|
| ﴿١﴾ وَالتِّينِ وَالزَّيْتُونِ |
| ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ. |
| ﴿٢﴾ وَطُورِ سِينِينَ |
| އަދި ޠޫރުސައިނާ ގަންދެއްވަމެވެ. |
| ﴿٣﴾ وَهَٰذَا الْبَلَدِ الْأَمِينِ |
| އަދި އަމާން ކަން ލިބިގެންވާ މި ރަށް (އެބަހީ: މައްކާ) ގަންދެއްވަމެވެ. |
| ﴿٤﴾ لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ |
| ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ޞޫރައިގައި އިންސާނާ ހެއްދެވީމެވެ. |
| ﴿٥﴾ ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ |
| ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ. |
| ﴿٦﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ |
| އީމާންވެ ޞާލިޙު ޢަމަލުތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ. |
| ﴿٧﴾ فَمَا يُكَذِّبُكَ بَعْدُ بِالدِّينِ |
| އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު އިންކާރު ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟ |
| ﴿٨﴾ أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ |
| ޙުކުމް ކުރައްވާ އެންމެ ޢަދުލުވެރި ރަސްކަލާނގެ ކަމުގައި، ﷲ ވޮޑިގެންނުވޭހެއްޔެވެ؟ |
|