|
| ﴿١﴾ وَالذَّارِيَاتِ ذَرْوًا |
| ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި، |
| ﴿٢﴾ فَالْحَامِلَاتِ وِقْرًا |
| ފެންބަރުކައިފައިވާ ވިލާތަކާއި، |
| ﴿٣﴾ فَالْجَارِيَاتِ يُسْرًا |
| ފަސޭހަކޮށް ދުވާ އުޅަނދުފަހަރާއި، |
| ﴿٤﴾ فَالْمُقَسِّمَاتِ أَمْرًا |
| ކަންތައްތައް ބައްސަވާ މަލާއިކަތުންނާއި (މިހުރިހާ ތަކެތި) ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
| ﴿٥﴾ إِنَّمَا تُوعَدُونَ لَصَادِقٌ |
| ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތައްތަކަކީ، ޙައްޤު ތެދުކަން ކަށަވަރެވެ. |
| ﴿٦﴾ وَإِنَّ الدِّينَ لَوَاقِعٌ |
| އަދި (ތިޔަބައިމީހުންގެ ޢަމަލުތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ. |
| ﴿٧﴾ وَالسَّمَاءِ ذَاتِ الْحُبُكِ |
| (ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަންބޮޑު، އުޑު ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
| ﴿٨﴾ إِنَّكُمْ لَفِي قَوْلٍ مُّخْتَلِفٍ |
| ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (މުޙައްމަދުގެފާނާއި، ޤުރްއާނާމެދު) ޚިލާފު ވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ. |
| ﴿٩﴾ يُؤْفَكُ عَنْهُ مَنْ أُفِكَ |
| އެކަމުން ދުރުކުރައްވާފައިވަނީ (ﷲގެ ޢިލްމުފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ. |
| ﴿١٠﴾ قُتِلَ الْخَرَّاصُونَ |
| ދޮގުހަދާ މީހުންނަށް ލަޢުނަތް ލައްވާފައިވެއެވެ. |
| ﴿١١﴾ الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ |
| އެއުރެންނީ ޖާހިލުކަމުގެ ތެރެޔަށް ގެނބި، ޣާފިލު ވެފައިވާ މީހުންނެވެ. |
| ﴿١٢﴾ يَسْأَلُونَ أَيَّانَ يَوْمُ الدِّينِ |
| އެއުރެން (ފުރައްސާރައިގެގޮތުގައި) ސުއާލު ކުރެތެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
| ﴿١٣﴾ يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ |
| (އެއީ) ނަރަކައިގެ ޢަޛާބަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ. |
| ﴿١٤﴾ ذُوقُوا فِتْنَتَكُمْ هَٰذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ |
| (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު ޢަޛާބެވެ. |
| ﴿١٥﴾ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ |
| ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. |
| ﴿١٦﴾ آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ |
| އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ އިޙްސާންތެރިން ކަމުގައެވެ. |
| ﴿١٧﴾ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ |
| އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. |
| ﴿١٨﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ |
| އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ. |
| ﴿١٩﴾ وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ |
| އަދި ސުއާލު ކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ޙައްޤެއްވެއެވެ. |
| ﴿٢٠﴾ وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ |
| ޔަޤީން ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. |
| ﴿٢١﴾ وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ |
| އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟ |
| ﴿٢٢﴾ وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ |
| އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާހާ ކަމެއް (ގެއަމުރުފުޅު) އުޑުގައިވެއެވެ. |
| ﴿٢٣﴾ فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ |
| ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ ޙައްޤު ތެދުކަން ކަށަވަރެވެ. |
| ﴿٢٤﴾ هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ |
| އިބްރާހީމުގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
| ﴿٢٥﴾ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ |
| އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، ސަލާމަން މިހެން ވިދާޅުވެ ސަލާމް ކުރެއްވޫއެވެ. ދެން އެކަލޭގެފާނު ސަލާމް މިހެން ވިދާޅުވެ ސަލާމް ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ. |
| ﴿٢٦﴾ فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ |
| ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ. |
| ﴿٢٧﴾ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ |
| ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟ |
| ﴿٢٨﴾ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ |
| ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި މަލާއިކަތުންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް ޢިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވޫއެވެ. |
| ﴿٢٩﴾ فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ |
| ފަހެ (އެ އުފާވެރި ޚަބަރު އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟) |
| ﴿٣٠﴾ قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ |
| އެ މަލާއިކަތުން ދެންނެވޫއެވެ. ކަމަނާގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
| ﴿٣١﴾ ۞ قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ މަލާއިކަތުންނެވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟ |
| ﴿٣٢﴾ قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ |
| އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި ޤައުމެއްގެ މީހުންގެ ގާތަށެވެ. |
| ﴿٣٣﴾ لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ |
| (އެއީ) އެއުރެންގެ މައްޗަށް މަށީގެ ހިލަ އުއްކެވުމަށްޓަކައެވެ. |
| ﴿٣٤﴾ مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ |
