|
|||
|---|---|---|---|
| ﴿١﴾ وَالْعَصْرِ | |||
| ޒަމާން ގަންދެއްވަމެވެ. | |||
| ﴿٢﴾ إِنَّ الْإِنسَانَ لَفِي خُسْرٍ | |||
| ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. | |||
| ﴿٣﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ | |||
| އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކޮށްއުޅުނު މީހުން މެނުވީއެވެ. | |||
|