِيرُ الْجِبَالُ سَيْرًا |
| އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ. |
| ﴿١١﴾ فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
| ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ. |
| ﴿١٢﴾ الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ |
| އެއުރެންނީ ހަމަ ބާޠިލު ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ. |
| ﴿١٣﴾ يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا |
| އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ. |
| ﴿١٤﴾ هَٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ |
| (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ. |
| ﴿١٥﴾ أَفَسِحْرٌ هَٰذَا أَمْ أَنتُمْ لَا تُبْصِرُونَ |
| ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ |
| ﴿١٦﴾ اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ |
| ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! އަދި (އެ ޢަޛާބަށް) ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ. |
| ﴿١٧﴾ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ |
| ހަމަކަށަވަރުން، ތަޤްވާވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ ނިޢުމަތުގައެވެ. |
| ﴿١٨﴾ فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ |
| (އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ ޢަޛާބުން އެއުރެން ދިންނެވިއެވެ. |
| ﴿١٩﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ |
| (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! |
| ﴿٢٠﴾ مُتَّكِئِينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَاهُم بِحُورٍ عِينٍ |
| (އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ ޙާލުގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ޙޫރުލްޢީނުން އަނބިކޮށްދެއްވީމެވެ. |
| ﴿٢١﴾ وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ |
| އަދި އީމާން ވިމީހުން އެއުރެންގެ ދަރިން އީމާން ވުމާއެކު، އެއުރެންނަށް ތަބަޢަ ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ. |
| ﴿٢٢﴾ وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ |
| އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ. |
| ﴿٢٣﴾ يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ |
| އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ. |
| ﴿٢٤﴾ ۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ |
| އަދި އެއުރެންނަށް ޚާއްޞަ ވެފައިވާ ފިރިހެންކުދިން އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ. |
| ﴿٢٥﴾ وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ |
| އަދި އެކަކު އަނެކަކާ ސުއާލު ކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. |
| ﴿٢٦﴾ قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ |
| އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ އަހުލުވެރިންގެ ތެރޭގައި އުޅުނުއިރު (ﷲގެ ޢަޛާބަށް) ބިރުވެތިވެގެންވީމުއެވެ. |
| ﴿٢٧﴾ فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ |
| ދެން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ ޢަޛާބުން ތިމަންމެން ދިންނެވިއެވެ. |
| ﴿٢٨﴾ إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ |
| ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އިޙްސާންތެރިވަންތަ، ރަޙީމްވަންތަ ކަލާނގެއެވެ. |
| ﴿٢٩﴾ فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ |
| ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތްފުޅުން ކަލޭގެފާނީ، ކާހިނަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ. |
| ﴿٣٠﴾ أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ |
| އަދި ކިއެއްތަ! އެއީ ޝާޢިރު އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ ޝާޢިރު މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ. |
| ﴿٣١﴾ قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ |
| ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ. |
| ﴿٣٢﴾ أَمْ تَأْمُرُهُمْ أَحْلَامُهُم بِهَٰذَا ۚ أَمْ هُمْ قَوْمٌ طَاغُونَ |
| އަދި ކިއެއްތަ! އެއުރެންގެ ބުއްދިތައް އެގޮތަށް ބުނުމަށް އެއުރެންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންނީ ވިސްނުމަކާނުލައި ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟ |
| ﴿٣٣﴾ أَمْ يَقُولُونَ تَقَوَّلَهُ ۚ بَل لَّا يُؤْمِنُونَ |
| އަދި ކިއެއްތަ! އެ ޤުރްއާނަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެއުރެން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން އީމާނެއް ނުވެތެވެ. |
| ﴿٣٤﴾ فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ |
| ފަހެ، އެއުރެންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ ޤުރްއާނަކާއިގެން އައިސްބަލާށެވެ! |
| ﴿٣٥﴾ أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ |
| އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟ |
| ﴿٣٦﴾ أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ |
| އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، އީމާން ނުވާ ބަޔެކެވެ. |
| ﴿٣٧﴾ أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ |
| އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޚަޒާނާތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟ |
| ﴿٣٨﴾ أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ |
| އަދި ކިއެއްތަ! (މަލާއިކަތުން ދައްކަވާ ވާހަކަފުޅު) އެއުރެން އެހުމަށް އެއުރެންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ، އެއުރެންކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ ޙުއްޖަތެއް ގެނެސްދީބަލާށެވެ! |
| ﴿٣٩﴾ أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ |
| އަދި ކިއެއްތަ! އެކަލާނގެއަށް އަންހެންދަރިންވެފައި، ފިރިހެންދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ |
| ﴿٤٠﴾ أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ |
| އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟ |
| ﴿٤١﴾ أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ |
| އަދި ކިއެއްތަ! ފަހެ، އެއުރެން އެއިން ލިޔުމަށް އެއުރެންގެ ގާތުގައި ޣައިބުގެ ޢިލްމު ވަނީ ހެއްޔެވެ؟ |
| ﴿٤٢﴾ أَمْ يُرِيدُونَ كَيْدًا ۖ فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ |
| އަދި ކިއެއްތަ! އެއުރެން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަން އެދެނީހެއްޔެވެ؟ ފަހެ، ކެހިވެރިކަން ރައްދުވާބަޔަކީ ކާފިރުންނެވެ. |
| ﴿٤٣﴾ أَمْ لَهُمْ إِلَٰهٌ غَيْرُ اللَّهِ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ |
| އަދި ކިއެއްތަ! ﷲ ފިޔަވައި އެހެން އިލާހެއް އެއުރެންނަށް ވަނީހެއްޔެވެ؟ އެއުރެން ޝަރީކު ކުރާ ތަކެތިން ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. |
| ﴿٤٤﴾ وَإِن يَرَوْا كِسْفًا مِّنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ |
| (އެއުރެންނަށް ޢަޛާބެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެއުރެންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެއުރެން ބުނާނެތެވެ. |
| ﴿٤٥﴾ فَذَرْهُمْ حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ |
| ފަހެ، އެއުރެން ހަލާކުވެގެންދާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
| ﴿٤٦﴾ يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ |
| (އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް ނަޞްރުވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ. |
| ﴿٤٧﴾ وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ |
| ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) ޢަޛާބުގެ އިތުރަށް ޢަޛާބު ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
| ﴿٤٨﴾ وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ |
| ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! |
| ﴿٤٩﴾ وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ |
| އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް ތަސްބީޙަ ވިދާޅުވާށެވެ! |
|