| (އެއީ) އުރެދުމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށްޓަކައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާހަގަލައްވާފައިވާ ހިލައެވެ. |
| ﴿٣٥﴾ فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ |
| ފަހެ، މުއުމިނުންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ. |
| ﴿٣٦﴾ فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ |
| ފަހެ، އެރަށުގައި މުސްލިމުންގެ އެންމެ ގެއެއްގެ އަހުލުވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. |
| ﴿٣٧﴾ وَتَرَكْنَا فِيهَا آيَةً لِّلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ |
| އަދި ވޭންދެނިވި ޢަޛާބަށް ބިރުގަންނަ ބަޔަކަށްޓަކައި ތިމަންރަސްކަލާނގެ އެރަށުގައި (އެއުރެން ހަލާކުކުރެއްވިކަމުގެ) ޢަލާމަތެއް ލެއްވީމެވެ. |
| ﴿٣٨﴾ وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُّبِينٍ |
| އަދި ފިރްޢައުނުގެ ގާތަށް ފާޅުވެގެންވާ ޙުއްޖަތަކާއެކު ތިމަންރަސްކަލާނގެ މޫސާގެފާނު ފޮނުއްވިހިނދު، އެކަލޭގެފާނުގެ ވާހަކައިގައި ޢިބްރަތެއްވެއެވެ. |
| ﴿٣٩﴾ فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ |
| ފަހެ، އެ ފިރްޢައުނު އޭނާގެ ލަޝްކަރާއެކު، އީމާންކަމުން ދުރުވެ، އެއްކިބާވިއެވެ. އަދި ބުންޏެވެ. (އެކަލޭގެފާނީ) ޖާދޫގަރެކެވެ. ނުވަތަ މޮޔައެކެވެ. |
| ﴿٤٠﴾ فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ |
| ފަހެ، ތިމަންރަސްކަލާނގެ، އޭނާޔާއި އޭނާގެ ލަޝްކަރު އަތުލައްވައި އެއުރެން ކަނޑަށް އުއްކަވައިލެއްވީމެވެ. (އޭނާ ޣަރަޤު ވީ) އޭނާޔަށް މަލާމާތް ލިބޭފަދަ ކަންތައްކޮށްފައިވާ ޙާލުގައެވެ. |
| ﴿٤١﴾ وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ |
| ޢާދު ބާގައިމީހުންގައިވެސް ޢިބްރަތެއްވެއެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ. |
| ﴿٤٢﴾ مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ |
| އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެއެވެ. |
| ﴿٤٣﴾ وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّىٰ حِينٍ |
| އަދި ޘަމޫދު ބާގައިމީހުންގައިވެސް ޢިބްރަތެއްވެއެވެ. އެއީ އެއުރެންނަށް އެންގެވި ހިނދުގައެވެ. ތިޔަބައިމީހުން ކުޑަހިނދުކޮޅަކަށް އަރާމުކޮށް އުޅޭށެވެ! |
| ﴿٤٤﴾ فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنظُرُونَ |
| ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެ، އެއުރެން ކިބުރުވެރިވޫއެވެ. ދެން އެއުރެން ބަލަބަލައި ތިއްބައި ހޮނުގުގުރި އެއުރެންގައި ހިފިއެވެ. |
| ﴿٤٥﴾ فَمَا اسْتَطَاعُوا مِن قِيَامٍ وَمَا كَانُوا مُنتَصِرِينَ |
| ފަހެ، އެއުރެންނަށް ތެދުވުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަދި ނަޞްރު ލިބިގެންވާ ބަޔަކު ކަމުގައިވެސް އެއުރެން ނުވިއެވެ. |
| ﴿٤٦﴾ وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ |
| އަދި އޭގެކުރިން ތިމަންރަސްކަލާނގެ ނޫޙުގެފާނުގެ ޤައުމުގެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، ފާސިޤު ވެގެންވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. |
| ﴿٤٧﴾ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ |
| ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
| ﴿٤٨﴾ وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ |
| އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ! |
| ﴿٤٩﴾ وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ |
| ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. |
| ﴿٥٠﴾ فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކީމެވެ. |
| ﴿٥١﴾ وَلَا تَجْعَلُوا مَعَ اللَّهِ إِلَٰهًا آخَرَ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ |
| އަދި ތިޔަބައިމީހުން ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކީމެވެ. |
| ﴿٥٢﴾ كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ |
| އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް ރަސޫލަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ. |
| ﴿٥٣﴾ أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ |
| އެއުރެން ރަސޫލުން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ. |
| ﴿٥٤﴾ فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ |
| ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! ފަހެ، ކަލޭގެފާނަކީ، މަލާމާތް ލިބިގެންވާ ބޭކަލަކު ކަމުގައި ނުވެތެވެ. |
| ﴿٥٥﴾ وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ |
| ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ. |
| ﴿٥٦﴾ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ |
| ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. |
| ﴿٥٧﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ |
| އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. |
| ﴿٥٨﴾ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ |
| ހަމަކަށަވަރުން، ﷲއީ، ރިޒްޤު ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ. |
| ﴿٥٩﴾ فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِّثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ |
| ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް ޢަޛާބުގެ ޙިއްޞާއެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި ޢަޛާބަކާ އެއްފަދަ ޙިއްޞާއެކެވެ. ފަހެ، ޢަޛާބު އަވަސްވުންއެދި ތިމަންރަސްކަލާނގެ ޙަޟްރަތަށް އެއުރެން، ނޭދޭހުށިކަމެވެ! |
| ﴿٦٠﴾ فَوَيْلٌ لِّلَّذِينَ كَفَرُوا مِن يَوْمِهِمُ الَّذِي يُوعَدُونَ |
| ފަހެ ކާފިރުވި މީހުންނަށް އެއުރެންނަށް ވަޢުދު ކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. |
|