|
| ﴿١﴾ الْحَاقَّةُ |
| ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހެވެ. |
| ﴿٢﴾ مَا الْحَاقَّةُ |
| ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ |
| ﴿٣﴾ وَمَا أَدْرَاكَ مَا الْحَاقَّةُ |
| ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿٤﴾ كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ |
| ޘަމޫދު ބާގައިމީހުންނާއި، ޢާދު ބާގައިމީހުން ޤިޔާމަތް ދުވަސް ދޮގުކުރޫއެވެ. |
| ﴿٥﴾ فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ |
| ފަހެ، ޘަމޫދު ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ. |
| ﴿٦﴾ وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ |
| އަދި ޢާދު ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. |
| ﴿٧﴾ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ |
| އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. |
| ﴿٨﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ |
| ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟ |
| ﴿٩﴾ وَجَاءَ فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ |
| އަދި ފިރްޢައުނާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ. |
| ﴿١٠﴾ فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً |
| ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ ޢަޛާބުގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ. |
| ﴿١١﴾ إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ |
| ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ. |
| ﴿١٢﴾ لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ |
| އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ. |
| ﴿١٣﴾ فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ |
| ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ. |
| ﴿١٤﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً |
| އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ. |
| ﴿١٥﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ |
| ފަހެ، އެދުވަހުން ޤިޔާމަތްވާ ހުށްޓެވެ. |
| ﴿١٦﴾ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ |
| އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ. |
| ﴿١٧﴾ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ |
| އަދި މަލާއިކަތުން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރްޝުފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް މަލާއިކަތުންނެވެ. |
| ﴿١٨﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ |
| އެދުވަހުން (ޙިސާބު ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ. |
| ﴿١٩﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ |
| ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! |
| ﴿٢٠﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ |
| ހަމަކަށަވަރުން، ތިމަންގެ ޙިސާބު ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް ޔަޤީން ވިއެވެ. |
| ﴿٢١﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ |
| ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. |
| ﴿٢٢﴾ فِي جَنَّةٍ عَالِيَةٍ |
| މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. |
| ﴿٢٣﴾ قُطُوفُهَا دَانِيَةٌ |
| އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. |
| ﴿٢٤﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ |
| (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. |
| ﴿٢٥﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ |
| އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ |
| ﴿٢٦﴾ وَلَمْ أَدْرِ مَا حِسَابِيَهْ |
| އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! |
| ﴿٢٧﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ |
| އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ! |
| ﴿٢٨﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ |
| ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. |
| ﴿٢٩﴾ هَلَكَ عَنِّي سُلْطَانِيَهْ |
| ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. |
| ﴿٣٠﴾ خُذُوهُ فَغُلُّوهُ |
| (ޒަބާނިއްޔަ މަލާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! |
| ﴿٣١﴾ ثُمَّ الْجَحِيمَ صَلُّوهُ |
| ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! |
| ﴿٣٢﴾ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ |
| ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! |
| ﴿٣٣﴾ إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ |
| ހަމަކަށަވަރުން، އޭނާ މާތް ﷲއަށް އީމާން ވާކަމުގައެއް ނުވެއެވެ. |
| ﴿٣٤﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ |
| އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ. |
| ﴿٣٥﴾ فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ |
| ފަހެ، މިއަދު މިތާކު އޭނާއަކަށް ރަޙްމަތްތެރިޔަކު ނުވެއެވެ. |
| ﴿٣٦﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ |
| އަދި ޣިސްލީނު މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ. |
| ﴿٣٧﴾ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ |
| ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ. |
| ﴿٣٨﴾ فَلَا أُقْسِمُ بِمَا تُبْصِرُونَ |
| ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
| ﴿٣٩﴾ وَمَا لَا تُبْصِرُونَ |
| ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
| ﴿٤٠﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ |
| ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު ﷲގެ ޙަޟްރަތުން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ. |
| ﴿٤١﴾ وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ |
| އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން އީމާން ވަނީ ވަރަށްވެސް ކުޑަކޮށެވެ. |
| ﴿٤٢﴾ وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ |
| އަދި އެއީ ކާހިނެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ. |
| ﴿٤٣﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ |
| (އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ. |
| ﴿٤٤﴾ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ |
| އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ. |
| ﴿٤٥﴾ لَأَخَذْنَا مِنْهُ بِالْيَمِينِ |
| އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ. |
| ﴿٤٦﴾ ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ |
| ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ. |
| ﴿٤٧﴾ فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ |
| ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ ޢަޛާބުން ދުރެއްނުކުރެވޭނެތެވެ. |
| ﴿٤٨﴾ وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ |
| ހަމަކަށަވަރުން، އެ ޤުރްއާނަކީ، ތަޤްވާވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ. |
| ﴿٤٩﴾ وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ |
| އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. |
| ﴿٥٠﴾ وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ |
| އަދި ހަމަކަށަވަރުން، އެ ޤުރްއާނަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ. |
| ﴿٥١﴾ وَإِنَّهُ لَحَقُّ الْيَقِينِ |
| އަދި ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ. |
| ﴿٥٢﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ |
| ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
|