|
| ﴿١﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ |
| ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. |
| ﴿٢﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ |
| ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. |
| ﴿٣﴾ اقْرَأْ وَرَبُّكَ الْأَكْرَمُ |
| ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. |
| ﴿٤﴾ الَّذِي عَلَّمَ بِالْقَلَمِ |
| އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. |
| ﴿٥﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ |
| އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. |
| ﴿٦﴾ كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. |
| ﴿٧﴾ أَن رَّآهُ اسْتَغْنَىٰ |
| އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ. |
| ﴿٨﴾ إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ |
| ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. |
| ﴿٩﴾ أَرَأَيْتَ الَّذِي يَنْهَىٰ |
| އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
| ﴿١٠﴾ عَبْدًا إِذَا صَلَّىٰ |
| އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
| ﴿١١﴾ أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ |
| ތިބާ ޚަބަރު ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ ތަޤްވާވެރިވުމަށް އަމުރު ކުރިނަމަވެސް ހެއްޔެވެ؟ |
| ﴿١٢﴾ أَوْ أَمَرَ بِالتَّقْوَىٰ |
| ތިބާ ޚަބަރު ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ ތަޤްވާވެރިވުމަށް އަމުރު ކުރިނަމަވެސް ހެއްޔެވެ؟ |
| ﴿١٣﴾ أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ |
| ތިބާ ޚަބަރު ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟ |
| ﴿١٤﴾ أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ |
| ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ |
| ﴿١٥﴾ كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ. |
| ﴿١٦﴾ نَاصِيَةٍ كَاذِبَةٍ خَاطِئَةٍ |
| އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ. |
| ﴿١٧﴾ فَلْيَدْعُ نَادِيَهُ |
| ފަހެ، އޭނާޔާއެކު ޖަލްސާ ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! |
| ﴿١٨﴾ سَنَدْعُ الزَّبَانِيَةَ |
| ނިކަންހުރެ ތިމަންރަސްކަލާނގެ ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ. |
| ﴿١٩﴾ كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި ސަޖިދަ ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (ﷲގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ! |
|