|
| ﴿١﴾ سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ |
| އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ. |
| ﴿٢﴾ لِّلْكَافِرِينَ لَيْسَ لَهُ دَافِعٌ |
| އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ. |
| ﴿٣﴾ مِّنَ اللَّهِ ذِي الْمَعَارِجِ |
| އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ. |
| ﴿٤﴾ تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ |
| ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބްރީލުގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެތެވެ. |
| ﴿٥﴾ فَاصْبِرْ صَبْرًا جَمِيلًا |
| ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ! |
| ﴿٦﴾ إِنَّهُمْ يَرَوْنَهُ بَعِيدًا |
| ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ. |
| ﴿٧﴾ وَنَرَاهُ قَرِيبًا |
| އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ. |
| ﴿٨﴾ يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ |
| ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ. |
| ﴿٩﴾ وَتَكُونُ الْجِبَالُ كَالْعِهْنِ |
| އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ. |
| ﴿١٠﴾ وَلَا يَسْأَلُ حَمِيمٌ حَمِيمًا |
| އަދި، އެދުވަހުން ގާތް ރަޙްމަތްތެރިޔަކު، ރަޙްމަތްތެރިޔަކާމެދު ސުއާލެއް ނުކުރާނެތެވެ. |
| ﴿١١﴾ يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ |
| އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ. |
| ﴿١٢﴾ وَصَاحِبَتِهِ وَأَخِيهِ |
| އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚު ވެސްމެއެވެ. |
| ﴿١٣﴾ وَفَصِيلَتِهِ الَّتِي تُؤْوِيهِ |
| އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ. |
| ﴿١٤﴾ وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ |
| އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ. |
| ﴿١٥﴾ كَلَّا ۖ إِنَّهَا لَظَىٰ |
| ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ. |
| ﴿١٦﴾ نَزَّاعَةً لِّلشَّوَىٰ |
| (އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ ޙާލުގައެވެ. |
| ﴿١٧﴾ تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ |
| ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ. |
| ﴿١٨﴾ وَجَمَعَ فَأَوْعَىٰ |
| އަދި މުދާ އެއްކޮށް، ޚަޒާނާ ކުރާ މީހާޔަށްވެސްމެއެވެ. |
| ﴿١٩﴾ ۞ إِنَّ الْإِنسَانَ خُلِقَ هَلُوعًا |
| ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. |
| ﴿٢٠﴾ إِذَا مَسَّهُ الشَّرُّ جَزُوعًا |
| އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. |
| ﴿٢١﴾ وَإِذَا مَسَّهُ الْخَيْرُ مَنُوعًا |
| އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ. |
| ﴿٢٢﴾ إِلَّا الْمُصَلِّينَ |
| ނަމާދުކުރާ މީހުން މެނުވީއެވެ. |
| ﴿٢٣﴾ الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ |
| އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ. |
| ﴿٢٤﴾ وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ |
| އަދި، އެއުރެންނީ، ސުއާލު ކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ. |
| ﴿٢٥﴾ لِّلسَّائِلِ وَالْمَحْرُومِ |
| އަދި، އެއުރެންނީ، ސުއާލު ކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ. |
| ﴿٢٦﴾ وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ |
| އަދި، އެއުރެންނީ، ޤިޔާމަތް ދުވަހަށް އީމާންވެ، ތެދުކުރާ މީހުންނެވެ. |
| ﴿٢٧﴾ وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ |
| އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޢަޛާބަށް ބިރުވެތިވާ މީހުންނެވެ. |
| ﴿٢٨﴾ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ |
| ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޢަޛާބަކީ (އެކަލާނގެ އަމާން ކަންދެއްވިއްޔާމެނުވީ އެއިން) އަމާން ކަން ލިބިގެންނުވާ ޢަޛާބެކެވެ. |
| ﴿٢٩﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ |
| އަދި، އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ. |
| ﴿٣٠﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ |
| އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. |
| ﴿٣١﴾ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ |
| ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ. |
| ﴿٣٢﴾ وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ |
| އަދި، އެއުރެންނީ، އެއުރެންގެ އަމާނަތްތަކަށާއި، އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ. |
| ﴿٣٣﴾ وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ |
| އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ. |
| ﴿٣٤﴾ وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ |
| އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. |
| ﴿٣٥﴾ أُولَٰئِكَ فِي جَنَّاتٍ مُّكْرَمُونَ |
| އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ. |
| ﴿٣٦﴾ فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ |
| ފަހެ، ކާފިރު ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟ |
| ﴿٣٧﴾ عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ |
| ފަހެ، ކާފިރު ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟ |
| ﴿٣٨﴾ أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ |
| ނިޢުމަތުގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟ |
| ﴿٣٩﴾ كَلَّا ۖ إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ. |
| ﴿٤٠﴾ فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ |
| ފަހެ، މަޝްރިޤުތަކާއި، މަޣްރިބުތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. |
| ﴿٤١﴾ عَلَىٰ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ |
| ފަހެ، މަޝްރިޤުތަކާއި، މަޣްރިބުތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. |
| ﴿٤٢﴾ فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ |
| ފަހެ، އެއުރެންނަށް ވަޢުދު ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ބާޠިލު ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
| ﴿٤٣﴾ يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ |
| (އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ. |
| ﴿٤٤﴾ خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ |
| (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ ޙާލު، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް ވަޢުދު ކުރައްވާކަމުގައިވީ ދުވަހެވެ. |
|