|
﴿١﴾ وَالْفَجْرِ |
ފަތިސް ގަންދެއްވަމެވެ. |
﴿٢﴾ وَلَيَالٍ عَشْرٍ |
އަދި ދިހަ ރޭ ގަންދެއްވަމެވެ. |
﴿٣﴾ وَالشَّفْعِ وَالْوَتْرِ |
އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ. |
﴿٤﴾ وَاللَّيْلِ إِذَا يَسْرِ |
އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ. |
﴿٥﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ |
ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ. |
﴿٦﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޢާދު ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟ |
﴿٧﴾ إِرَمَ ذَاتِ الْعِمَادِ |
އެއީ ތަނބުތަކުގެ ވެރި، އިރަމެވެ ކިއުނު ރަށުގެ އަހުލުވެރިންނެވެ. |
﴿٨﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ |
އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ. |
﴿٩﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ |
އަދި ޘަމޫދު ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ. |
﴿١٠﴾ وَفِرْعَوْنَ ذِي الْأَوْتَادِ |
އަދި ލަޝްކަރުތަކުގެ ވެރި ފިރްޢައުނާ މެދުގައިވެސްމެއެވެ. |
﴿١١﴾ الَّذِينَ طَغَوْا فِي الْبِلَادِ |
އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. |
﴿١٢﴾ فَأَكْثَرُوا فِيهَا الْفَسَادَ |
ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. |
﴿١٣﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ |
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޛާބުގެ ބާވަތްތައް އޮއްސެވިއެވެ. |
﴿١٤﴾ إِنَّ رَبَّكَ لَبِالْمِرْصَادِ |
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ. |
﴿١٥﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ |
ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ އިމްތިޙާނު ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް ނިޢުމަތް ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. |
﴿١٦﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ |
އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ އިމްތިޙާނު ކުރައްވައި، އަދި އޭނާގެ ރިޒްޤު ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ. |
﴿١٧﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. |
﴿١٨﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ |
އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ. |
﴿١٩﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا |
އަދި (ޙަރާމެއް ޙަލާލެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ. |
﴿٢٠﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا |
އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ. |
﴿٢١﴾ كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ. |
﴿٢٢﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا |
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި މަލާއިކަތުން ސަފުސަފަށް ވަޑައިގަންނަވާނެތެވެ. |
﴿٢٣﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ |
އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ |
﴿٢٤﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي |
އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ޙާޔާތަށްޓަކައި (ހެޔޮ) ޢަމަލެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟ |
﴿٢٥﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ |
ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ ޢަޛާބެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. |
﴿٢٦﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ |
އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ. |
﴿٢٧﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ |
އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! |
﴿٢٨﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً |
ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! |
﴿٢٩﴾ فَادْخُلِي فِي عِبَادِي |
ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! |
﴿٣٠﴾ وَادْخُلِي جَنَّتِي |
އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! |
|